13
ފެބްރުއަރީ 2010 -
އެވަގުތަކީ ދުވާލުގެ އަލިކަން ފިލާ ރޭގަނޑުގެ އަނދިރިކަން ވެރިވަމުން ދިޔަ
ވަގުތުކަމުން، މިމުސްލިމު އަންހެން ކުއްޖާ ކޮލެޖް ނިމިގެން އަވަސްއަވަހަށް
ގެއަށް ދިއުމަށްޓަކައި ހަލުވި ފިޔަވަޅުތަކުގައި ހިނގާފައި ދިޔައެވެ.
ދަރިފުޅު ގެއިން ބޭރުގައި އެކަނި ލަސްވުމުގެ ފިކުރުގައި މަންމަ
ކަންބޮޑުވެފައި އިންނާނެތީއެވެ.
މަންމަ ކަންބޮޑުވެފައި އިނަނުދިނުމަށްޓަކައި މަގުކުރުކޮށްލުމަށް އެއަނދިރި ގޯޅިން ދާނީތޯ ނުވަތަ މަންމަ ކަންބޮޑުވެފައި އިނަސް, ދިގު އެހެނަސް އަމާން މަގަކުން ދާނީތޯ، ދެޚިޔާލެއްގައި ހުރެ އަންހެން ކުއްޖާ ކުރިއަށްދެއެވެ.
ވަގުތު ސަލާމަތް ކުރުމުގެ ގޮތުންނާއި އަވަހަށް ގެއަށް ދިއުމުގެ ނިޔަތުގައި އަންހެން ކުއްޖާ އަނދިރި ގޯޅި ޚިޔާރު ކުރިއެވެ. ކުރިއަށް ދަނިކޮށް، ގޯޅީގެ އަނެއްކޮޅުން، އޭނާއާއި ދިމާލަށް ނުބައި އަނދިރި ސިފައެއްގައި ހުރި ބޮޑުބިޔަ މީހަކު އަންނަކަން އެގުނެވެ. ހިނގުން އަވަސް ކުރުމާއި އެކު އޭނާގެ ސަލާމަތައްޓަކައި އާޔަތުލް ކުރުސި ކިޔަން ފެށިއެވެ. އެމީހާ އެއްކުއްޖާއަށް ބިރުވެރި ގޮތަކަށް ބަލަމުން ލޯއަޅަމުން ދިޔައެވެ.
ގެއަށް އާދެވުމުން ޢާއިލާގެ މީހުނަށް އޭނާ މިވާހަކަ ކިޔާދިނެވެ. އޭގެ ކުރީ ދުވަހުގެރޭ ހަމައެގޯޅީގައި އަންހެން ކުއްޖެއްގެ ޢިތްފަތްތެރިކަން ފޭރިގަނެވުނު ކަމަށް ނޫހުގައި ލިޔެވިފައިވަނިކޮށް ފެނިފައިވާތީ، އެއީ އެމީހާކަމަށް ޝައްކު ކުރެވިގެން، މިވާހަކަ ފުލުހުންނަށް އެނގުމަށް ޢާއިލާގެ މީހުން އޭނާއަށް ނަޞޭޙަތްތެރި ވިއެވެ.
އެޚަބަރު ދިނުމަށް ފުލުހުންނަށް ގުޅުމުން އެމީހާގެ ސިފަ ކިޔާދިނުމަށް ފުލުހުން އެދުނެވެ. އޭނާ ކިޔައިދިން ސިފަތައް އޭގެ ކުރީރޭގައި ޢިއްފަތްތެރިކަން ފޭރިގަނެވުނު އަންހެންކުއްޖާ، އޭނާއަށް އެހެން ހެދިކަމަށް ބުނެ ކިޔާދިން މީހާގެ ސިފަތަކާއި އެއްގޮތް ވިއެވެ. އޭގެ ދުވަސްކޮޅެއް ފަހުގައި، ފުލުސް އޮފީހަށް ދިއުމަށް މުސްލިމު އަންހެން ކުއްޖާއަށް އެންގުނެވެ. އެއީ ޢިއްފަތްތެރިކަން ފޭރިގަނެވުނު އަންހެން ކުއްޖާގެ މައްސަލައިގައި ޝައްކު ކުރެވިގެން ހައްޔަރު ކުރެވިފައިވާ މީހުންގެ ތެރޭގައި އޭނާއަށް ފެނުނު މީހާ ހުރިތޯ ބެލުމަށެވެ.
ޢިތްފަތްތެރިކަން ފޭރިގަނެވުނު ކުއްޖާއާއި މުސްލިމު އަންހެން ކުއްޖާވެސް ދެއްކީ ހަމަ އެއްމީހެކެވެ. ފުލުހުންނަށް ވަރަށް ބޮޑު ހައިރާންކަމެއް ލިބުނެވެ. ކުރީރޭ އެމަގުން އެކަނި ދިޔަ އަންހެން ކުއްޖާގެ ޢިއްފަތްތެރިކަން ފޭރިގަތްފަދައިން މުސްލިމު އަންހެން ކުއްޖާވެސް އެކަނި އެގޯޅިން ފެނުމުން އޭނާއަށް އެއްވެސް ގޯނާއެއް ނުކުރީ ކީއްވެތޯ އެމީހާއާއި ސުވާލު ކުރިއެވެ. އެސުވާލުގެ ޖަވާބުގައި އެމީހާ ބުންޏެވެ. ”އަހަރެން އެމުސްލިމު ކުއްޖާއަށް ގޯނާއެއް ކުރާނީ ފަހެ ކިހިނަކުން ހެއްޔެވެ؟ އޭނާ ހިނގާފައި ދިޔައިރު އޭނާގެ ދެފަރާތުގައި ބޮޑު މާސިންގާ ދެފިރިހެނުން އޭނާ ރައްކާތެރިކުރުމަށްޓަކައި ތިއްބާ އަހަރެއް ދުށީމެވެ.“
(ނޯޓް: މިއީ ރޭގަނޑުގެ ވަގުތެއްގައި އަނދިރި ގޯޅިއެއްގައި ފުރާޢުމުރުގެ އަންހެންކުއްޖެއްގެ ޢިއްފަތްތެރިކަން ފޭރިގަތުމާއި، ހަމަ އޭގެ އަނެއް ދުވަހު އެވަގުތުގައި ކޮލެޖް ނިއްމާފައި ގެއަށް ދިއުމަށް އެގޯޅިން ދިޔަ މުސްލިމު އަންހެން ކުއްޖަކަށް ދިމާވި ޙަޤީޤީ ޙާދިޘާއަކާއި ބެހޭގޮތުން، މެންޗެސްޓަރގެ އަވަށެއްކަމުގައިވާ ރޯޗްޑޭލްގެ ޢާއްމު ނޫހެއްގައި ޝާޢިޢު ކުރެވިފައިވާ ލިޔުމެކެވެ.)