ކަޝްމީރުގައި އިންޑިޔާގެ ޓެރެރިސްޓު ސިފައިން ދިން ޙަމަލާގައި ކުށެއްނެތް 5 މީހުން ޝަހީދުކޮށްލައިފި

25 ފެބްރުއަރީ 2010 - 2010 ފެބްރުއަރީ 24 ވީ ހުކުރުދުވަހު ވެރިވެގަނެފައިވާ ކަޝްމީރުގެ ކުނާންޕޮޝްޕޯރާ އަވަށުގައި، އިންޑިޔާގެ ޓެރެރިސްޓު ސިފައިން ދިން ވަރުގަދަ ޙަމަލާ ތަކެއްގައި ކުށެއްނެތް 5 މީހުން ޝަހީދުކޮށްލައިފިއެވެ. އަދި މީގެ އިތުރުން މީހުން ދިރިއުޅޭ 3 ގެ ވެސް އެކީ އެކަށް ފުނޑުފުނޑުކޮށްލާފައިވެއެވެ. މި ޙަމަލާ ދީފައިވަނީ މުޖާހިދުން އިންޑިޔާ ސިފައިންނަށް ދިން ޙަމަލާއެއްގައި 4 ސިފައިން މަރާލުމާއި ގުޅިގެންނެވެ. މީގެ ތެރޭގައި 2 އޮފިސަރުންވެސް ހިމެނެއެވެ.

މުޖާހިދުން މިޙަމަލާ ދިނުމާއި ގުޅިގެން އިންޑިޔާ ސިފައިން އެއްވެސް ބެލުމެއް ނެތި އެސަރަޙައްދަށް ބޮން އަޅާފައިވެއެވެ. އަދި މީގެ އިތުރުން އެސަރަޙައްދުން ފެނުނު ގިނަ މީހުންނަށް ގިނަ ގުނަ އަނިޔާ ދީފައިވެއެވެ.

އެއަވަށުގައި އިންޑިޔާ ސިފައިން މިހިންގި ޖަރީމާ އާއި ގުޅިގެން އެއަވަށުގެ ޢާންމުން ވަނީ އެކަން ކުށްވެރިކޮށް މުޒާހަރާތައް ބާއްވާފައެވެ.

އިންޑިޔާ ސިފައިން ވަނީ އެއްޢާއިލާއަކަށް ނިސްބަތްވާ ފަސް މެންބަރުން ހައްޔަރުކޮށްގެން ގެންގޮސްފައެވެ. މިޢާއިލާ އަކީ އިންޑިޔާގެ ޓެރެރިސްޓު ސިފައިންގެ އަނިޔާވެރި ޙަމަލާގައި ޝަހީދުވި ޒުވާނެއްގެ ޢާއިލާއެވެ.

މިޙަމަލާއަކީ އިންޑިޔާގެ ޓެރެރިސްޓު ބުދަށް އަޅުކަން ކުރާ ސިފައިން ސީދާ ރާވައިގެން ދީފައިވާ ޙަމަލާއެކެވެ. މި ޓެރެރިސްޓުން 2001 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހުވެސް ހަމަ މިއަވަށަށް އަރައިގަނެ، އެއަވަށުގެ 40 އަންހެނުންގެ ޢިއްފަތްތެރިކަން ފޭރިގަނެފައިވެއެވެ.

 
އަޅުގަނޑުމެންގެ ދުޢާގައި މުސްލިމު އަޚުންނާއި އުޚްތުން, މުހާޖިރުންނާއި އަންޞާރުން, އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ﷲގެ މަގުގައި ހަނގުރާމަކުރަށްވަމުންދާ އެންމެހާ މުޖާހިދުންނަށް ނަޞްރު ދެއްވެވުން އެދި ދުޢާކުރެއްވުމަށް ހަނދުމަފުޅު ބަހައްޓަވާ! އަދި އެމަގުގައި ރަހީނުކުރެވިފައިވާ އަޚުންނާއި އުޚްތުން ސަލާމަތްކޮށް ދެއްވެވުން އެދި ދުޢާކުރެއްވުމަށްވެސް ހަނދުމަފުޅު ބަހައްޓަވާ!
އަޞްލު: އެކުލަވާލެވިފައި