އަފްޣާނިސްތާނުގައި ޢަދުއްވުންތައް މަރުވަމުންދަނީ ގިނަ ޢަދަދަކަށް

ޢަދުއްވުންނަށް ވަރުގަދަ ރައްދެއް ދޭނެކަމުގައި ޠާލިބާނުންވަނީ ވަޢުދުވެވަޑައިގެންފައެވެ.

15 ފެބްރުއަރީ 2010 - އަފްޣާނިސްތާނުގައި މުޖާހިދުން ހިންގި ބައެއް ޢަމަލިއްޔާތުތަކުގެ ޚަބަރުތައް ކުރުކޮށް..

• ހޮނިހިރުދުވަހުގެ ހެނދުގެ ވަގުތުގައި ކަންދަހާރުގައި ދެވުނު އިސްތިޝްހާދީ ޙަމަލާއެއްގައި އެމެރިކާނުންގެ 19 މީހުން މަރާލެވިފައިވެއެވެ. މިޙަމަލާ އަމާޒުކުރެވިފައިވަނީ އެމެރިކާގެ ޓޭންކަރެއް ކައިރިއަށް އެތައް އެމެރިކާ ސިފައިންތަކެއް އެއްވި ވަގުތަށެވެ.

• ހުކުރުދުވަހުގެ އިރުއޮއްސުންހާއިރު ޚޯސްޓު އަވަށުގައި އެމެރިކާގެ ޢަސްކަރީ ލަޝްކަރަކަށް އަމާޒުކޮއްގެން ދެވުނު އިސްތިޝްހާދީ ޙަމަލާގައި 15 އެމެރިކާނުންވަނީ މަރާލެވިފައެވެ. އަދި މިޙަމަލާގެ ސަބަބުން އެމެރިކާގެ ގިނަ ޢަދަދެއްގެ ޓޭންކަރުތައްވަނީ ފުނޑުފުނޑުވެފައެވެ.

• ޕަކްޓިކާ އަވަށުގައި ހުންނަ މުރުތައްދުންގެ ތަމްރީނުދޭ މަރުކަޒަކަށް މުޖާހިދެއް ބޯރޑަރ ސެކިޔުރިޓީ ފާރަވެރިއެއްގެ ޔުނީފޯރމުގައި ވަދެ އެތާގައި ގިނަ ޢަދަދެއްގެ މުރުތައްދުންތަކެއް ތިބި ވަގުތެއްގައި އިސްތިޝްހާދީ ޙަމަލާއެއް ދީފިއެވެ. މިޙަމަލާގެ ސަބަބުން އިސްތިޢްމާރީންނާއި މުރުތައްދުންގެ ތެރެއިން 30 މީހުންވަނީ މަރާލެވިފައެވެ.

• ހިލްމަންޑު އަވަށުގައި ހޮނިހިރުދުވަހު މުޖާހިދުންނާއި އެމެރިކާނުންނާއި ހިނގި ކުރިމަތިލުމެއްގައި އެމެރިކާނުންގެ 36 ސިފައިންވަނީ މަރާލެވިފައެވެ. އަދި އެމީހުންގެ 7 ޓޭންކަރު ވަނީ ފުނޑާލެވިފައެވެ. އަދި ހަމަ ހިލްމަންޑު އަވަށުގެ އެހެން ދިމާލެއްގައި މުޖާހިދުންނާއި އެމެރިކަނުންނާއި ހިނގި ކުރިމަތިލުމެއްގައި 11 އެމެރިކާނުންނާއި މުރުތައްދުން ވަނީ މަރާލެވިފައެވެ.

• ހިލްމަންޑު އަވަށުން ފިލަން މަސައްކަތްކުރި އެމެރިކާގެ ޓޭންކަރެއް މުޖާހިދުންގެ މަގުމަތީ ބޮމުގެ ޙަމަލާއެއްގައި އެއްކޮށް ފުނޑުފުނޑުވެ އޭގައި ތިބި 3 އެމެރިކާނުންވަނީ މަރާލެވިފައެވެ.

• މުޖާހިދުން ވަޅުލައިފައިވާ މަގުމަތީ ބޮންތަކުގެ ސަބަބުން ހިލްމަންޑު އަވަށުގައި އެންމެ 3 ގަޑިއިރުގެ ތެރޭގައި އިނގިރޭސި ސިފައިންގެ 7 ޓޭންކަރު ވަނީ ފުނޑުފުނޑުކޮށްލެވިފައެވެ.

• ހުކުރުދުވަހު މަގުމަތީ ބޮމެއް ރައްކައުތެރި ކުރަން ކުރި މަސައްކަތުގެ ތެރޭގައި އެބޮން ގޮވުމުގެ ސަބަބުން ޑެންމާރކް ސިފައިންގެ 4 މީހުންވަނީ މަރާލެވިފައެވެ.

• އެމެރިކާނުންގެ މަރުކަޒުތަކަށް މުޖާހިދުން ރޮކެޓް ޙަމަލާތައް އަމާޒުކޮށްފައިވެއެވެ. އެގޮތުން ކަންދަހާރުގައި ހުންނަ މަރުކަޒަކަށް ދިން ރޮކެޓް ޙަމަލާއެއްގައި އެތަން ބަލަހައްޓަން ފާރައަށް ތިބި 2 މީހުން ވަނީ މަރާލެވިފައެވެ.

މިހުރިހާ ޚަބަރުތަކެއްވެސް ދީފައިވަނީ އަފްޣާނިސްތާނުގެ އިސްލާމީ ޢިމާރާތުގެ ތަރުޖަމާނުން ކަމަށްވާ ޤާރީ މުޙައްމަދު ޔޫސުފު އާއި ޒަބީޙު ﷲ މުޖާހިދުގެ ފަރާތުންނެވެ.


އަޅުގަނޑުމެންގެ ދުޢާގައި މުސްލިމު އަޚުންނާއި އުޚްތުން, މުހާޖިރުންނާއި އަންޞާރުން, އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ﷲގެ މަގުގައި ހަނގުރާމަކުރަށްވަމުންދާ އެންމެހާ މުޖާހިދުންނަށް ނަޞްރު ދެއްވެވުން އެދި ދުޢާކުރެއްވުމަށް ހަނދުމަފުޅު ބަހައްޓަވާ! އަދި އެމަގުގައި ރަހީނުކުރެވިފައިވާ އަޚުންނާއި އުޚްތުން ސަލާމަތްކޮށް ދެއްވެވުން އެދި ދުޢާކުރެއްވުމަށްވެސް ހަނދުމަފުޅު ބަހައްޓަވާ!
އަޞްލު: Theunjustmedia.com