Share

رَقَائِق (ހިތްތައް މަޑުމޮޅިކުރުން) ގެ ތެރެއިން...

ހިތުގައި އެޅިފައިވާ ހުރަސްތައް

އިމާމް އިބްނި ޤައްޔިމް އަލްޖައުޒިއްޔާ (رحمه الله)

ތަރުޖަމާ: އަބޫ ޢުމަރު އަލްމާލްދީފީ (جزاه الله خير)

21 ފެބްރުއަރީ 2010 - ފާޅުވެގެންނާއި ސިއްރުވެގެންވާ ހުރަސްތަކެއް ވެއެވެ. ﷲ ތަޢާލާގެ ހަޟްރަތަށް ތިބާގެ ހިތް ދަތުރުކުރުމަށްޓަކައި އެކަންތައްތައް ހުރަސް އަޅައެވެ. އޭގެ 3 ބާވަތެއް ވެއެވެ. ފުރަތަމަ ކަމަކީ ކުފުރެވެ. ދެވަނަ ކަމަކީ ދީނުގެ ތެރޭގައިވާ ބިދުޢަ ތަކެވެ. ތިންވަނަ ކަމަކީ ފާފަ ކުރުމެވެ.

ފުރަތަމަ ހުރަސް ކަމަށްވާ ކުފުރު ނެތިގެންދާނީ ޠާހިރުވެގެންވާ ތަވްޙީދުންނެވެ. ދެވަނަ ހުރަސް ކަމުގައިވާ ބިދްޢަތައް ފޮހެލެވޭނީ ސުންނަތަށް ފުރިހަމަ ގޮތުގައި ތަބަޢުވުމުންނެވެ. ތިންވަނަ ހުރަސްކަމުގައިވާ ފާފަތަކުން ސަލާމަތްވެވޭނީ ތައުބާ ވުމުންނެވެ.

މިހުރަސްތަކަކީ، ﷲ ގެ އަޅާ ދާއިމީކޮށް ﷲ އަށް ކިޔަމަން ގަތުމުގައްޔާއި އެކަމަށް ތައްޔާރުވުމުގައި ހުރުމުން މެނުވީ އޭނާއަށް ސާފުނުވާނެ ހުރަސްތަކެކެވެ. އެހިނދުގައި އޭނާއަށް މިހުރަސްތައް އިޙްސާސް ކުރެވެއެވެ. އަދި އެކަން ބިނާ ވަނީ އޭނާ ﷲ އަށްޓަކައި އޮންނަ އިޚްލާސްތެރިކަމާއި ޔަޤީންކަމުގެ ނިސްބަތުންނެވެ. މިއާ ޚިލާފަށް ﷲ އަށްޓަކައި އެއްވެސް ފިޔަވަޅެއް ނާޅާ މީހަކަށް މީގެ ތެރެއިން އެއްވެސް ހުރަހެއް އިޙްސާސެއް ނުކުރެވޭނެއެވެ.


އަޞްލު: 'އަލް-ފަވާއިދުން' ނެގި ތަރުޖަމާ ކުރެވިފައި