މަޑު ހިތެއްގެ ވެރިއަކަށްވުން

ތަރުޖަމާ: އުއްމު ޢަބްދު ﷲ (جزاها الله خير)

29 ޖޫން 2010 - ފުރަތަމަ ގޮތަކީ:- ދުޢާ ނުވަތަ ﷲ ގެ ޙަޟްރަތުގައި އެދި ދެންނެވުން. ފުރަތަމަ ގޮތަކީ ދުޢާ އަދި ﷲ ގެ ޙަޟްރަތުގައި ދެންނެވުމެވެ. ﷲ ގެ ޙަޟްރަތުގައި ހިތް މަޑުކޮށްދެއްވާ އަދި އެ ހިތަކީ ރަޙުމްކުރާ ހިތެއްކަމުގައި ލެއްވުމަށް އެދި ދުޢާ ކުރުމަށްވުރެ ބޮޑަށް ހިތް މަޑުކޮށްދޭ އެހެން ކަމެއް ނުވެއެވެ. މިއީ ނަބިއްޔާ (صلى الله عليه وسلم) ގެ ވަޢުދުފުޅެކެވެ. އެއީ އެކަލޭގެފާނު މިފަދައިން ޙަދީޘް ކުރެއްވުމުންނެވެ.” އެކަލާނގެ ތިބާގެ ދުޢާ އިޖާބަ ކުރައްވާނެ ކަމުގެ ޔަޤީންކަން ވާ ޙާލު އެކަލާނގެއަށް ދަންނަވާށެވެ. އަދި ހަމައެއާއިއެކު ދަންނާށެވެ! ފަރުވާ ކުޑަ ހިތެއްގެ ދުޢާ ﷲ ތަޢާލާ އިޖާބަ ނުދެއްވާނެކަން ދަންނާށެވެ.“ އިތުރަށް ވިދާޅުވުމަށް>>

ގުޅުންތަކުގެ މެދުގައި އުފެދޭ ރުޅިވެރިކަމުން ދުރުހެލިވާށެވެ.

ޝެއިޚް މުޙައްމަދު އަލްޣަޒާލީ (رحمه الله)

12 ޖޫން 2010 - ދެބަސްވުމެއް އިންތިހާ ދަރަޖައަށް ގޮސް އޭގެ މޫތައް އެތެރެއަށް ވަދެ، އޭގެ ކަށިތައް ގޮފިތަކަށްވެ، އަދި އޭގެ ގޮފިތައް ޢަދަދުން އިތުރުވުމުން ދެން އީމާންކަމުގެ މޭވާތަކުގެ ފޮނިކަމަށް ވަރަށް ބޮޑަށް އަސަރުކުރެއެވެ. އިސްލާމްދީނުގައި އެކަންތަކަށް ހިތްވަރުދޭ ކަންތައްކަމުގައިވާ، މަޑުމައިތިރިކަމާއި، ހަމްދަރުދީ އާއި، ހިތްހަމަޖެހުމާއި އަދި އަމާންކަން ފަހަތަށް ޖެހިދެއެވެ. އަޅުކަން ކުރުމުގައި އޭގައިވާ ތަޤްވާވެރިކަން ގެއްލިދެއެވެ. އަދި އެއަޅުކަމުން ނަފްސަށް އެއްވެސް ފައިދާއެއް ނުވެއެވެ. އަމިއްލައަށް ތިމަންމެންނީ ބުއްދިވެރި ބައެއްކަމަށް ދަޢުވާ ކުރާ މީހުންނަށް ގިނަ ފަހަރަށް ދެފަރާތުގެ ދެމެދުގައި ޖެހޭ ހަމަނުޖެހުންތައް، ދިމާވެއެވެ. އިތުރަށް ވިދާޅުވުމަށް>>

މަޑުމައިތިރިކަމާއި ތަޙައްމަލު ކުރުމާއި އޯގާތެރިވުމުގެ މާތް ސިފަ

ތަރުޖަމާ: އުއްމު ޢަބްދު ﷲ (جزاها الله خير)

05 ޖޫން 2010 - ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައި ވެއެވެ. ”وَالْكَاظِمِينَ الْغَيْظَ وَالْعَافِينَ عَنِ النَّاسِ وَاللَّهُ يُحِبُّ الْمُحْسِنِينَ“ ”އަދި ރުޅި މަތަކޮށް ހިފަހައްޓާ މީހުންނެވެ. އަދި، މީސްތަކުންނަށް މަޢާފުކުރާ މީހުންނެވެ. އިޙްސާންތެރިންދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ.“ [ސޫރަތުލް އާލްޢިމްރާން: 134] އަދިވެސް އެކަލާނގެ ވަހީކުރެއްވި އެވެ. ”خُذِ الْعَفْوَ وَأْمُرْ بِالْعُرْفِ وَأَعْرِضْ عَنِ الْجَاهِلِينَ“ ”ކަލޭގެފާނު ޢަފޫކުރެއްވުމުގައި ހިއްޕަވާށެވެ! އަދި ހެޔޮކަންތަކަށް އަމުރުކުރައްވާށެވެ! އަދި ޖާހިލުންނާއި އެއްކިބާވެ ވަޑައިގަންނަވާށެވެ!“ [ސޫރަތުލް އަޢުރާފް: 199] އިތުރަށް ވިދާޅުވުމަށް>>

އަޚްލާޤާއި ނުލައި އީމާންކަން ފުރިހަމައެއް ނުވާނެއެވެ.

މުޙައްމަދު އަލްޣަޒާލީ (رحمه الله)

01 ޖޫން 2010 - އީމާންކަމަކީ ނުހަނު ބާރުގަދަ އެއްޗެކެވެ. އެހެނީ، އޭގެ ސަބަބުން މީހާ ދަށު ދަރަޖައިގެ ސިފަ ތަކުންނާއި ހަޑި ހުތުރު ޢަމަލުތަކުން ދުރުކޮށްދެއެވެ. އަދި މަތިވެރި ސިފަތައް ލިބިގަތުމަށާއި ރިވެތި އަޚްލާޤު ލިބުމަށް މަގުފަހިކޮށްދެއެވެ. ﷲ ތަޢާލާ، އެކަލާނގެ އަޅުތަކުންނަށް ނުބައި ކަންތައްތައް ނަފްރަތުކުރުމަށާއި އަދި މަތިވެރި ކަންތައްތައް ގޮވާލާއިރުގައި އެކަންތައްތަކަކީ އެބައިމީހުންގެ ހިތުގައިވާ އީމާންކަމުގެ މުހިންމު ޝަރުޠެއް ކަމުގައި ކަނޑައަޅުއްވައެވެ. މިސާލަކަށް، ތައުބާ ސޫރަތުގައި އެކަލާނގެ މީސްތަކުންނަށް ތެދު ބުނުމަށާއި ތަޤްވާވެރިކަން އަށަގެންނެވުމަށް އަމުރު ކުރައްވާ ހިނދުގައި އެބައިމީހުންނާ މިފަދައިން މުޚާޠިބު ކުރައްވައެވެ. އިތުރަށް ވިދާޅުވުމަށް>>

ހިތަށް ދިރުމާއި ކާނާދެނީ ކޮން އެއްޗަކުން ހެއްޔެވެ؟

އިމާމް އިބްން ޤައްޔިމް އަލްޖަވްޒިއްޔާ (رحمه الله)

29 މެއި 2010 - ހަށިގަނޑަށް ކާނާއާއި ބުއިން ބޭނުންވާ ފަދައިން ހިތުގެ ދުޅަހެޔޮކަމަށްޓަކައި ކިޔަމަންތެރިކަމުގެ ޢަމަލުތަކަށް މުހިއްމުކަން ދޭންޖެހޭނެ އެވެ. ހުރިހާ ނުބައި ޢަމަލުތަކަކީ، ވިހަ ކާއެއްޗެހި ފަދަ އެވެ. އަދި އާޚިރުގައި އޭގެ ސަބަބުން ހިތަށް ގެއްލުންލިބެ އެވެ. މަތިވެރިވަންތަ ޢިއްޒަތްވަންތަ ކަލާނގެއަށް އަޅުކަން ކުރުމުގެ އެދުން އަޅާ އަބަދުވެސް އިޙްސާސް ކުރާނެ އެވެ. އެހެނީ، އޭނާވަނީ އަބަދުވެސް އެކަލާނގެ އެހީތެރިކަމާއި މަދަދަށް ބޭނުންވެފައެވެ. އޭނާގެ ހަށިގަނޑުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި، އަޅާ ފަރުވާތެރިކަމާއި އެކު، ހަރުދަނާ ކެއުމުގެ މިންގަޑަކަށް ތަބަޢަވެއެވެ. އިތުރަށް ވިދާޅުވުމަށް>>

ހިތުގެ ވައްތަރުތައް

އިމާމް އިބްން ޤައްޔިމް އަލްޖަވްޒިއްޔާ (رحمه الله)

25 މެއި 2010 - ހިތަކީ މަރުވެފައިވާ އަދި ދިރުން ހުރި އެއްޗެއްގެ ގޮތުގައި ބަޔާންކުރެވިދާ ފަދައިން، އެހިތް ތިން ބާވަތަކަށް ނިސްބަތްވާ ހިތްތަކެއްގެ ގޮތުގައި ބެލެވިދާނެއެވެ. މިތިން ބާވަތަކީ، މަރުވެފައިވާ ހިތާއި، ބަލި ހިތާއި އަދި ދުޅަހެޔޮ ހިތެވެ. ދުޅަހެޔޮ ހިތް: ޤިޔާމަތްދުވަހުން ސަލާމަތްވެގެންވަނީ ހަމައެކަނި ދުޅަހެޔޮ ހިތަކާއިގެން ﷲ ތަޢާލާގެ ޙަޟްރަތަށް އަންނަ މީހުންނެވެ. ”يَوْمَ لا يَنْفَعُ مَالٌ وَلا بَنُونَ (*) إِلا مَنْ أَتَى اللَّهَ بِقَلْبٍ سَلِيمٍ“ ”އެދުވަހަކީ، މުދަލެއްވިޔަސް، އަދި ދަރިންނެއްވިޔަސް، މަންފާއެއްނުކުރާނެ ދުވަހެވެ. ސަލާމަތްވެގެންވާ ހިތަކާއިގެން ﷲ ގެ ޙަޟްރަތަށް އައިމީހަކަށް މެނުވީއެވެ.“ (ސޫރަތުއް ޝުޢަރާ 89-88) އިތުރަށް ވިދާޅުވުމަށް>>

ޤުރުއާނަކީ ހިތްތަކަށްވާ ފަރުވާއެކެވެ.

ޝެއިޚުލް އިސްލާމް އިބްން ތައިމިއްޔާ (رحمه الله)

18 މެއި 2010 - ހިތުގެ ތެރޭގައިވާ ކަންތައްތަކަށް ޤުރުއާނަކީ ފަރުވާއެކެވެ. އަދި ޝައްކާއި އެދުންވެރިކަމުގެ ބަލިމަޑުކަން ހިތުގައިވާ މީހަކަށް ޤުރުއާނަކީ ފަރުވާއެކެވެ. އެހެނީ، އެޤުރުއާނުގައި ޙައްޤާއި ބާޠިލް ވަކިކޮށްދެނިވި ސާފު ހެކިތައް އެކުލެވިގެންވެއެވެ. ކަންތައްތައް އޭގެ ޙަޤީޤަތާއި އެއްގޮތްވާ ގޮތުގެ މަތިން ފެންނާނެފަދަ ތެދު ވިސްނުމާއި ދެނެގަތުން އޭގައިވެއެވެ. ނުބައިކަންތައްތަކުން އެއްކިބާވެ، ހެޔޮ ކަންތަކަށް ހިތްވަރުދޭ ޙިކްމަތާއި ހެޔޮ ނަޞޭޙަތްތައްވެއެވެ. އަދި، ޤުރުއާނުގައިވާ ވާހަކަތަކުގައި ހިތް ރަނގަޅު ކުރުމަށް ވާޞިލްކޮށްދެނިވި ފިލާވަޅުތައް އެކުލެވިގެންވެއެވެ. އޭގެ ސަބަބުން ހިތަށް، މަންފާ ކުރަނިވި ކަންތައްތަކަށް އެދުންވެރިވެ، އަދި އެހިތަށް ގެއްލުން ހުރި ކަންތައްތަކުން އެއްކިބާވެއެވެ. އިތުރަށް ވިދާޅުވުމަށް>>

ޝައިޠާނާގެ މަކަރުވެރިކަމުގެ ތެރެއިން ޙައްދު ފަހަނައަޅައި ދިއުން

އިމާމް އިބްނި ޤައްޔިމް އަލްޖައުޒިއްޔާ (رحمه الله)

15 މެއި 2010 - ﷲ ތަޢާލާ އަމުރުކުރެއްވި ކޮންމެ ކަމެއްގައި ޝައިޠާނާ އެކަމާއި ތަޢާރުޟުވާ ދެގޮތެއް އިޚްތިޔާރު ކުރެއެވެ. އެއީ، ފަރުވާކުޑަކުރުމާއި ކުށްކުރުން ނުވަތަ އާދަޔާޚިލާފަށް ޝައުޤުވެރިވުން އަދި އެކަންތައް މިނަށްވުރެ ބޮޑުކުރުމުންނެވެ. އަދި މިދެގޮތުން ކުރެ ކަމަކުން އަޅާގެ މައްޗަށް ގަދަވެގަތުމުގައި ޝައިޠާނާއަށް ފަރުވާލެއް ނެތެވެ. އޭނާ އަޅާގެ ހިތަށް ވާޞިލުވެ، ހިތް ދިރާސާކުރެއެވެ. އެހިތުގައި ކަންނެތްކަމާއި އަދި ބަލިކަށިކަންވާނަމަ، އެމީހަކާއި ޝައިޠާނާ ކުޅޭނީ އެރޮގުންނެވެ. އޭނާ، އެމީހާ މަޑުޖައްސުވާލާ ބައިންދައެވެ. ކަންނެތްކަމާއި، ފަރުވާލެއްނެތުމާއި އަދި ވަރުބަލިކަމުން އެމީހާއަށް ޙަމަލާދެއެވެ. އިތުރަށް ވިދާޅުވުމަށް>>

ބަލިޖެހިފައިވާ ހިތްތަކުގެ ފަރުވާ

އިބްނި ޙަޖަރު އަލްޢަސްޤަލާނީ (رحمه الله)

17 އޭޕްރީލް 2010 - އިބްނި ޙަޖަރު އަލްޢަސްޤަލާނީ (رحمه الله) ވިދާޅުވެފައިވެއެވެ. ”ހިތް ވަކިކުރެވިފައިވާ ސަބަބަކީ އެހިތަކީ އެއީ ހަށިގަނޑުގެ އެންމެ އިސް ވެރިޔާ ކަމުގައި ވާތީއެވެ. އަދި އެވެރިޔާ ޠާހިރު ވެއްޖެއްޔާ އެހެން އެންމެން ޠާހިރު ވާނެއެވެ. އަދި ދަށަށް ތިބޭ އެންމެން ޠާހިރުވާނެވެ. އޭގެ ބަދަލުގައި ވެރިޔާ ފާސިދު ވެއްޖެއްޔާ އެހެން ހުރިހާ އެންމެންވެސް ފާސިދުވާނެއެވެ. އެހެންކަމުން ތިބާ، އޭ ﷲ ގެ އަޅާއެވެ!، ހިތަށް ފަރުވާދޭން ބޭނުންކަމުގައި ވަނީ ނަމަ، އަންނަނިވި ކަންކަމާއި މެދު ތެދުވެރިވާށެވެ. 1. ﷲގެ ޙަޟްރަތުން އެންމެހާ ނުބައި ކަންކަމުން ރައްކައުތެރިކަމަށް އެދޭށެވެ. 2. ﷲ އަށް ވަކީލު ކުރާށެވެ. އިތުރަށް ވިދާޅުވުމަށް>>

ހިތަށް ޙަމަލާދޭ ބަލިތަކާއި އަދި އޭގެ ފަރުވާ

އިމާމް އިބްނު ޤައްޔިމް އަލްޖައުޒިއްޔާ (رحمه الله)

02 އޭޕްރީލް 2010 - ހިތަށް ޙަމަލާދޭ ދެބަލިމަޑުކަމެއް ވެއެވެ. އެއީ، ޝައްކާއި އަދި ކުށެވެ. އަދި ދެވަނަ ކަމަކީ ޝަޙްވަތްތެރިކަމާއި އަމިއްލަ އެދުމެވެ. މިދެކަންތައްވެސް ވަނީ ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައެވެ. ޝައްކުގެ ބަލިމަޑުކަމާއި ބެހޭގޮތުން ﷲ ތަޢާލާ ވަޙީ ކުރައްވަނީ: ”فِي قُلُوبِهِمْ مَرَضٌ فَزَادَهُمُ اللَّهُ مَرَضًا وَلَهُمْ عَذَابٌ أَلِيمٌ بِمَا كَانُوا يَكْذِبُونَ“ ”އެބައިމީހުންގެ ހިތްތަކުގައި ބަލިމަޑުކަމެއް ވެއެވެ. އެކަމުން، ﷲ، އެބައިމީހުންނަށް އެބަލިމަޑުކަން އިތުރުކުރެއްވިއެވެ. އަދި އެބައިމީހުން ދޮގުހަދައި އުޅުނު ކަމުގެ ސަބަބުން އެބައިމީހުންނަށް ވޭންދެނިވި ޢަޛާބުހުއްޓެވެ.“ (ސޫރަތުލް ބަޤަރާ 10) އިތުރަށް ވިދާޅުވުމަށް>>

ހިތުގެ ހަރުކަމާއި ގުޅޭ ގޮތުން

ތަރުޖަމާ: އުންމު ޝުޖާޢު (جزاها الله خير)

28 މާރޗް 2010 - ހިތުގެ ހަރުކަމާއި ﷲ ތަޢާލާ އާއި ދުރުވުމަށްވުރެ ބޮޑު އަޛާބެއް އަޅެއްގެ މައްޗަށް ނުޖައްސަވާނެއެވެ. އައްނާރު (ޖަހަންނަމަ) ހައްދަވާފައިވަނީ ހަރު ހިތްތައް ވިރުވުމަށްޓަކައެވެ. ﷲ ތަޢާލާ އާއި އެންމެ ދުރުވެގެންވާ ހިތްތަކަކީ ހިތްތަކުގެ ތެރެއިން ހަރުހިތްތަކެވެ. ހިތްތައް ހަރުވުމުން ލޯތަށް ހިކިދެއެވެ. ހިތުގެ ހަރުކަން ފެށިގެން އަންނަނީ، 4 ކަމެއް، އެކަމެއް އޮންނަ ވަރަށް ވުރެ ބޮޑުކުރުމުގެ ސަބަބުންނެވެ. އެއީ، ކެއުމާއި، ނިދުމާއި، ވާހަކަދެއްކުމާއި އަދި އިޖްތިމާޢީ ގުޅުންތަކެވެ. އެހެނީ، ހަށިގަނޑު ބަލިވުމުން ކެއުމާއި ނިދުމަކުން އެކަމެއް ފަސޭހައެއް ނުކޮށްދޭނެއެވެ. އަދި ހިތް، އަމިއްލަ އެދުންތަކާއި... އިތުރަށް ވިދާޅުވުމަށް>>

ތިބާ ރުއިމަށް މަސައްކަތް ކުރާށެވެ.

ތަރުޖަމާ: އަބޫ މުޙައްމަދު (جزاه الله خير)

01 މާރޗް 2010 - އިބްނި އަލްޤައްޔިމް (رحمه الله) ވިދާޅުވިއެވެ.” ހިތްތައް މަޑު މޮޅި ކުރުމާއި، ﷲ އަށް ބިރުވެތިވުން އިތުރުކުރުމަކީ ކޮންމެހެން ބޭނުން ޖެހިފައިވާ ކަންކަމެވެ. އަދި އެކަންތައްތައް ކުރުންވަނީ މީސްތަކުންނަށް އަޑުއިއްވުމަށްޓަކައި އަދި މީސްތަކުންނަށް ދެއްކުމަށްޓަކައެއް ނޫނެވެ.“ އަމިއްލައަށް ރޯން މަސައްކަތް ކުރުމަކީ، ހަޤީޤީ ރުއިމަށްވުރެ ބޮޑަށް އަޖުރު ލިބޭނޭ ކަމެއް ނޫނެވެ. އެހެންނަމަވެސް އެއީ ރުއިމަށްޓަކައި މީހާއަށް މަގުފަހިވާ ކަމެކެވެ. ރުއިމަށް މަސައްކަތްކުރާ މީހާއަކީ އޭނާގެ ނަފްސާއި ދެކޮޅަށް އެކަމުގައި ގަދައަޅާ މަސައްކަތް ކުރާ މީހެކެވެ. އިތުރަށް ވިދާޅުވުމަށް>>

ހިތުގައި އެޅިފައިވާ ހުރަސްތައް

އިމާމް އިބްނި ޤައްޔިމް އަލްޖައުޒިއްޔާ (رحمه الله)

21 ފެބްރުއަރީ 2010 - ފާޅުވެގެންނާއި ސިއްރުވެގެންވާ ހުރަސްތަކެއް ވެއެވެ. ﷲ ތަޢާލާގެ ހަޟްރަތަށް ތިބާގެ ހިތް ދަތުރުކުރުމަށްޓަކައި އެކަންތައްތައް ހުރަސް އަޅައެވެ. އޭގެ 3 ބާވަތެއް ވެއެވެ. ފުރަތަމަ ކަމަކީ ކުފުރެވެ. ދެވަނަ ކަމަކީ ދީނުގެ ތެރޭގައިވާ ބިދުޢަ ތަކެވެ. ތިންވަނަ ކަމަކީ ފާފަ ކުރުމެވެ. ފުރަތަމަ ހުރަސް ކަމަށްވާ ކުފުރު ނެތިގެންދާނީ ޠާހިރުވެގެންވާ ތަވްޙީދުންނެވެ. ދެވަނަ ހުރަސް ކަމުގައިވާ ބިދްޢަތައް ފޮހެލެވޭނީ ސުންނަތަށް ފުރިހަމަ ގޮތުގައި ތަބަޢުވުމުންނެވެ. ތިންވަނަ ހުރަސްކަމުގައިވާ ފާފަތަކުން ސަލާމަތްވެވޭނީ ތައުބާ ވުމުންނެވެ. އިތުރަށް ވިދާޅުވުމަށް>>

ބޭކާރުވެގެންވާ ދިހަ ކަންތައް

އިމާމް އިބްނި ޤައްޔިމް އަލްޖައުޒިއްޔާ (رحمه الله)

18 ފެބްރުއަރީ 2010 - ބޭކާރު ދިހަ ކަމެއްވެއެވެ. އެއީ ޢަމަލުކުރުމެއްނުވާ ޢިލްމާއި، އިޚްލާސްތެރިކަމެއް އަދި ޞާލިހުންގެ ނަމޫނާތަކަށް ތަބަޢުވުމެއް ނުވާ ޢަމަލުތަކާއި، ދުނިޔަވީ ޙަޔާތަށްޓަކައި އަދި އާޚިރަތަށްޓަކައި އެއްވެސް މަންފާއެއް ނުކުރާފަދައިން އެއްކުރެވިފައިވާ މުދަލާއި، ﷲ އަށްޓަކައި އެއްވެސް ލޯތްބެއް އަދި އެއިލާހާ ބައްދަލުކުރުމަށް އެއްވެސް ދަހިވެތިކަމެއް ނުވާ ހިތަކާއި، އެއިލާހަށް ޚިދުމަތްކުރުމުންނާއި، ކިޔަމަންގަތުމުން މަޙްރޫމުވެފައިވާ ހަށިގަނޑަކާއި، ﷲ ގެ އެއްވެސް އަމުރަކަށް ކިޔަމަންވުމެއްނެތި އެއިލާހު ދެކެ ލޯބިވުމާއި، އިސްތިޣްފާރުކުރުމުގައާއި ހެޔޮ ޢަމަލުތައް ކުރުން ނޫން އެހެން ގޮތްގޮތުގައި ހޭދަ ކުރެވޭ ވަގުތާއި، އިތުރަށް ވިދާޅުވުމަށް>>

ހިތާއި ހަށިގަނޑުގެ ހަމަޖެހުން ވަނީ ﷲ އަށް ކިޔަމަންތެރިވުމުންނެވެ.

އިމާމް އިބްނި އަލް-ޤައްޔިމް އަލް-ޖައުޒިއްޔާ (رحمه الله)

22 ޖެނުއަރީ 2010 - މިކަމުގައި ފޮރުވިގެންވަނީ، ތަވްޙީދުގެ ސިއްރު ތަކުގެ ތެރެއިން މަތިވެރި ސިއްރެކެވެ. އެއީ، ﷲ ގެ ހަޟްރަތަށް ރުޖޫޢަވުމުން މެނުވީ ހިތްތަކަށް، ހިތްހަމަޖެހުމާއި، އަމާންކަމާއި، ޘާބިތުކަން ނުލިބުމެވެ. ﷲ ތަޢާލާ ފިޔަވައި، އެހެން ފަރާތްތަކަށް ލޯބި ކުރެވިގެން އެދޭ އެދުންތަކަކީ އެއިލާހުގެ ވަޖުހުފުޅަށް ނޫން އެހެން ފަރާތްތަކަށް ވެވޭ އެދުންތަކެވެ. އެދުމާއި، ލޯބި އެފަރާތަކަށް ވުމާއި، ހުރިހާ ކަމެއްގެ މަޤްސަދު އެފަރާތަކާއި ގުޅިފައިވާ ފަރާތަކީ އެއް ފަރާތެކެވެ. ދެމަންޒިލަކަށް، އެންމެ ފަހުގެ މަޤްސަދު ރުޖޫޢަވުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ. ޚަލްޤުތަކުގެ ފެށުން ދެފަރާތެއް މެދުވެރިވެގެން އައުން އެއީ އެކަށީގެންވާ ކަމަކަށް ނުވާ ފަދައިންނެވެ. އިތުރަށް ވިދާޅުވުމަށް>>

ތަވްޙީދުގެ މަތީގައިވާ ހިތެއް މެނުވީ ﷲ ތަޢާލާގެ މަތިވެރިކަމާއި މެދު ނުވިސްނާނެއެވެ.

ތަރުޖަމާކުރީ: އަބޫ މުޙައްމަދު (جزاه الله خير)

20 ޖެނުއަރީ 2010 - ﷲގެ އަޅާ، އޭނާގެ ހަވާނަފްސުގެ އެދުންތައް، ﷲ އަށްޓަކައި، އެއްފަރާތްކޮށްފި ނަމަ، އޭނާ، ﷲ ގެ ގަދަފަދަ ޢަޛާބުން މިންޖުވެއްޖެއެވެ. އަދި އެއިލާހުގެ ރަޙްމަތް އޭނާގެ މައްޗަށް ޔަޤީންވެއްޖެއެވެ. ﷲ ތަޢާލާ ފިޔަވައި އެހެން ފަރާތްތަކަށް ނުވަތަ އެހެން އެއްޗަކާއި މެދު އަޅާލުމާއި ފަރުވާތެރިވުން ބަހައްޓާ ހިތަކަށް، ﷲ ތަޢާލާގެ މަތިވެރި ސިފަފުޅުތަކާއި، ތަޤްވާވެރިކަމުގެ ޚަޒާނާއާއި، ﷲ ގެ ރުހިވޮޑިގަތުމާއި، އުފަލާއި، އެއިލާހާއި ބައްދަލުކުރުމަށް ދަހިވެތިވުމާއި އަދި އެއިލާހާއި ގާތްވުމުގެ ސަބަބުން ލިބޭ އުފާވެރިކަންފަދަ ގޮތްތަކެއް ނުވާނެއެވެ. އިތުރަށް ވިދާޅުވުމަށް>>

”އިބަ އިލާޙުގެ ލޯތްބާއި އަޅާ ކިޔާއިރު މިހުރިހާ ކަމަކީ (އަނިޔާތަކަކީ)، އެއްވެސް ކަމެއް ނޫނެވެ.“

ޝައިޚް އަބްދު ﷲ ޢައްޒާމް (رحمه الله)

03 ޖެނުއަރީ 2010 - ”ނުބައިކަން ބޮޑު ފާސިޤަކަށް ޤުރުއާނަކީ ކޮންފަދަ ބުރަ އެއްޗެއް ހެއްޔެވެ؟ އަދި ފާސިޤު މުނާފިޤަކަށް ނަމާދާއި އަޅުކަމަކީ ކޮންފަދަ ބުރަ ކަންތައްތަކެއް ހެއްޔެވެ؟ ނަމާދަކީ މުނާފިޤުންނަށް ވަރަށް ބުރަ ކަމެކެވެ! އޭނާ، އޭނާގެ ޑައިރީގައި ލިޔަން 2 ގަޑި އަދި 3 ގަޑި އިރު ހޭދަކުރާތަން ތިބާއަށް ފެންނާނެއެވެ. އަދި 2 ގަޑި ނުވަތަ 3 ގަޑިއިރު ވާހަކަ ދެއްކުމަށްޓަކައި ކޮޅަށް ހުންނަ ތަން ފެންނާނެއެވެ. އެކަމަކު އިމާމް މީހާގެ ފަހަތުގައި 5 މިނެޓް ހުންނަން ޖެހިއްޖެނަމަ، އޭނާއަށް ހީވާނީ ފަރުބަދައެއް އޭނާގެ މޭމަތީގައްޔާއި ހިތުގެ މަތީގައި ބޭއްވި ހެންނެވެ. ﷲ ގެ ހަޟްރަތުން، ހިތުގެ ބަލިތަކުން އަހަރެމެން ރައްކައުތެރިކަމަށް އެދެމެވެ.!“ އިތުރަށް ވިދާޅުވުމަށް>>

އިޚްލާސްތެރިކަން ލިބިގަތުމަށް ކުރާ ގަދަފަދަ މަސައްކަތް

އިމާމް އިބްނި އަލް-ޤައްޔިމް އަލް-ޖައުޒިއްޔާ (رحمه الله)

29 ޑިސެމްބަރު 2009 - އެމީހަކަށް ތަޢުރީފާއި މަދަހަ ކިޔުމަށް އެދޭ މީހާގެ ހިތުގައި އިޚްލާސްތެރިކަމެއް ނުއުފެދޭނެއެވެ. އަދި އެމީހަކަށް ލިބިގެންވާ ކަންތައްތައް މީސްތަކުންގެ ކުރިމަތީގައި ދެއްކުމަށް އެދޭ މީހާގެ ހިތުގައިވެސް އިޚްލާސްތެރިކަމެއް ނުއުފެދޭނެއެވެ. އެހެނީ އަލިފާނާއި ފެނާއި އެއްނުވާ ބީދައިންނެވެ. ތިބާގެ ނަފްސު އިޚްލާސްތެރިކަން ހޯދުމަށް އެދިއްޖެނަމަ ފުރަތަމަވެސް ވަޅިއަކުން ތިބާގެ ހަވާނަފްސުގެ އެދުންތައް ކަތިލާލާށެވެ. އެއަށްފަހު ތިބާއަށް މަދަހަ ކިޔުމާއި ތަޢުރީފުކުރުމުގެ މައްޗަށް ޒާހިދު މީހެއްގެ ހައިސިއްޔަތުން ދެކޭށެވެ. އިތުރަށް ވިދާޅުވުމަށް>>

ޖަލަށްލެވި، ބިޑިއެޅި، ކަސްތަޅުއެޅިފައި

އިމާމް އިބްނި ޤައްޔިމް (رحمه الله)

05 ޑިސެމްބަރު 2009 - ފާފަ ކުރާ މީހުން އަބަދުހެން ވަނީ ޝައިޠާނާގެ ބިޑި ތަކުގައާއި ޝަޙްވަތުގެ ޖަލުގައާއި އަދި ހަވާނަފްސުގެ ކަސްތަޅުގައެވެ. އެހެންކަމުން ބިޑިއެޅިފައިވާ މީހަކީ ހައްޔަރުވެފައިވާ މީހެކެވެ. އެމީހެއްގެ އެންމެ ބޮޑު ދުޝްމަނުގެ ދަށުގައި ހައްޔަރު ވުމަށްވުރެ ނުރައްކައުތެރި ހައްޔަރުވުމެއް ނުވެއެވެ. އަދި ޝަހްވަތުގެ (ޝަހްވާނީ އެދުމުގެ) ޖަލަށްވުރެ ހަނި ވެގެންވާ އެހެން އެއްވެސް ޖަލެއް ނުވެއެވެ. އަދި ހަވާ ނަފްސުގެ އެދުންތަކަށްވުރެ ވަރުގަދަ އެހެން ކަސްތަޅެއް ނުވެއެވެ. އެހެންކަމުން ހައްޔަރުކުރެވި، ބިޑިއެޅި، ކަސްތަޅުއެޅިފައިވާ ހިތެއް... އިތުރަށް ވިދާޅުވުމަށް>>

މަޑުމޮޅިވުން

ތަރުޖަމާ: އުއްމު ޝުޖާޢު

05 ޑިސެމްބަރު 2009 - ﷲތަޢާލާ ވަޙީ ކުރެއްވިއެވެ:
تِلْكَ الدَّارُ الآخِرَةُ نَجْعَلُهَا لِلَّذِينَ لا يُرِيدُونَ عُلُوًّا فِي الأرْضِ وَلا فَسَادًا وَالْعَاقِبَةُ لِلْمُتَّقِينَ [އެއީ އާޚިރަތުގެ (ނިޢްމަތުގެ) ގޮވައްޗެވެ. އެގޮވަތި ތިމަން އިލާހު ލައްވާހުށީ ބިމުގައި ބޮޑާވެގަތުމެއް، އަދި ފަސާދަ ކުރުމެއްވިޔަސް ނޭދޭ މީހުންނަށެވެ. އަދި ހެޔޮ ނިމުންވަނީ ތަޤްވާވެރީންނަށެވެ.] (ސޫރަތުލް-ޤަޞަޞް 83)

އާޚިރަތް ދުވަހަށްޓަކައި ﷲ ތަޢާލާ ޖަންނަތް ތައްޔާރު ކުރައްވާފައިވަނީ ދުނިޔެ މަތީގައި، މަތީ ދަރަޖަތައް ލިބިގަތުމަށް ނޭދުނު މީހުންނަށް ކަމަށް މިއާޔަތުގައި އަންގަވާފައިވެއެވެ. ދެއްކުން ތެރިކަމާއި، މަޝްޙޫރުކަމާއި އަދި ފަޚުރުވެރިވުމެވެ. އިތުރަށް ވިދާޅުވުމަށް>>

ތަޤްވާވެރިކަމުގެ ދިރާސާ

ޝައިޚް އަޙްމަދު ފަރީދު

04 ޑިސެމްބަރު 2009 - ސަލަފުންގެ އަދަބުވެރިކަމާއި އަޚްލާޤަށް ބަލާއިރު އެބޭކަލުން ވަރަށް ސަމާލުވެލައްވައިގެން އެބޭކަލުންގެ ތަޤްވާވެރިކަން ދިރާސާ ކުރައްވައެވެ. އަދި ދުވަހަކުވެސް އެ ސިފަ އެބޭކަލުންނަށް ލިބިވަޑައިގެންފައިވާ ކަމަށް ދަޢްވާއެއް ނުކުރައްވަވައެވެ. ﷲ ތަޢާލާ ވަޙީ ކުރައްވަނީ:  [ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް، ޠާޙިރުވެގެންވާ ބައެއް ކަމުގައި ނުދެކޭށެވެ! ތަޤްވާވެރިވީމީހުންގެ ކަންތައް އެއިލާހު ދެނެވޮޑިގަތުން ބޮޑެވެ]. އިތުރަށް ވިދާޅުވުމަށް>>

"އުޑަށް މެނުވީ ނުބަލާށެވެ..."

ތަރުޖަމާ: އަޚް އަބޫ މުޙައްމަދު (جزاه الله خير)

28 ނޮވެމްބަރު 2009 - އިބްނި ޖަދްޢާން (رحمه الله) ރިވާކުރެއްވިއެވެ: [މީހަކު މިފަދައިން ދުޢާ ކުރަނިކޮށް ޢުމަރު رضي الله عنه އަށް އަޑު އިވުނެވެ:[ އޭ ﷲ އެވެ! މަދުމީސްކޮޅުގެ ތެރެއިން ތިމަން ލައްވާނދޭވެ!] ޢުމަރު رضي الله عنه ސުވާލު ކުރެއްވިއެވެ. [ އޭ ﷲ އަޅާއެވެ. މަދު މީސްކޮޅަކީ ކޮންބައެއް ހެއްޔެވެ؟] އެމީހާ ޖަވާބުގައި ބުންޏެވެ.[ ﷲ ވަޙީ ކުރެއްވާފައި ވަނިކޮށް ތިމަން އަޑު އެހީމެވެ: އިތުރަށް ވިދާޅުވުމަށް>>

އަހަރެމެންގެ ދުޢާ އިޖާބަ ނުކުރައްވަނީ ކީއްވެގެން ހެއްޔެވެ؟

އިބްނު ރަޖަބް އަލްހަންބަލީ (رحمه الله)

23 ނޮވެމްބަރު 2009 - އިބްރާހިމް އިބްނު އަދްހަމް (رحمه الله) އަކީ ތިންވަނަ ގަރުނުގެ ޢިލްމުވެރިއެކެވެ. މިބޭފުޅާއަކީ ސުފިޔާނުއް ޘައުރީގެ ބައިވެރިއެކެވެ. ﷲ ތަޢާލަގެ އާޔަތާ ބެހޭ ގޮތުން މިބޭފުޅާއާއި ސުވާލު ކުރެވުނެވެ. "وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ... [އަދި ކަލޭމެންގެ ވެރި ރައްބު ވަޙީ ކުރައްވަނީ: ތިމަން އިލާހުގެ ހަޟްރަތުން އެދޭށެވެ. ތިމަން އިލާހު ކަލޭމެންގެ ދުޢާތައް އިޖާބަ ކުރައްވާހުށީމެވެ.] (ސޫރަތުލް މުއުމިން:60)" އިތުރަށް ވިދާޅުވުމަށް>>

ކިޔަމަންތެރި ވަލީވެރިން

ލިޔުނީ: އަޚް އަބޫ ޙަމްޒާ جزاه الله خير

15 ނޮވެމްބަރު 2009 - ސަހުމް ވިދާޅުވިއެވެ: އަލްހަޒާރް ބުން ހަޒަރަމޭއާއިއެކު އަހަރެމެން ޖިހާދަށް ނިކުތީމެވެ، އަދި އޭނާ ތިން ދުޢާ އެއް ކުރިއެވެ، އަދި ﷲ އެހުރިހާ ދުޢާތަކެއް އިޖާބަކުރެއްވެވިއެވެ. އަހަރެމެނެ އޭނާއާއެކު ދަތުރުކޮއްފައި ދިޔައީމެވެ. ދަތުރު މަތީގައި އަހަރެމެން މަންޒިލަކަށް ފާބައިފީމެވެ. އަދި ވުޟޫ ކުރުމަށްޓައި ފެންފޮދެއް ހޯދަން އުޅެފީމެވެ. އަހަރެމެންނަކަށް ވުޟޫކޮށް ހަދާނޭ ފެނެށް ނުލިބުނެވެ. އެއަށްފަހު އޭނާ ތަޔަންމަމު ކޮށްގެން ދެރަކްޢަތް ނަމާދެއްކުރިއެވެ .ދެއަތް އުފުލައި ދުޢާކުރަންފެށިއެވެ. އިތުރަށް ވިދާޅުވުމަށް>>

މީސްތަކުންނަށް ޙައްޤުވާ ވަރަށް ބަސް ބުނާށެވެ!

ޝައިޚް ޢަބްދުﷲ ޢައްޒާމް رحمة الله عليه

21 އޮކްޓޯބަރު 2009 - ދެން ފަހެ، ލޭބަލްތަކުން ތިބާގެ ޖީބުތައް ވަނީ ފުރިފައެވެ. ކޮންމެ ޖީބެއްވެސް ވަނީ ކޮންމެވެސް ސިފައަކާ ގުޅޭ ގޮތުން ލޭބަލްކުރެވިފައެވެ. މިޖީބުގައި މިވަނީ "ކާފިރެއް" މިހެން ޖަހާ ލޭބަލް ކުރެވިފައެވެ. ދެން ހިތްހަމަނުޖެހޭ ކަހަލަ މީހަކު ފެންނަ އިރަށް މިޖީބުން ލޭބަލެއް ނަގާ އޭނާއަށް ދެއެވެ. އަނެއް ޖީބުގައި ވަނީ "ބިދުޢަވެރިއެއް" ޖެހިފައެވެ. އަނެއް ޖީބުގައި "ފަޤީރެއް"، އަނެއް ޖީބުގައި "ޖާހިލެއް"، ދެން މިހެންގޮސް ކުރިއަށެވެ. މިގޮތަށް ގޮސް ކޮންމެމީހަކަށް މިވަނީ މިބުނާ ކަހަލަ ލޭބަލްތައް ދެވިފައެވެ. އިތުރަށް ވިދާޅުވުމަށް>>

މަރުވެފައިވާ ހިތްތައް

ތަރުޖަމާ: އުންމު ޝުޖާޢު

13 އޮކްޓޯބަރު 2009 - ﷲ ތަޢާލާގެ މަގަށް ގޮވާލުމުގެ ސަބަބުންނާއި، ހެޔޮކަންތައްތަކަށް ގޮވާލައި ނުބައިކަންތައްތައް މަނާކުރުމުގެ ސަބަބުން އެތައް ހާސް މުސްލިމުންނެއް ދުނިޔޭގައި ޤަތުލުކުރެވި އަދި 10000 އެތައް މުސްލިމުންނެއް ހައްޔަރުކުރެވި އަނިޔާ ދެވެވުމުންދާ ހިނދެއްގައި ގިނަ މުސްލިމުން ތިބެނީ ހަނުހިމޭންކަން މަތީގައެވެ. އަދި ދުނިޔެވީ އެދުންތަކުގެ ފިކުރު މެނުވީ އެހެން ފިކުރެއް ނެތެވެ. އަދި އާޚިރަތް މަތިން ހަނދާން ނެތިކޮށްލާ މި ޙަޔާތާއިމެދު އެމީހުންގެ ހިތްތައް ވަނީ ލޯބިން ފުރިގެންނެވެ. އިތުރަށް ވިދާޅުވުމަށް>>

ބައެއް މީހުން ހުތުރު ވަނީ ކީއްވެބާ؟

ޝެއިޚުލް އިސްލާމް އިބްން ތައިމިއްޔާ (رحمه الله)  1328 މ. / 728 ހ.

08 އޮކްޓޯބަރު 2009 - ވަރަށް ގިނަ މީހުން، އެމީހުން ކުޑަކުދިންގެ ގޮތުގައި ތިބޭ ހިނދު, އެކުދިން އެހާ ރީތިވެ އުޖާލާ ވަނީ ކީއްވެކަމާއި މެދު, ތިބާއަށް އެއްވެސް ވަރަކަށް ފިކުރު ކުރެވޭ ހެއްޔެވެ؟ ނަމަވެސް އެކުދީން ބޮޑެތިވުމުން އެ މައުސޫމްކަމާއި ރީތިކަން ގެއްލިގެން ދެއެވެ؟ އިތުރަށް ވިދާޅުވުމަށް>>

ތިބާގެ ހިތަކީ އަޅުކަމުގެ ތަނބެވެ.

13 ސެޕްޓެމްބަރު 2009 - [...އެންމެހާ އަޅުކަންތަކެއް ކުރުމުގެ މައިގަނޑު މެޝިނަކީ ހިތެވެ. އެއީ މުޅި ހަށިގަނޑު ހިންގާލާ އެއްޗެވެ. ހިތުގައި ދިރުންވާހާ ހިނދަކު, ގުނަވަންތަކުގައި ދިރުންވާނެއެވެ. އަދި ނަފްސު އަޅުކަމަށްޓަކައި ހުޅުވާލާނެއެވެ. އިތުރަށް ވިދާޅުވުމަށް>>

ތިން ހިނިތުންވުމާއި ތިން ރުއިން

05 ސެޕްޓެމްބަރު 2009 - އަބޫ އަލް ދަރްދާ (رضي الله عنه) ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. - ތިން ކަމެއް ތިމަން ހިނިތުން ކުރުވައެވެ. އަދި ތިން ކަމަކުން ތިމަނައަށް ރޮވެއެވެ. ތިމަން އެކަމަކުން ހިނިތުން ކުރުވާ ތިން ކަމަކީ: އިތުރަށް ވިދާޅުވުމަށް>>

އަހަރެމެންގެ އެތެރެފުށާއި ބޭރުފުށް ތަޢާރުޟު ވުން

29 އޮގަސްޓު 2009 - [...ސުބުޙާނަﷲ! ޙަމްދު ހުރީ އިބަﷲ އަށެވެ. ކޮންމެ ގޮތެއްގައި ވިޔަސް މުއުމިނު މިހާ ދެކެ އެންމެން ލޯބިވެއެވެ.] އެއީ ކީއްވެ ހެއްޔެވެ؟ މުއުމިނަކީ ހެދިގެން އުޅޭ މީހެއްނޫނެވެ. އޭނާ ހިފެހެއްޓޭނެ އެއްވެސް ކަމެއް ނުވެއެވެ. އިތުރަށް ވިދާޅުވުމަށް>>