އަޅުގަނޑުމެންގެ ޚަބަރު ސެކްޝަންގައި ހިމަނާލެވޭ ޚަބަރުތަކުގެ ތަރުޖަމާގައި, ހުޅަނގުގެ މީޑިއާއިންނާއި އަދި އެއަށް އަޅުވެތިވެފައިވާ އިސްލާމީ ދުނިޔޭގެ މީޑިއާތަކުން މުސްލިމުންނާއި ދެކޮޅަށް, އަދި މުސްލިމުންގެ އަގުވައްޓާލުމަށްޓަކައި ބޭނުންކުރާ ޢިބާރާތްތައް ބޭނުންކޮށްފައެއް ނުވާނެއެވެ. މިވާހަކަ, މައުލޫމާތަށްޓަކައި ދެންނެވީމެވެ. އިތުރަށް ވިދާޅުވުމަށް>>

”އެމެރިކާގެ ޖާސޫސުން ބޮން އަޅަމުންދާހާ ހިނދަކު، ޕާކިސްތާނުގެ އެތެރޭގައި ދެމުންދާ ހަމަލާތަކަކަށް ހުއްޓުމެއް ނެތް“ –ޠާލިބާން–

08 ސެޕްޓެމްބަރު 2010 - ޕާކިސްތާނުގެ ތެރޭގައި އިސްތިޝްހާދީ ޙަމަލާތަކުން ފައުޖީންނާއި ފުލުހުންގެ އެކިއެކި ތަންތަނަށް ހަމަލާތައް ދިނުން ނުހުއްޓޭނެ ކަމުގައި ތެހެރީކީ ޠާލިބާން ޕާކިސްތާނުން ވިދާޅުވެއްޖެ އެވެ. އަދި ޕާކިސްތާނުގެ ’ލަކީމަރްވަތު‘ ގައި އެންމެ ފަހުން ފުލުހުންނަށް އަމާޒުކޮށްގެން ދެވުނު އިސްތިޝްހާދީ ޙަމަލާގައި 19 މީހުން މަރުވެފައިވެއެވެ. އަދި މި ހަމަލާގެ ޒިންމާ ވަނީ ޠާލިބާޏުން ނަންގަވާފައެވެ. ”ޕާކިސްތާނުގެ ސެކިޔުރިޓީ ބައިގަނޑު ތަކަށް އަމާޒުކޮށްގެން އަހަރުމެން މި ހަމަލާތައްދެނީ، އެމީހުން އަހަރުމެންނަށް އަމާޒުކޮށް އެމެރިކާގެ ޖާސޫސު މަތިންދާބޯޓު ތަކުން ބޮން އެޅުމަށް ހުއްދަ ދީފައިވުމުން“ ޠާލިބާނުންގެ ތަރުޖަމާނު އަޒަމް ޠާރިޤް ވިދާޅުވިއެވެ. އިތުރަށް ވިދާޅުވުމަށް>>

އެމެރިކާ ކުޑަކަކޫ މައްޗަށް ތިރިވަމުން ދިޔުމާއި ގުޅިގެން ޢިރާޤު ހަނގުރާމަ ރަސްމީ ގޮތުން ނިންމާލައިފި

01 ސެޕްޓެމްބަރު 2010 - އެމެރިކާގެ ރައީސް ބަރަކް އޮބާމާ، ޢިރާޤްގައި ކުރަމުން ދިޔަ ހަނގުރާމަ ރަސްމީ ގޮތުން ނިންމާލައިފިއެވެ. ބައްދަލުވުމުގައި ވާހަކަ ދައްކަމުން އޮބާމާ ބުނެފައިވަނީ 2008 ވަނަ އަހަރު ރިޔާސީ ކެމްޕެއިންގައި އޭނާ ވެފައިވާ ވަޢުދު ކަމުގައިވާ ޢިރާޤްގައި ކުރަމުން ދިޔަ ހަނގުރާމަ ނިމުމަކަށް ގެނައުން މިހާރު ފުރިހަމަ ކޮށްފިން ކަމުގައެވެ. އޭނާ ބުނެފައިވަނީ، 7 އަހަރު ދުވަހުގެ ލޭ އޮހޮރޮވުމަށްފަހު ދެފަރާތަށްވެސް ވަރަށް ބޮޑެތި ގެއްލުންތައް ލިބުމަށް ފަހުގައި މިހާރު މިވަނީ ޞަފްޙާ އަނބުރާލާ ވަގުތު ޖެހިފައި ކަމަށެވެ. އިތުރަށް ވިދާޅުވުމަށް>>

އެއްދުވަސް ތެރޭގައި ނޭޓޯ-އެމެރިކާގެ 6 ފިނޑި ސިފައިން މަރާލައިފި

01 ސެޕްޓެމްބަރު 2010 - އަންގާރަދުވަހު އެކަނިވެސް އަފްޣާނިސްތާނުގެ އެކިސަރަހައްދުތަކުގައި އެމެރިކާނުންގެ 6 ސިފައިން ވަނީ މަރާލެވިފައެވެ. އަންގާރަދުވަހު ނޭޓޯއިން ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުން 4 އެމެރިކާނުން މަގުމަތީ ބޮމުގެ ޙަމަލާތަކުގައި ވަނީ މަރުވެފައެވެ. އަދި ދެކުނު އަފްޣާނިސްތާނުގެ ސަރަހައްދެއްގައި މުޖާހިދުންގެ ކުރިމަތިލުމެއްގައި އެމެރިކާނުންގެ އެކަކު ވަނީ މަރާލެވިފައެވެ. އަދި ހިލްމަންޑު އަވަށުގައި ޒަޚަމްވެފައިވާ ނޭޓޯގެ ސިފައިންގެ މީހެއް ޒަޚަމްތަކުގެ ސަބަބުން ވަނީ މަރުވެފައެވެ. އަފްޣާނިސްތާނުގައި އެމެރިކާ ސިފައިން މަރުވަމުންދާ ޢަދަދު އިތުރުވަމުން ދިޔުމާއި ގުޅިގެން އެމެރިކާގެ ރައްޔިތުންގެ .... އިތުރަށް ވިދާޅުވުމަށް>>

އެމެރިކާއާއި ނޭޓޯގެ 40 އިސްތިޢުމާރީންނާއި 14 މުރުތައްދުން މަރާލައިފި

29 އޮގަސްޓު 2010 - އޮގަސްޓް 28 ވަނަދުވަހު، އިސްލާމީ އިމާރާތުގެ މުޖާހިދުން ބައިވެރިވެގެން ޝަހަރު ބާގް އަދި ޚޯސްޓްގައި ހުންނަ ކުރީގެ ވައިގެ މަރުކަޒުގައި ހިންގުނު ތަފާތު ބޮޑު ދެ ޢަމަލިއްޔާތެއްގައި އެމެރިކާއާއި ނޭޓޯގެ 40 އިސްތިޢުމާރީންނާއި އޭ.އެން.އޭ އަދި އޭ.އެން.ޕީގެ 14 މުރުތައްދުން މަރާލައިފިއެވެ. ޚޯސްތް ޕްރޮވިންސްގައި ނެރުނު ރިޕޯރޓަކާއި ހަވާލާދީ ބުނެފައިވަނީ، ޝަހަރް ބާގްގައި 19 އިސްތިޢުމާރީން މަރާލެވި، އަދި ޚޯސްޓްގެ ވައިގެ މަރުކަޒުގައި 21 މީހުން މަރާލެވުނު ކަމަށެވެ. 7 ގަޑިއިރަށް ދެމިގެން ދިޔަ މި ޢަމަލިއްޔާތުގައި، އޭ.އެން.އޭގެ 8 ހަނގުރާމަވެރިންނާއި ފިނޑި ފުލުހުންގެ 6 މީހަކު ވެސް މަރާލެވުނު ކަމަށެވެ. އިތުރަށް ވިދާޅުވުމަށް>>

އަފްޣާނިސްތާނުގެ އިސްލާމީ އިމާރަތުގެ ޙާލަތު، އެމެރިކާ ސިފައިންގެ ކޮމާންޑަރ ޕެޓްރަސްގެ ބަޔާނަށް ރައްދެއް

28 އޮގަސްޓު 2010 - އަފްޣާނިސްތާނު އިސްތިޢުމާރު ކުރަން މަސައްކަތްކުރާ އެމެރިކާ ސިފައިން 2011 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން އެ ޤައުމުން ފައިބާނެކަން އިޢްލާނު ކުރުމާއި ގުޅިގެން ރައީސް ހާމިދް ކަރްޒާއީ އެކަމާއި މެދު ކަންބޮޑުވުން ފާޅުކޮށްފިއެވެ. އަފްޣާނިސްތާނުގައި އެމެރިކާނުން ޤާއިމްކޮށްފައިވާ ކުޅޭކުޅޭ ސަރުކާރުގެ ރައީސަކަށް އައްޔަންކޮށްފައިވާ ހާމިދް ކަރްޒާއީ ބުނިގޮތުގައި އަންނަ އަހަރުގެ ޖުލައި މަހުން ފެށިގެން އެމެރިކާނުން އެ ޤައުމުން ފައިބަން ފަށާނެކަން އިޢުލާނު ކުރުމަކީ މުޖާހިދުންނަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ. އަދި މުޖާހިދުންގެ ކެރުންތެރިކަމަށް ލިބުނު އިތުރު ބާރެއް ކަމަށެވެ އިތުރަށް ވިދާޅުވުމަށް>>

އަފްޣާނިސްތާނުގެ އިސްލާމީ އިމާރަތުގެ ޙާލަތު، އެމެރިކާ ސިފައިންގެ ކޮމާންޑަރ ޕެޓްރަސްގެ ބަޔާނަށް ރައްދެއް

25 އޮގަސްޓު 2010 - އަފްޣާނިސްތާނު އިސްތިޢުމާރުކޮށްގެން ތިބި ނޭޓޯ އަދި އެމެރިކާ ބައިގަނޑުތަކުގެ ކޮމާންޑަރު ކަމުގައިވާ ޖެނެރަލް ޕެޓްރަސް ދާދި ފަހުން ބީބީސީ ރޭޑިއޯއަށް ދިން ބަސްދީގަތުމެގައި ހާމަކުރި ގޮތުގައި ”ޠާލިބާނުން މިހާރު ވަނީ ހުޅަނގުގެ އަވަށްތަކުންނާއި އަދި ވެރިކަން ކުރާ ކާބުލްއިން ވަރަށް ބޮޑަށް ފަހަތަށް ޖެއްސިފައެވެ. އަދި މިހާރުގެ މިރޭވުން މިއަށްވުރެން ބާރުމިނުގައި ގެންދެވިއްޖެ ނަމަ، ނޭޓޯ އަދި އެމެރިކާއަށް އިތުރު ކާމިޔާބީ ޠާލިބާނުންގެ މައްޗަށް ހޯދޭނެއެވެ.“ ޖެނެރަލް ޕެޓްރަސް އިތުރަށް ވިދާޅުވުމަށް>>

މުޖާހިދުން ހައްޔަރު ކުރަން އައި ހެލިކޮޕްޓަރަށް މުޖާހިދުން ހޫނު މަރުޙަބާއެއް ކިޔައިފި

16 އޮގަސްޓު 2010 - 14 އޮގަސްޓް ވީ އާދީއްތަދުވަހު އަފްޣާނިސްތާނުގެ ރަށެއްކަމުގައިވާ ޒާބުލްގައި އިސްތިޢުމާރީންގެ ހެލިކޮޕްޓަރަކަށް މުޖާހިދުން ޙަމަލާދިނުމަށްފަހުގައި އެ ހެލިކޮޕްޓަރު ވައްޓާލައިފިއެވެ. މި ޙަމަލާ ދެވިފައިވަނީ އިސްތިޢުމާރީންގެ ހެލިކޮޕްޓަރު އެ ސަރަހައްދަށް ޖައްސަން އުޅުން ވަގުތެއްގައެވެ. އަދި އިސްތިޢުމާރީންގެ މަޤްސަދަކީ މުޖާހިދުން މެރުން ނުވަތަ ހައްޔަރު ކުރުމެވެ. އަދި މި މަޤްސަދުގައި ފުރަތަމަ ހެލިކޮޕްޓަރު ޖެއްސިތަނުން މުޖާހިދުން އެބައިމީހުންގެ ހަތިޔާރުތަކުން ވަރުގަދައަށް ޙަމަލާދިނެވެ. އިތުރަށް ވިދާޅުވުމަށް>>

”ޕާކިސްތާނުން އެމެރިކާގެ އެހީތަކަށް އިންކާރުކޮށްފި ނަމަ، އަހަރެމެން މިތިބީ އެހީ ދިނުމަށް ތައްޔާރަށް“ -ޠާލިބާން-

11 އޮގަސްޓު 2010 - މިދިޔަ އަންގާރަދުވަހު ޕާކިސްތާނުގެ ތެހެރީކީ ޠާލިބާނުން މީޑިޔާއަށް ގުޅުއްވާ އެ ޤައުމަށް މިހާރު ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ މުޞީބާތުގައި ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީ ވުމުގެ ގޮތުން އެމެރިކާއިން ދޭ އެހީ ތަކުގައި ނުހިފުމަށް ގޮވާލައްވައިފއެވެ. ”ސަރުކާރުން އެމެރިކާއިންދޭ މަދަދުގައި ހިފައިގެން ނުވާނެ، އެފަދައިން އެމެރިކާގެ އެހީތަކަށް ސަރުކާރުން އިންކާރުކޮށްފި ނަމަ، ޙާލުގައި ޖެހިފައިވާ މީހުންނަށް އަހަރެމެންގެ ފަރާތުން 20 މިލިޔަން ޑޮލަރު ދެވިދާނެ“ ޠާލިބާނުންގެ ތަރުޖަމާނު ކަމަށްވާ ޢަޒަމް ޠާރިޤް ވިދާޅުވިއެވެ. ދިނުން“ އިތުރަށް ވިދާޅުވުމަށް>>

އެމެރިކާއާއި ނޭޓޯ، ހީވެސް ނުކުރާހާ ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާން ޖެހިފައި

06 އޮގަސްޓު 2010 - ކުންދޫޒު ޕްރޮވިންސްގައި ޕެޓްރޯލް ކުރަމުން ދިޔަ ނޭޓޯ އަދި އަފްޣާން އިއްތިހާދު ލަޝްކަރުގެ ގާފިލާއަކަށް ގޮވާތަކެތި ބަރުކޮށްފައިވާ ކާރަކުން ޠާލިބާން މުޖާހިދުން ދިން އިސްތިޝްހާދީ ޙަމަލާއެއްގައި މުރުތައްދުންނާއި ކާފަރުންގެ އެތަކެއް މީހުން މަރާލެއްވިޖެ ކަމުގައި މުޖާހިދުން ވިދާޅުވެއްޖެއެވެ. އަދި މިހަމަލާ ދެވުނުތާ މާގިނަ އިރުތަކެއް ނުވަނީސް މެންދުރު 2:30 ހާއިރު މުޖާހިދުން ވަނީ އެމެރިކާގެ ހެލިކޮޕްޓަރެއް ހުޅަނގު ކަންދަހާރުގައި ރޮކެޓުން ޙަމަލާ ދިނުމަށްފަހުގައި ވައްޓާލާފައެވެ. މިޙަމަލާ ދެވުނު ހެލިކޮޕްޓަރުގައި އެވަގުތު 30 އެމެރިކާގެ މުޝްރިކުން ތިބިކަމަށް ޚަބަރު ލިބިފައި ވެއެވެ. އިތުރަށް ވިދާޅުވުމަށް>>

”އަފްޣާނިސްތާނު ހަނގުރާމައިގައި ބައިވެރިވުމަށްވުރެ ޖަލުވެސް މާ ރަނގަޅު“ ޖޯ ގްލެންޓަން

28 ޖުލައި 2010 - އިނގިރޭސި ސިފައިންގެ މީހެއްގެ ގޮތުގައި ކުރީގައި އުޅުނު ލާންސް ކޯރޕްރަލް ޖޯ ގްލެންޓަން، އަފްޣާނިސްތާނު ހަނގުރާމައަށް ދިޔުމަށް އިންކާރު ކުރުމުގެ ސަބަބުން 9 މަސްދުވަހަށް ޖަލަށް ޙުކުމް ކުރުމަށްފަހު ޖަލުގައި 4 މަސްދުވަސް ހޭދަކުރުމަށްފަހު ޖަލުން ނިކުމެ، އަފްޣާނިސްތާނުގައި ކުރެވޭ ހަނގުރާމައާއި އިދިކޮޅަށް ބޭއްވުނު އެއްވުމެއްގައި އަނެއްކާވެސް އޭނާ ހަނގުރާމަޔާ ދެކޮޅަށް އަޑު އުފުލައިފިއެވެ. އޭނާ ބުނިގޮތުގައި، އޭނާ ޖަލުގައި ހޭދަ ކުރި ކޮންމެ ސިކުންތު ކޮޅަކީ އަފްޣާނިސްތާނު ހަނގުރާމައިގައި ބައިވެރިވުމަށް ވުރެ މާ ރަނގަޅު ނިންމުމެއް ކަމުގައެވެ. އިތުރަށް ވިދާޅުވުމަށް>>

ގޮތް ހުސްވުމުން އެމެރިކާއާއި އިނގިރޭސިން 2011 ގައި އަފްޣާނިސްތާނުން ފައިބަން ފަށަނީ

22 ޖުލައި 2010 - އަފްޣާނިސްތާނަށް އަތްގަދަ ކުރުމުގެ ނިޔަތުގައި އެޤައުމަށް އަރައިގަނެ އެތައް މުސްލިމުންނެއް ޝަހީދު ކުރުމަށްފަހު ވެސް، އެ މަޤްޞަދު ޙާޞިލު ނުވުމުން އާޚިރުގައި އަފްޣާނިސްތާނުން ފޭބުމަށް އިސްތިޢުމާރީންގެ މައި ދެ ޝައިޠާނުން ކަމަށްވާ އެމެރިކާއާއި އިނގިރޭސިން އެއްބަސްވެއްޖެއެވެ. އިނގިރޭސިންގެ ޕްރައިމް މިނިސްޓަރާއި އެމެރިކާގެ ރައީސް ބަރަކް އޮބާމާ އާއި އިއްޔެ ކުރި ބައްދަލުވުމެއްގައި އޮބާމާ ވަނީ އަންނަ އަހަރު އެމެރިކާގެ ލަޝްކަރުތައް އަފްޣާނިސްތާނުން ފައިބަން ފަށާނެ ވާހަކަ ބުނެފައެވެ. އިތުރަށް ވިދާޅުވުމަށް>>

48 ގަޑިއިރުގެ ތެރޭގައި އިނގިރޭސި 3 މަރު، އެމެރިކާގެ 12 މަރު، އަފްޣާން ސިފައިންގެ 7 މަރު

15 ޖުލައި 2010 - މިދިޔަ އަންގާރަދުވަހު އަފްޣާނިސްތާނުގެ ހިލްމަންޑު އަވަށުގައި އިނގިރޭސި ސިފައިން ހިންގި ގެތައް ފާސް ކުރުމުގެ އޮޕަރޭޝަނެއްގެ ތެރޭގައި އެ އޮޕަރޭޝަންގައި ބައިވެރިވި އަފްޣާން ސިފައިންގެ މީހެއް އިނގިރޭސި ސިފައިންގެ 3 މީހުންގެ ގަޔަށް ބަޑި ޖަހާ މަރާލައިފިއެވެ. އަދި މި ޙަމަލާ ދިނުމަށްފަހު އެ މީހާ ވަނީ އެތަނުން ފިލުމުގައި ކާމިޔާބު ހޯދާފައެވެ. އިނގިރޭސި ސިފައިން ހާމަ ކުރި ގޮތުގައި މަރުވި ސިފައިންގެ ތެރޭގައި އިނގިރޭސި ސިފައިންގެ ވަރަށް އިސްމީހަކު ވެސް ހިމެނެ އެވެ. އަދި މި 3 ސިފައިން މަރާލުމުގައި ބައިވެރިވި އަފްޣާން ސިފައިންގެ މީހާ ހޯދުމުގެ މަސައްކަތް ވަރަށް ފުޅާ ދާއިރާއެއްގައި ކުރިއަށް ދާކަމަށް މީޑިޔާއިން ހާމަކުރެއެވެ.... އިތުރަށް ވިދާޅުވުމަށް>>

ރަޙްމަތްތެރިކަމުގެ ޙަމަލާއެއްގައި އަފްޣާނިސްތާނުގެ 6 ސިފައިން މަރާލައިފި

08 ޖުލައި 2010 - އެމެރިކާގެ ފައުޖުތަކުން ދިން މިސައިލް ޙަމަލާތަކެއްގައި އަފްޣާނިސްތާނުގެ 6 ސިފައިން މަރާލައިފިއެވެ. ރަޙްމަތްތެރިކަމުގެ މި ޙަމަލާދެވިފައިވަނީ އަފްޣާނިސްތާނުގެ ’ގަޒްނީ‘ އަވަށަށް އަމާޒުކޮށް އެމެރިކާގެ ފައުޖުތަކުން ދެމުން ދިޔަ ޙަމަލާތަކެއްގައި އެ ސަރަޙައްދުގައި ހުންނަ އަފްޣާނިސްތާނު ސިފައިންގެ މަރުކަޒަކަށް އެ ޙަމަލާތައް އަމާޒު ވުމާއި ގުޅިގެންނެވެ. އަފްޣާނިސްތާނުގެ ފުލުހުންގެ އިސް އޮފިޝަލެއް ހާމަ ކުރި ގޮތުގައި މި ޙަމަލާތައް ދެވިފައިވަނީ އެއްވެސް އިންޒާރެއް ނެތި ކަމަށާއި އެ ވަގުތަކީ މުޖާހިދުންގެ ޙަމަލާތަކެއް ހުއްޓުވަން އަފްޣާން ސިފައިން ވެސް ހަރަކާތްތެރިވަމުން ދިޔަ ވަގުތެއް ކަމަށާއި... އިތުރަށް ވިދާޅުވުމަށް>>

އެމެރިކާގެ ހަނގުރާމައިގެ ސިޔާސަތު: ޢާއްމުން އެއްވެ އުޅޭ ތަންތަނަށް ޙަމަލާ ދިނުމަށްފަހު މުޖާހިދުންގެ ބޮލުގައެޅުވުން

03 ޖުލައި 2010 - ޕާކިސްތާނުގެ ލާހޫރުގައި ހުންނަ ’ދާތާ ޝްރައިން‘ އަށް އަމާޒުކޮށްގެން ދެވުނު އަނިޔާވެރި ޙަމަލާ އަކީ ތެހެރީކީ ޠާލިބާން ޕާކިސްތާން އާއި އެއްވެސް ގުޅުމެއް އޮތް ޙަމަލާއެއް ނޫން ކަމުގައި އެ ޖަމާޢަތުގެ ތަރުޖަމާނު ވިދާޅުވެއްޖެއެވެ. ޠާލިބާނުންގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި އެ ޖަމާޢަތުގެ އަމާޒުތަކަކީ ޢާއްމު ރައްޔިތުން އެއްވެ އުޅޭ އެފަދަ ތަންތަން ނޫން ކަމަށާއި އެފަދަ ތަންތަނަށް ޙަމަލާ ދެނީ އެމެރިކާއިން ފައިސާދީގެން ޕާކިސްތާނުގެ އެތެރޭގައި ގެންގުޅޭ ކުލީ ސިފައިން ކަމަށެވެ. އަދިވެސް ވިދާޅުވިގޮތުގައި ޠާލިބާނުންގެ އަމާޒުތަކަކީ ވަރަށްވެސް ސާފު އަމާޒުތަކެއް ކަމަށާއި... އިތުރަށް ވިދާޅުވުމަށް>>

އެމެރިކާގެ ކޮމާންޑަރުންގެ މެދުގައި ބައިބައިވުމާއި، ރުޅިވެރިކަމާއި، މުޖާހިދުންދެކެ ބިރުގަތުން

30 ޖޫން 2010 - އަފްޣާނިސްތާނުގައި އެމެރިކާއިން ކުރަމުން ގެންދާ ހަނގުރާމައިގައި ނޭޓޯގެ ފައުޖުތަކުގެ ކޮމާންޑަރެއްގެ ގޮތުގައި ހުރި، ޖެނެރަލް މެކް ކްރިސްޓަލް އެ މަޤާމުން ވަކި ކުރުމާއި ގުޅިގެން، އެންމެ ފަހުން ޢަސްކަރިއްޔާގެ ވަޒީފާއިން ވެސް ވަކިވުމަށް ބޭނުންވާ ކަމަށްބުނެ އެކަން އިޢުލާނު ކޮށްފިއެވެ. އެމެރިކާއިން އެންމެ ނަން މަޝްހޫރު ކުރަމުން އައި މި ކޮމާންޑަރު މަޤާމުން ވަކި ކުރީ އަފްޣާނިސްތާނުގެ ހަނގުރާމައިގައި އޮބާމާ ގެންގުޅޭ ސިޔާސަތަށް ވަރަށް ބޮޑަށް ފާޑު ކިޔުމާއި އޮބާމާގެ ސަރުކާރުގެ އިސް އޮފިޝަލުންނަށް މަލާމާތްކޮށް ’ދަ ރޯލިން ސްޓޯން‘ އަށް ދިން ބަސްދީގަތުމަކާއި ގުޅިގެންނެވެ. އިތުރަށް ވިދާޅުވުމަށް>>

ހާދަހާ ވާ ދެރައެވެ! ފަލަޞްޠީން ދުނިޔޭގެ ޗާޓުން ވެސް މިހާރު ފޮހެލެވުނީ އެވެ.

24 ޖޫން 2010 - މިދިއަ ހަފްތާގާއި އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ބަޔަކާ ދެކޮޅަށް އިޒްރޭލުގެ އަނިޔާވެރިކަމުގެ ވާހަކަ އަޑުއިވުމުން، ދުނިޔޭގެ އެކި އެކި ކަންކޮޅުތަކުން މިކަމާ ޝައުޤުވެރިވިއެވެ. އެގޮތުން މީހުން އެންމެ ބަލައިލާން ބޭނުން ވީ ފަލަޞްޠީނުގެ ޣާޒާ ސަރަހައްދެވެ. އެއީ، އަހަރުމެންގެ މުސްލިމު އަޚުންނާއި އުޚުތުން އިޒްރޭލުގެ އަނިޔާވެރިކަމުގައި އެތަނެއްގައި ރަޙީނުންތަކެއް ހެން ހިޞާރު ކުރެވިފައި ވާ ފަލަޞްޠީނެވެ. މިކަން ސާފު ކުރުމަށްޓަކާއި އަޅުގަނޑު ކުރި މަސައްކަތުން ނުކުތީ އެހެން ނަތީޖާއެކެވެ. އެގޮތުން އަޅުގަނޑު މިވަނީ އެހެން ބައެއް މަޢުލޫމާތާއި ޚަބަރު ބައެއް ފަރާތްތަކުގެ އެހީ އާއި އެކު ނަގާފައެވެ. އިތުރަށް ވިދާޅުވުމަށް>>

ޑޮލަރަށްޓަކައި ދީން ވިއްކާލާފައިވާ ޕާކިސްތާނު ފައުޖީންގެ 40 ޚިޔާނަތްތެރީން، ޠާލިބާނުންގެ އަތްދަށަށް

17 ޖޫން 2010 - އެމެރިކާގެ ޑޮލަރަށްޓަކައި އަމިއްލަ ރައްޔިތުންގެ ބޮލަށް ބޮންއެޅެމުގައި އެންމެ ކުރިއަރާފައިވާ ޕާކިސްތާނު ފައުޖީންގެ ގިނަ ޢަދަދެއްގެ ސިފައިން މުޖާހިދުންގެ ބެލުމުގެ ދަށަށް ގެނެވިއްޖެ ކަމުގައި އަފްޣާނިސްތާނުގެ ޠާލިބާނުން ހާމަ ކުރައްވައިފިއެވެ. ފައުޖީންތައް އަސީރު ކޮށްފައިވަނީ އަފްޣާނިސްތާނު-ޕާކިސްތާނު ބޯޑަރުގައި ހުންނަ ޕާކިސްތާނުގެ ޗެކްޕޮއިންޓަކަށް މުޖާހިދުން ހަމަލާދިނުމަށްފަހުގައެވެ. ޕާކިސްތާނުގެ ސަރުކާރުން ވަނީ އެ މީހުންގެ ސިފައިންގެ ބަޔަކު ގެއްލިފައިވާ ކަމަށް ކަށަވަރު ކޮށްދީފައެވެ. އިތުރަށް ވިދާޅުވުމަށް>>

މުޖާހިދުންގެ ޙަމަލާތަކުގެ ސަބަބުން، އެއްދުވަސް ތެރޭގައި އެމެރިކާގެ 10 ސިފައިން މަރުވެއްޖެ ކަމަށް ޚުދު އެމެރިކާ އެއްބަސްވެއްޖެ

08 ޖޫން 2010 - އަންގާރަދުވަހު އިރުމަތީ އަފްޣާނިސްތާނުގައި މުޖާހިދުންގެ ފަރާތުން އެމެރިކާނުންނަށް އަމާޒުކޮށްގެން ދެވުނު ތަފާތު ދެ ހަމަލާއެއްގެ ސަބަބުން އެމެރިކާގެ 10 ސިފައިން މަރުވެއްޖެ ކަމަށް އެމެރިކާނުން ޚުދު އެއްބަސްވެއްޖެ އެވެ. މީގެ ތެރެއިން ފަސް ސިފައިން މަރުވެފައިވަނީ މަގުމަތީ ބޮމުގެ ހަމަލާއެއްގެ ސަބަބުން ކަމަށް އެމެރިކާގެ އޮފިޝަލުން ހާމަކުރިއެވެ. އަދި މިއީ މިފަހަކަށް އައިސް ދެވުނު ހަމަލާތަކުގައި އެއްފަހަރާ މިހާ ގިނަ ޢަދަދެއްގެ ސިފައިން މަރުވި ފުރަތަމަ ފަހަރު ކަމަށްވެސް ދޮގުވެރިން ބުނެފައިވެއެވެ. އިތުރަށް ވިދާޅުވުމަށް>>

އެމެރިކާގެ ރަންދަރި އިސްރާއީލުން އަނެއްކާވެސް ވަރުގަދަ ޖަރީމާއެއް ހިންގައިފި

01 ޖޫން 2010 - ހޯމަ ދުވަހުގެ ފަތިސް ވުމުގެ ކުރިން ޣާޒާ އަށް އެހީ ހިފައިގެން ދިޔަ ބޯޓަކަށް ޔަހޫދީ އިސްރާއީލުގެ ސިފައިން ގަދަ ބާރާ އެކު އަރާ އެބޯޓަށް ޙަމަލާ ދީފިއެވެ. މި ޙަމަލާގައި މަދުވެގެން 20 މީހުން މަރުވެފައިވެއެވެ. ޔަހޫދީންތަށް ހެލިކޮޕްޓަރުގެ އެހީތެރިކަމުގައި ބޯޓަށް ހަމަ ފޭބުމާއި އެކު ތަނެއް ދޮރެއް ނުބަލާ އެ ބޯޓުގެ އެތެރެއަށް ބަޑި ޖަހަމުން ދިޔަ ކަމަށާއި، އަދި އެއީ ޔަހޫދީ ސިފައިންގެ ކޮމާންޑޯސް ކަމަށްވެސް ފަލަޞްތީނުގެ ޓީވީން ޚަބަރުދެއެވެ. މި ބޯޓަކީ ތުރުކީގެ ފަސެންޖަރު ބޯޓެކެވެ. މި ބޯޓުގައި އެވަގުތު ހުރި އެއް ފަސިންޖަރު ވަނީ މި ހާދިސާއިން ބައެއް ކެމެރާ ކޮށްފައެވެ. އިތުރަށް ވިދާޅުވުމަށް>>

ގަލްފު މެކްސިކޯގެ ތެޔޮ ބޭރުވުން: އެމެރިކާ ދުށް ތިމާވެށީގެ އެންމެ ބޮޑު މުޞީބާތް

31 މެއި 2010 - އެމެރިކާގެ ތާރީޚު ދުށް އެންމެ ބޮޑު ތެޔޮ ލީކުވުން މިހާރު ވަނީ އެޤައުމަށް ކުރިމަތިވެފައެވެ. މެކްސިކޯގެ ގަލްފުން ތެޔޮ ނަގަމުން ދިޔަ ތަނެއްގައި ރޯވެ، ގޮވުމުގެ ސަބަބުން ތެޔޮ ރިގެއް އަޑިއަށް ދިޔަ ޙާދިސާ އަށް ފަހު، ބޭރުވަމުންދާ ތެޔޮ ކޮންޓްރޯލް ކުރުމަށް އެންމެފަހުން ކުރި މަސައްކަތް ވެސް ނާކާމިޔާބުވެއްޖެ ކަމަށް އެޤައުމުން ހާމަކޮށްފިއެވެ. މިދިޔަ މަހުގެ 22 ވަނަ ދުވަހު އަޑިއަށް ދިޔަ ރިގުން ކަނޑަށް ތެޔޮ ބޭރުވަމުންދާ އެމެރިކާގެ ތެޔޮ ވަޅުން ދުވާލަކު 12000 ބެރަލްގެ (504000 ގެލަން) ތެޔޮ ދަނީ ބޭރު ވަމުންނެވެ. އަދި ތަޖުރިބާކާރުން ބުނާގޮތުން، މި ޢަދަދު ދުވާލަކު 70000 ބެރަލަށް އަރާނެ ކަމަށް ބެލެވެއެވެ. އިތުރަށް ވިދާޅުވުމަށް>>

ދިވެހިރާއްޖޭގައި ޠާލިބާނުންގެ ނަމުގައި ބޭއްވުނު ބައްދަލުވުމުގެ ޙަޤީޤަތް

24 މެއި 2010 - އަފްޣާނިސްތާނުގެ އިސްލާމީ އިމާރަތާއި މިވަގުތު ސަރުކާރު ހިންގަމުންދާ ކާބުލްގެ އިދާރާއާއި ދެމެދު ދިވެހިރާއްޖޭގައި އަނެއްކާވެސް ވާހަކަތަކެއް ދެކެވެމުންދާ ކަމަށް މީޑިއާގެ ބައެއް ފަރާތްތަކުން އަނެއްކާވެސް ޚަބަރު ފަތުރަން ފަށައިފިއެވެ. އެހެނެއްކަމަކު މިއީ ހަމަ ކުރީގަވެސް ފެތުރިފަދައިން ފަތުރަމުންދާ ޙަޤީޤަތެއްނެތް ބޭކާރު ވާހަކަތަކެއް ކަމަށް އަފްޣާނިސްތާނުގެ އިސްލާމީ އިމާރާތުން ނެރުއްވި ބަޔާނެއްގައި ހާމަކުރައްވައިފިއެވެ. މީގެ ކުރިންވެސް މިފަދައިން ފެތުރި ދޮގު ޚަބަރުތަކާއި ގުޅިގެން އަފްޣާނިސްތާނުގެ އިސްލާމީ އިމާރާތުންވަނީ އެކަމާއި ގުޅިގެން ބަޔާނެއް ނެރުއްވާފައެވެ. އަދި އިސްލާމީ އިމާރާތުން މިފަދަ ޚަބަރު ތަކާއި ބެހޭގޮތުން ދެކިލައްވާ ގޮތް އެއީ މަޝްހޫރު އުޞޫލެކެވެ. އިތުރަށް ވިދާޅުވުމަށް>>

މަޝްހޫރު ’ބަގްރާމް‘ ވައިގެ މަރުކަޒަށް ﷲ ގެ ސިންގާތަކުގެ ވަރުގަދަ ޙަމަލާއެއް، 45 އެމެރިކާނުންގެ މަރު

20 މެއި 2010 - މިދިޔަ ބުދަދުވަހު އަފްޣާނިސްތާނުގައި ހުންނަ އެމެރިކާގެ އެންމެ ވަރުގަދަ ވައިގެ މަރުކަޒު ކަމަށްވާ ބަގްރާމްގެ މަރުކަޒަށް، ޠާލިބާނުންގެ ވަރުގަދަ ޙަމަލާއެއް އަމާޒުކުރެވިއްޖެއެވެ. މިޙަމަލާގެ ތަފްޞީލު ދެއްވަމުން ޠާލިބާނުންގެ ތަރުޖަމާނު ޒަބީޙު ﷲ މުޖާހިދު ވިދާޅުވިގޮތުގައި ބަގްރާމް މަރުކަޒަށް ފުރަތަމަ ޙަމަލާ ދިނީ އިސްތިޝްހާދީ އަޚުންގެ ތެރެއިން 3 އަޚުން ވެގެން މަރުކަޒުގެ މައި ގޭޓަށް އަމާޒުކޮށް ކަމުގައެވެ. އެއަށްފަހު، 13 މުޖާހިދުން މަރުކަޒުގެ އެތެރެއަށް ވަދެ ވަރުގަދަ ޙަމަލާތަކެއް ދީފައިވެއެވެ. އިތުރަށް ވިދާޅުވުމަށް>>

އެމެރިކާގެ އަޢުވާނުންނަށް ވެސް އޮތީ ހަމަ އެފަދަ ނިމުމެއް –ޠާލިބާން-

15 މެއި 2010 - ރޮއިޓާރސް މެދުވެރިކޮށް ޢާންމު ކޮށްފައިވާ ވީޑިއޯ މެސެޖެއްގައި ތެހެރީކީ ޠާލިބާން ޕާކިސްތާނުގެ ތަރުޖަމާނު އާޒިމް ޠާރިޤް އެމެރިކާގެ ނިއުޔޯރކުގެ ޓައިމް ސްކުއަރް އަށް ދޭން މަސައްކަތް ކުރި ބޮމުގެ ޙަމަލާގެ ޒިންމާ ދެވެނަ ފަހަރަށް އުފުއްލަވާފިއެވެ. ތަރުޖަމާނު ވިދާޅުވިއެވެ.” އެމެރިކާއަށް އެކަން ތަޞައްވުރުވެސް ނުކުރެވުނު.... އެނުގޮވިއެއްކަމަކު އެއީ ބޮން އަޅާ ބަރުކޮށްފައިވާ ވެހިކަލެއް“ ”އެހެނެއްކަމަކު، އެމެރިކާއަށާއި އަދި ހުރިހާ އިސްތިޢުމާރީ ލަޝްކަރުތަކަށް އެމީހުން ގޮވާ މަންޒަރު ފެންނާނެ، އަދި އެމެރިކާ އަނދައިގެންދާނެ“ ތަރުޖަމާނު ވިދާޅުވިއެވެ. އިތުރަށް ވިދާޅުވުމަށް>>

އެމެރިކާނުންނާއި ނޭޓޯސިފައިންނަށް ކުރެވޭހާވެސް ކަމަކީ ޢާންމުން މެރުން

13 މެއި 2010 - އެމެރިކާގެ އާއި ނޭޓޯގެ އިސްތިޢުމާރީ ބާރުތަކުން އަފްޣާނިސްތާނުގައި ކުރަމުންދާ ހަނގުރާމައިގައި ޢާންމުން މަރަމުންދާ ޢަދަދު މިދިޔަ އަހަރާއި އަޅާ ބަލާއިރު މިއަހަރު މާ ބޮޑުތަން އިތުރުވެއްޖެ ކަމަށް ޕެންޓަގަންއިން ހާމަކޮށްފިއެވެ. ޕެންޓަގަން އިން ހާމަކުރި ގޮތުގައި މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޭޕްރީލްމަހާއި ހަމަޔަށް 90 ޢާންމު ރައްޔިތުން މަރުވެފައިވެއެވެ. އަދި މިޢަދަދަކީ މިދިޔަ އަހަރުގެ އެމުއްދަތާއި އަޅާ ބަލާއިރު %76 އިތުރު ޢަދަދެކެވެ. ޕެންޓަގަން މިރިޕޯރޓުގައިވާ ގޮތުން މިޢަދަދުތަކުން ދައްކުވައިދެނީ ހަނގުރާމައިގައި ޢާންމުންނަށް ޙިމާޔަތް ދިނުމުގައި އެމެރިކާ ސިފައިންނާއި ނޭޓޯގެ ސިފައިން ނުކުޅެދިފައިވާ މިންވަރެވެ. އިތުރަށް ވިދާޅުވުމަށް>>

އެމެރިކާގެ ތެރޭގައި ޙަމަލާތަކެއް ދޭނެ ކަމުގެ ވަރުގަދަ އިންޒާރު ޙަކީމު ﷲ މެހްސޫދު (حفظه الله) ދެއްވައިފި

04 މެއި 2010 - އެމެރިކާގެ އެތެރޭގައި ވަރުގަދަ ޙަމަލާތަކެއް ދޭނޭ ކަމުގެ އިންޒާރު ޕާކިސްތާނުގެ ތެހެރީކީ ޠާލިބާނުގެ އަމީރު ޙަކީމު ﷲ މެހްސޫދު ދެއްވާފިއެވެ. މިވީޑީއޯ ނެރެފައިވަނީ ޙަކީމު ﷲ މެހްސޫދު މަރުވެއްޖެ ކަމަށް ދުނިޔޭގެ މީޑިޔާގައި އަޑު އުފުލަމުންދާތާ އެއްމަސް ދުވަސް ވަނިކޮންނެވެ. އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ހަދާފައިވާ ކަމަށް ބުނާ 9 މިނެޓުގެ މިވީޑީއޯގައި ޙަކީމު ﷲ މެހްސޫދު ވިދާޅުވި ގޮތުގައި އަލްޤާޢިދާގެ ބައެއް އަޚުން ޤަތުލު ކުރިކުރުމަށާއި އަދި ބައިތު ﷲ މެހްސޫދު ޤަތުލުކޮށްލުމުގެ ބަދަލު ހިފުމެއްގެ ގޮތުން އެމެރިކާއަށް އޭގެ ވަރުގަދަ ބަދަލު ދޭނެ ކަމުގައެވެ. އިތުރަށް ވިދާޅުވުމަށް>>

ސޯމާލިޔާ މުޖާހިދުންގެ ބާރުދަށުގައިވާ މިސްކިތަކަށް ބޮމުގެ ޙަމަލާތަކެއް ދީފި

02 މެއި 2010 - ސޯމާލިޔާގެ ވެރިރަށް މޮގަދިޝޫގެ މިސްކިތަކަށް ދިން ދެބޮމުގެ ހަމަލާގައި 30 މީހުން ޝަހީދުވެ، 70 ވުރެއް ގިނަ މީހުން ޒަޚަމްވެއްޖެއެވެ މިޙަމަލާ ދެވުނު މިސްކިތަކީ އައްޝަބާބު މުޖާހީދުންގެ ބާރު ދަށުގައިވާ މިސްކިތެކެވެ. އަދި މިމިސްކިތަކީ މުޖާހިދުން އެކިއެކި ދީނީ ނަޞޭޙަތާއި މުހިއްމު ބައްދަލުވުން ބާއްވާ ހަދައި އުޅޭ މިސްކިތެކެވެ. މިޙަމަލާ ދެވުނު ވަގުތަކީ ޢާއްމު ރަޔިއްތުން މެންދުރު ނަމާދު ކުރަމަށްޓަކައި މިސްކިތަށް އެއްވަމުން ދިޔަ ވަގުތެވެ. އަދި މިޙަމަލާ ދެވުނު ވަގުތު މުޖާހިދުންގެ އިސްވެރިއެއް ކަމުގައިވާ ފުއާދު މުޙައްމަދު ޙާލިފު އެމިސްކިތުގައި ހުރިކަމަށްވެއެވެ. އިތުރަށް ވިދާޅުވުމަށް>>

ސޯމާލިޔާގައި ޞަލީބީންނަށް އަމާޒުކޮށްގެން ދެވުނު އިސްތިޝްހާދީ ޙަމަލާއެއްގައި 15 މަރު

30 އޭޕްރީލް 2010 - 1431 ޖުމާދުލް އޫލާ މަހުގެ 13 ވީ އަންގާރަ ދުވަހު (27 އެޕްރިލް 2010) ގައި، ޒުވާން މުޖާހިދުންގެ ތެރެއިން އިސްތިޝްޙާދީއަށް އެދޭ ލަޝްކަރުގެ ފަރާތުން ސޯމާލިޔާގައި އިސްތިޝްހާދީ ޙަމަލާއެއްދީފިއެވެ. މިޙަމަލާ ދީފައިވަނީ ބެނާދިރު ޕްރޮވިންސް ޝަބްސްގައި ޞަލީބީން އެބައިމީހުން ބޭނުންކުރުމަށްޓަކައި ތައްޔާރު ކޮށްފައިވާ މަރުކަޒަކަށް އަމާޒުކޮށެވެ. އުޅަނދަކަށް ގޮވާ ތަކެތި އަޅައިގެން ގޮސް މިޙަމަލާ ދިނީ ހިތްވަރުގަދަ ދެ މުޖާހިދުންނެވެ. މިދެ މުޖާހިދުން އީމާންކަމާއި ޘާބިތުކަމާއިއެކުގައި ޞަލީބީންގެ ސަފުތަކުގެ ތެރެއަށް އުޅަނދުގައި ދުއްވާފައިގޮސް ވަދެގަނެ އެތަން ގޮއްވާލިއެވެ. އިތުރަށް ވިދާޅުވުމަށް>>

އިސްތިޢުމާރީންގެ 12 ތެޔޮޓޭންކަރަށް، މުޖާހިދުންގެ ޙަމަލާތައް

25 އޭޕްރީލް 2010 - އިރުމަތީ ޕާކިސްތާނުގެ ސަރަޙައްދެއްގައި، ނޭޓޯ ފައުޖުތަކުގެ ގިނަ ޢަދަދެއްގެ ތެޔޮ ޓޭންކަރުތަކެއްގައި އަލިފާން ރޯކުރުމުގެ ސަބަބުން މުޖާހިދުންނާއި ސިފައިންނާއި ދެމެދު ހިނގި ކުރިމަތިލުމުގައި މަދުވެގެން 4 ސިފައިން މަރުވެއްޖެއެވެ. އަފްޣާނިސް ތާނުގައި ނޭޓޯ ސިފައިން ހިންގަމުން ގެންދާ ޖަރީމާތަކަށްޓަކައި އެމީހުންނަށް ބޭނުންވާ ތެލާއި ހަތިޔާރާއި އަދިވެސް އެހެނިހެން އާލާތްތައް އެންމެ ބޮޑަށް އެތެރެ ކުރަމުންދަނީ ޕާކިސްތާނު މަގުންނެވެ. އޭގެ ތެރެއިން 80% ސާމަނު ދަނީ ޕާކިސްތާނުގެ ޚައިބަރު ސަރަހައްދުންނާއި ބަލޮޗިސްތާނުގެ ޗަމަން ސަރަހައްދުން ލާފައެވެ. އިތުރަށް ވިދާޅުވުމަށް>>

”އެއްވެސް ޝަރުޠު ކުރުމެއްނެތި ބޭރުގެ ހުރިހާ ފައުޖުތަކެއް ފޭބުމުން މެނުވީ ޞުލްޙައިގެ އެއްވެސް ވާހަކައެއް ދެއްކުމެއް ނޯންނާނެ!“ –ޠާލިބާން-

22 އޭޕްރީލް 2010 - އެމެރިކާގެ އިސްތިޢްމާރީންނާއި ޠާލިބާނުންނާއި ދެމެދު ޞުލްޙައިގެ ވާހަކަތަކެއް ދެކެވޭ ކަމަށް ބުނެ ދުނިޔޭގެ މީޑިޔާގައި ފަތުރަމުންދާ ޚަބަރުތައް އަފްޣާނިސްތާނުގެ ޠާލިބާނުން ދޮގު ކުރައްވައިފިއެވެ. އަދި ޠާލިބާނުންގެ ގޮވާލެއްވުމަކީ އެއްވެސް ޝަރުޠު ކުރުމެއް ނެތި އިސްތިޢްމާރީންގެ ހުރިހާ ފައުޖުތަކެއް އެޤައުމުން ފޭބުމެވެ. އަންގާރަދުވަހު ޠާލިބާނުންގެ ފަރާތުން މީޑިޔާއަށް މަޢްލޫމާތު ދެއްވަމުން ވިދާޅުވިގޮތުގައި އަފްޣާނިސްތާނަށް އަރައިގަނެފައިވާ ބޭރުގެ ފައުޖުތައް އެޤައުމުން އެއްކޮށް ފޭބުމުން މެނުވީ އެއްވެސް ޞުލްޙައިގެ އެއްބަސްވުމަކާއި ބެހޭގޮތުން ވާހަކަ ދައްކަން ނުވެސް ފެށޭނެ ކަމަށެވެ. އިތުރަށް ވިދާޅުވުމަށް>>

މުޖާހިދުންގެ އަގުވައްޓާލުމަށްޓަކައި އަނެއްކާވެސް އެތައް ޢާއްމުންނެއް ޝަހީދުކޮށްލައިފި

18 އޭޕްރީލް 2010 - ޕާކިސްތާނުގެ އަވަށެއް ކަމުގައިވާ ކޯހާޓުގައި ހަނގުރާމައިގެ ސަބަބުން ގެދޮރުތަކުން ނިކުންނަށް މަޖްބޫރުވެފައިވާ މީހުން ދިރިއުޅެމުންގެންދާ ކޭމްޕަކަށް އަމާޒުކޮށް މިދިޔަ ހޮނިހިރުދުވަހު ވަރަށް ވަރުގަދަ ބޮމުގެ 2 ޙަމަލާ ދީފިއެވެ. މިޙަމަލާތަކުގެ ސަބަބުން އެކޭމްޕުގައި ދިރިއުޅެމުން ގެންދިޔަ މީހުންގެ ތެރެއިން 41 މީހުން ޝަހީދުވެ އަދި 60 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ. މިޙަމަލާއަކީ ޕާކިސްތާނުގައި ސިއްރުން ޙަރަކާތްތެރިވާ އެމެރިކާގެ ކުލީ ސިފައިންގެ ޖަމާޢަތެއް ކަމުގައިވާ ބްލެކް ވޯޓަރ އާއި ޕާކިސްތާނުގެ އަނިޔާވެރި ފައުޖީންނާއި ގުޅިގެން ހިންގާފައިވާ ޖަރީމާއެއް ކަމުގައި ބެލެވެއެވެ. އިތުރަށް ވިދާޅުވުމަށް>>

ޙައްޤުގެ ޢިލްމުވެރިންނަށް މަރުގެ އިންޒާރަކީ އައު ކަމެއް ނޫން، އެމެރިކާއަށް އަދި މިކަން ނޭނގެނީބާ؟

08 އޭޕްރީލް 2010 - މިވަގުތު ޔަމަންގައި ދިރިއުޅުއްވަމުންގެންދާ ޝެއިޚް އަންވަރު އަލްއަވްލާކީ، ހިފާ ހައްޔަރުކުރުން ނުވަތަ މެރުމަށް އެމެރިކާގެ އަނިޔާވެރި ސަރުކާރުން ހުއްދަ ދީފައިވަނީ އެމެރިކާއާއި ދެކޮޅަށް ޙަމަލާ ދިނުމުގައި ޝެއިޚް ބައިވެރިވާ ކަމަށް ބުނެއެވެ. އަފްޣާނިސްތާނުގައި ހުންނަ އެމެރިކާގެ ޢަސްކަރީ މަރުކަޒަކަށް ޙަމަލާ ދެއްވި ޑރ. އަބޫ ދުޖާނާ (رحمه الله) އާއި އަންވަރު އަލްއަވްލާކީ އާއި ގުޅުން ހުރިކަމަށާއި އަދި މިދިޔަ ކްރިސްމަސް ދުވަހު އެމެރިކާގެ ޑެޓްރޮއިޓަށް ދަތުރުކުރި ބޯޓެއް ގޮއްވާލަން މަސައްކަތް ކުރި ނައިޖީރިއާގެ ޢުމަރު ފާރޫޤް އަބްދުލް މުއްޠަލިބު ( فك الله أسره) އާއި ގުޅުން ހުރި ކަމަށްވެސް އެމެރިކާއިން ދަނީ ބުނަމުންނެވެ. އިތުރަށް ވިދާޅުވުމަށް>>

ކަރްޒާއީ ޠާލިބާނުންނާއި ގުޅޭނެ ކަމަށް ބުނެފި

05 އޭޕްރީލް 2010 - އަފްޣާނިސްތާނުގެ ރައީސް ޙާމިދު ކަރްޒާއީ މަޤާމުން ވަކިވެ ޠާލިބާނުންނާއި ގުޅޭނެކަމަށް ބުނެފިއެވެ. އެއީ، ބޭރުގެ ޕްރެޝަރ ބޮޑުވެ ސަރުކާރު ބަދަލުކުރުމަށް މަސައްކަތްކޮށްފި ކަމުގައި ވާނަމައެވެ. މިއީ ކަރްޒާއީ މިފަދައިން ހާމަކުރި ދެވަނަ ފަހަރެވެ. ނަންގަރްހާރު ތަމްސީލްކުރާ ފާރޫޤް މަރެނާއީ ބުނެފައިވަނީ މިކަމާއި ގުޅިގެން ކަރްޒާއީ މިފަދައިން ބުނެފައިވާ ކަމުގައެވެ.”ބޭރުގެ ޕްރެޝަރުގެ ދަށަށް އަހަރެން އަންނަން ޖެހިއްޖެނަމަ، ފަހަރެއްގައި އަހަރެން ޠާލިބާނުންނާ ގުޅޭނަން.“ އަދިވެސް ކަރްޒާއީ އިތުރަށް ބުނެފައިވަނީ، ”އަނިޔާވެރިވުން ބަދަލުވެގެންދާނީ ދެކޮޅިވެރިކަމަށް.“ އިތުރަށް ވިދާޅުވުމަށް>>

ޢިރާޤުގައި މުޖާހިދުންގެ ޙަމަލާތައް އާދަޔާ ޚިލާފަށް އިތުރުވާން ފަށައިފި

05 އޭޕްރީލް 2010 - ޢިރާޤުގެ ވެރިރަށް ބަޣްދާދުގައި އިއްޔެ ދެވުނު ވަރަށް ވަރުގަދަ ޙަމަލާތަކެއްގައި 35 މީހުން މަރުވެ 200 މީހުން ޒަޚަމްވެއްޖެއެވެ. އިރާނާއި، މިޞްރާއި ސްޕެއިންގެ އެމްބަސީތަކަށް އަމާޒުކޮށް އާދީއްތަދުވަހު ދެވުނު މިޙަމަލާތަކުގެ ސަބަބުން އިރާނު އެމްބަސީ ހުރި ސަރަޙައްދަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށް ޢިރާޤުގެ ފުލުހުން ހާމަކޮށްފައިވެއެވެ. އިރާނު އެމްބަސީ ހުންނަނީ ޢިރާޤުގެ މިނިސްޓްރީ އޮފް ޑިފެންސްގެ ކައިރީގައެވެ. އެހެންކަމުން މިޙަމަލާގެ ސަބަބުން ތެހެރާންގެ ސަރުކާރު ވަނީ ހައިރާންވެފައެވެ. މިޙަމަލާތަކުގެ ޒިންމާ އެއްވެސް ފަރާތަކުން އަދި ނަގާފައެއް ނުވެއެވެ. އިތުރަށް ވިދާޅުވުމަށް>>

ނޭޓޯގެ ޢަސްކަރީ ޓޭންކަރެއްގެ ދަށުވެ އަފްޣާނިސްތާނުގެ އަންހެން ކުއްޖެއް ޝަހީދުވެއްޖެ

31 މާރޗް 2010 - އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ ނޭޓޯގެ ޓޭންކެއް އަފްޣާނިސްތާނުގެ ކުށެއް ނެތް ސްކޫލު ކުއްޖެއްގެ ގައިމަތީގައި ދުއްވާ އެކުއްޖާ ޝަޙީދުކޮށްލައިފިއެވެ. ޝަހީދުކޮށްލެވިފައިވަނީ އަންހެން ކުއްޖެކެވެ. ޚަބަރުލިބިފައިވާ ގޮތުގައި މިޖަރީމާ ހިންގާފައިވަނީ، ކާބުލްގެ ދެކުނުގައި އޮންނަ ލޯގާރު ޕްރޮވިންސްގެ ސޯރްޚްއާބާދުގައެވެ. މިއަންހެން ކުއްޖާ ޝަހީދުކޮށްލެވިފައި ވަނީ އޭނާގެ ރައްޓެހި އެހެން ކުދިންކޮޅަކާއިއެކުގައި ސްކޫލަށް ދިޔަ މަގުމަތީގައެވެ. އަދި އިސްތިޢުމާރީން މިކުއްޖާ ނަގައިގެން ޢަސްކަރީ ހޮސްޕިޓަލަކަށް ގެންދިޔަކަމަށާއި ނަމަވެސް ލިބުނު އަނިޔާގެ ބޮޑުކަމުން އެކުއްޖާ ހޮސްޕިޓަލުގައި ނިޔާވީ ކަމުގައެވެ. އިތުރަށް ވިދާޅުވުމަށް>>

އެމެރިކާ ސިފައިން މަރުވަމުންދާ ޢަދަދުތައް ދެގުނައަށް އަރައިފި

30 މާރޗް 2010 - އަފްޣާނިސްތާނުގައި އެމެރިކާ ސިފައިން މަރުވެފައިވާ ޢަދަދު ވަނީ މިދިޔަ އަހަރުގެ މިވޭތުވެދިޔާ 3 މަހާއި އަޅާ ބަލާއިރު ދެގުނައަށް އިތުރުވެފައި ކަމަށް ޕެންޓަގަން ގެ ރިޕޯރޓެއްގައި ހާމަކޮށްފިއެވެ. މިރިޕޯރޓުގެ ޢަދަދުތައް ބުނާ ގޮތުން، 2010 ވަނަ އަހަރުގެ މިހާތަނަށް އެމެރިކާގެ 77 ސިފައިން ވަނީ މަރުވެފައެވެ. އަދި ލަފާ ކުރެވޭ ގޮތުން މިޢަދަދު ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް ބެލެވެއެވެ. އެމެރިކާގެ ބޮޑެއް ކަމުގައިވާ އެޑްމިރަލް މައިކް މުލަން ބުނެފައިވެއެވެ. ”އަހަރެމެން ވަރަށް ވަރުގަދަ ކުރަން ޖެހޭނެ. އެހެނީ ކުރިއަށް އޮތީ އުނދަގޫ ދުވަސްތަކެއް.“ އަދި ޒަޚަމްވަމުންދާ ސިފައިންގެ ޢަދަދުތައްވެސް... އިތުރަށް ވިދާޅުވުމަށް>>

ރަޝިޔާގެ ހިތުގައި ވަރުގަދަ ދެ އެތިފަހަރުން ޖަހައިފި

29 މާރޗް 2010 - ރަޝިޔާގެ ވެރިރަށް މޮސްކޯގެ އަޑިން ދުއްވާ ކަރަންޓް ރޭލުތަކަށް އަމާޒުކޮށް ވަރަށް ވަރުގަދަ ދެ އިސްތިޝްހާދީ ޙަމަލާ ދީފިއެވެ. މިޙަމަލާ ތަކުގެ ސަބަބުން މަދުވެގެން 35 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ހާމަކޮށްފައިވެއެވެ. އަދި މިހާތަނަށް 18 މީހުން ޒަޚަމްވެސް ވެފައިވާ ކަމަށް މަޢްލޫމާތު ލިބިފައިވެއެވެ. ރަޝިޔާގެ ތަރުޖަމާނު ބުނާ ގޮތުން ފުރަތަމަ ޙަމަލާ ދީފައިވަނީ ހެނދުނު 7:56 ހާއިރު އެވެ. އަދި އެއީ ހެނދުނުގެ ރޭލުތަކުގައި މީހުން އެންމެ ބާރު ބޮޑުވާ ވަގުތެވެ. ދެވަނަ ޙަމަލާ ދީފައިވަނީ އޭގެ އެންމެ 40 މިނެޓު ފަހުންނެވެ. މިޙަމަލާ އާއި ގުޅިގެން އަޑިން ދުއްވާ ރޭލުގެ ޚިދްމަތް ވަނީ ވަގުތީ ގޮތުން ހުއްޓާލާފައެވެ. އިތުރަށް ވިދާޅުވުމަށް>>

ޔަހޫދީންތައް ޢަސްކަރީ ބާރާއި އެކު ޣައްޒާގެ ތެރެއަށް އަނެއްކާވެސް ވަދެގަންފި

27 މާރޗް 2010 - ހުކުރުދުވަހުގެ ވަގުތެއްގައި ފަލަޞްޠީނުގެ ޣައްޒާ ރޮނގުގެ ތެރެއަށް ޔަހޫދީ އިސްރާއީލު ސިފައިންގެ ޢަސްކަރީ ޓޭންކަރުތަކާއި، ހެލިކޮޕްޓަރުތަކާއި، ޖާސޫސީ މަތިންދާބޯޓުތައް ވަދެގަނެފިއެވެ. ފަލަޞްޠީނުގެ ފަރާތުން ރޮއިޓާރސްއަށް ޚަބަރު ލިބިފައިވާ ގޮތުން އިސްރާއީލު ސިފައިންގެ 5 ޓޭންކަރާއި 2 ޢަސްކަރީ ބުލްޑޯޒަރު ޣާޒާ ރޮނގުގެ ތެރެއަށް ވަދެގަނެ ޚާން ޔޫނުސް އަވަށުގެ ތެރެއަށް ވަދެ ޙަމަލާ ދޭން ފެށީ ކަމުގައި ވެއެވެ. އިއްޔެގެ ޙަމަލާތަކުގައި އެއްވެސް މީހަކު ޝަހީދުވިކަން އެނގިފައެއް ނުވެއެވެ. އެހެންނަމަވެސް ފަލަޞްޠީނުގެ ރައްޔިތެއް ޙަމަލާތަކުގެ ސަބަބުން ވަރަށް ބޮޑަށް ޒަޅަމްވެފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ. އިތުރަށް ވިދާޅުވުމަށް>>

”ޚާލިދް ޝެއިޚަށް މަރުގެ ޙުކުމް ކޮށްފިނަމަ، އަހަރެމެންގެ އަތްދަށުވާ ކޮންމެ އެމެރިކާގެ ރައްޔިތަކަށް މަރުގެ ޙުކުމް ކުރާނަން“ އުސާމާ ބިން ލާދިން (حفظه الله)

26 މާރޗް 2010 - އޯޑިއޯ މެސެޖެއް މެދުވެރިކުރައްވާ އަލްޤާޢިދާގެ ވެރިޔާ އުސާމާ ބިން ލާދިން (حفظه الله) އެމެރިކާގެ ރައްޔިތުންނަށް ވަރަށް ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ. މިއިންޒާރަކީ އެމެރިކާއިން ހައްޔަރުކޮށްފައިވާ ސެޕްޓެމްބަރ 11ގެ ޙަމަލާގެ ފަހަތުގައިވާ ރޭވުންތެރިޔާ ކަމަށް ބެލެވޭ ޚާލިދު ޝެއިޚް މުޙައްމަދު (فك الله أسره) ގެ މައްޗަށް މަރުގެ ޙުކުމް ތަންފީޒްކޮށްފިނަމަ އޭގެ ބަދަލު ވަރަށް ހިތިކޮށް އެމެރިކާގެ ރައްޔިތުން ދެކެން ޖެހޭނޭކަމުގެ އިންޒާރެވެ. ބުރާސްފަތި ދުވަހު އަލްޖަޒީރާއިން ވަނީ އުސާމާ ބިން ލާދިން (حفظه الله) ގެ އެންމެ ފަހުން ނިކުތް މިއޯޑިއޯ ޢާންމުކޮށްފައެވެ. އިތުރަށް ވިދާޅުވުމަށް>>

މުޖާހިދެއް އަސީރުވެ ނުވަތަ ޝަހީދުވުމުން އެތަން ފޫބައްދާނެ އެތައް މުޖާހިދުންނެއް އެބަތިބި

24 މާރޗް 2010 - އަމީރުލް މުއުމިނީން މުއްލާ މުޙައްމަދު ޢުމަރު (حفظه الله)، އަލަށް ޢައްޔަން ކުރެއްވި ޑެޕިއުޓީންގެ ނަންތައް ޢިޢުލާން ކުރައްވައިފި ކަމުގައި އަފްޣާނިސްތާނު ޠާލިބާން ޖަމާޢަތުގެ ފަރާތުން މަޢުލޫމާތު ދެއްވައިފިއެވެ. އަލަށް ޢައްޔަން ކުރެވުނު ދެޑެޕިއުޓީންނަކީ، ޢަބްދުލް ޤައްޔޫމް ޛާކިރު (حفظه الله) އަދި މުއްލާ އަޚްތަރު މުޙައްމަދު މަންޞޫރު (حفظه الله) އެވެ. މިކަމާއި ގުޅިގެން ޠާލިބާންގެ އިސް ބޭފުޅަކު ހާމަކުރެއްވި ގޮތުގައި މިކަން ކުރެއްވުމުގެ މަޤްޞަދަކީ، އެންމެ މީހަކު އަސީރުކުރެވުމަކުން ޠާލިބާނުންގެ ހަރަކާތަކަށް އަސަރު ނުކުރާނެ ކަމުގެ މެސެޖެއް ދިނުން ކަމުގައެވެ. އިތުރަށް ވިދާޅުވުމަށް>>

” މޮހޮނަށް އޮޑި ދިންހެން“ އެމެރިކާ އަދި ނޭޓޯ ލަޝްކަރަށް އަފްޣާނިސްތާނުގެ މަރްޖާ އޭ ކިޔުން އަވަށް ލިބިއްޖެ

23 މާރޗް 2010 - ހުޅަނގުގެ ކާފަރު ހަނގުރާމަވެރިން އަފްޣާނިސްތާނުގެ މަރްޖާއޭ ކިޔުން އަވަށް ހިފިކަމަށް ދަޢުވާ ކުރަން ފެށިތާ އެމަސް ދުވަސް ނުވަނީސް، އަފްޣާނިސްތާނުގެ މުޖާހިދުން ﷲ ގެ ރަޙްމަތުން އެއަވަށުގައި އަލުން ސަފުތައް ރުކުރުވާލަމުން ދާކަމަށް މަރްޖާގެ ޢާއްމު ރަޔިއްތުންގެ ފަރާތުން ޚަބަރުތައް ލިބެމުން އެބަދެއެވެ. އަދި މަރްޖާ އޭ ކިޔުން އަވަށް އެއީ ކާފަރުންގެ އެންމެ މުހިއްމު އެއް ލަނޑުދަނޑި ކަމަށް ވަނީ ބެލެވިފައެވެ. މިގޮތުން ޢާއްމު ކޮންމެ އަށް މީހުނަށް ނޭޓޯގެ ލަޝްކަރުގެ އެއްމީހުން އަދި އަފްޣާނިސްތާނުގެ މުރުތައްދު ލަޝްކަރުގެ އެކަކު ނުވަތަ ގިނައިން ހުރެއެވެ. އިތުރަށް ވިދާޅުވުމަށް>>

އަފްޣާނިސްތާނުގެ މަރްޖާހް އަވަށް ކޮންޓްރޯލް ކުރަނީ ކޮންބަޔެއް ހެއްޔެވެ؟

23 މާރޗް 2010 - އަފްޣާނިސްތާނުގެ އިސްލާމީ ޢިމާރާތުން ޢިއްލާން ކުރެއްވި ގޮތުގައި މަރްޖާހް އަވަށް ކޮންޓްރޯލް ކުރަމުން ގެންދަނީ އަދިވެސް މުޖާހިދުންނެވެ. އެމެރިކާނުން ހިންގި ޢުދުވާންގެ ތެރޭގައި މުޖާހިދުން ކޮންމެ 24 ގަޑިއިރެއްގެ ތެރޭގައި އެމެރިކާނުންގެ 3 - 10 ޢަސްކަރީ ޓޭންކަރު ހަލާކު ކޮށްލާ ކަމަށާއި އަދި މަގު މަތީ ބޮމުގެ ޙަމަލާ ތަކުގެ ސަބަބުން ޢާންމު ގޮތެއްގައި ކޮންމެ ދުވަހަކު 10 އެމެރިކާނުން މަރާލެވޭ ކަމަށްވެސް ހާމަކުރައްވާފައިވެއެވެ. އަފްޣާނިސްތާނުގެ އިސްލާމީ ޢިމާރާތުން ރަސްމީކޮށް ނެރުއްވި މިބަޔާނުގައި އިތުރަށް ހާމަކުރައްވާފައިވާ ގޮތުން މިޢަދަދުތަކަށް އަފްޣާނިސްތާނުގެ މުރުތައްދު ސަރުކާރުންވެސް އިތުރަށް ވިދާޅުވުމަށް>>

”މަގުމަތީ ބޮމުގެ ޙަމަލާތަކުގައި އެމެރިކާގެ 8 ސިފައިން މަރާލެވިއްޖެ“ ޠާލިބާން

22 މާރޗް 2010 - އަފްޣާނިސްތާނުގެ އިރުމަތީ ޕްރޮވިންސް ކަމުގައިވާ ޚޯސްޓު އަވަށުގައި އިސްތިޢުމާރީންނާއި ދެކޮޅަށް ދެވުނު ތަފާތު ދެ ޙަމަލާއެއްގައި އެމެރިކާ ސިފައިންގެ 8 މީހުން މަރާލެވިއްޖެ ކަމަށް ޠާލިބާނުން ވިދާޅުވެއްޖެއެވެ. މި ދެ ޙަމަލާ ދެވިފައިވަނީ އެމެރިކާގެ ގެ ލަޝްކަރުތަކަކަށް އަމާޒުކޮށެވެ. އަދި ޙަމަލާ ދެވިފައިވަނީ މިހާރުގެ އެންމެ ކާމިޔާބު ވަޞީލަތް ކަމުގައިވާ މަގުމަތީ ބޮން ބޭނުންކޮށްގެންނެވެ. އޭގެ ސަބަބުން 8 ސިފައިން މަރުވެފައިވާކަން ޠާލިބާނުން ވަނީ މީޑިޔާއަށް ޔަޤީން ކޮށްދެއްވާފައެވެ. އެމެރިކާ ސިފައިން އާދައިގެ މަތިން ވަނީ މީޑިޔާގައި ދޮގު ހަދާ އެމީހުންގެ 3 ސިފައިން އެޙަމަލާގައި މަރުވިކަމަށް ބުނެފައެވެ. އިތުރަށް ވިދާޅުވުމަށް>>

”އަހަރެން ޠާލިބާނުންނާއި ގުޅުމަށްފަހު، އަހަރެންގެ 4 ދަރިން ހަވާލު ކުރާނީ ޝެއިޚް އުސާމާއާއި“

20 މާރޗް 2010 - އަފްޣާނިސްތާނުގައި އިސްތިޢްމާރީންތައް ދެމުން ގެންދާ އަނިޔާވެރި ޙަމަލާތަކުގެ ސަބަބުން ޝަހީދުވަމުންދާ ޢާއްމު ރައްޔިތުންގެ ޢަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. 2009 ވަނަ އަހަރު ވެގެން ދިޔައީ މިޢަދަދު އެންމެ ބޮޑަށް އިތުރުވެގެން ދިޔަ އަހަރު ކަމަށެވެ. އަފްޣާނިސްތާނުގައި އިސްތިޢުމާރީންތައް ދެމުންގެންދާ އަނިޔާވެރި ޙަމަލާތަކުގައި ޝަހީދުވަމުންދާ ޢާންމުންގެ ބަދަލު ދިނުމެއްގެ ގޮތުން އިސްތިޢުމާރީން ފައިސާގެ އެހީތައް، އެފަދަ ޢާއިލާތަކަށް ދީ ހަދައެވެ. ނަމަވެސް މިއީ އަފްޣާން ރައްޔިތުންގެ ކުރިމަތީގައި އެމީހުންނަށް ކުރެވޭ މަލާމާތެއް ފަދަކަމެކެވެ. އިތުރަށް ވިދާޅުވުމަށް>>

”2010 ވަނަ އަހަރު ވެގެންދާނީ އަފްޣާނިސްތާނުގައި އަހަރެމެންނަށް ވަރަށް ދަތި އަހަރަކަށް“ ޖެނެރަލް ޕެޓްރޮއިސް

18 މާރޗް 2010 - އަފްޣާނިސްތާނުގައި ތިބި އެމެރިކާއާއި ގުޅިފައިވާ ފައުޖުތަކަށް 2010 އަހަރު ވެގެންދާނީ ވަރަށް ދަތި އަހަރެއް ކަމުގައި، މެދުއިރުމައްޗަށް އެމެރިކާގެ ފަރާތުން ކަނޑައަޅާފައި ހުންނަ އެންމެ މަތީ ކޮމާންޑަރ ޖެނެރަލް ޑޭވިޑް ޕެޓްރޮއިސް ބުނެފިއެވެ. މިދިޔަ އަންގާރަދުވަހު އެމެރިކާގެ ވޮޝިންގޓަން ގައި ތިބޭ ޤާނޫން ހަދާ މީހުންނަށް މަޢްލޫމާތު ދެމުން ޕެޓްރޮއިސް ބުނިގޮތުގައި މިއަހަރުތެރޭގައި އެމެރިކާގެ ގުޅިފައިވާ ފައުޖުތައް ޠާލިބާނުންނާއި ކުރިމަތިލުމުގައި ވަރުގަދަ ހަނގުރާމަތަކެއް ކުރަން ޖެހޭނެ ކަމަށާއި މީގެ ސަބަބުން ގެއްލުންތައް މިއަހަރު ތެރޭގައި ކުރިމަތިވާނެ ކަމަށްވެސް ބުންޏެވެ. އިތުރަށް ވިދާޅުވުމަށް>>

އެމެރިކާ ސިފައިން ޢިރާޤުން ފޭބުމަށްޓަކައި އަނިޔާ ކުރުން ހައްދުފަހަނައަޅާފައިވާ ޖަލުތައްވެސް ޢިރާޤު ސަރުކާރާއި ހަވާލު ކުރަނީ

17 މާރޗް 2010 - 2900 އަސީރުން ތިބި ތާޖީ ޖަލު ބަލަހައްޓަމުން ދިޔަ އެމެރިކާ ސިފައިން އެޖަލު ރަސްމީ ގޮތުން ޢިރާޤުގެ ސަރުކާރާއި ޙަވާލުކޮށްފިއެވެ. މިޖަލުގައި ތިބި އަސީރުންގެ ތެރެއިން، ކުށެއް ކޮށްފައިވާ ކަމަށް ސާބިތުވެފައިވަނީ މަދުބެޔެކެވެ. ތާޖީއަކީ، އެމެރިކާއިން ޙަވާލުކުރާ މިފަދަ ދެވަނަ ޖަލެވެ. ކޭމްޕް ބައްކާ ނަމަކަށް ކިޔާ ވަކިން ހުރި ޖަލުވަނީ ސެޕްޓެމްބަރ މަހުގައި ބަންދުކުރެވިފައެވެ. މިޖަލު ހުންނަނީ އެމެރިކާގެ ޢަސްކަރީ މަރުކަޒުގެ އެތެރޭގައެވެ. އެމެރިކާއިން ޢިރާޤު އިސްތިޢުމާރު ކުރިފަހުން 90000 މީހުން އަސީރުކޮށްފައިވެއެވެ. އެމެރިކާއިން ވަނީ، 2011 ވަނައަހަރު ޢިރާޤުން މުޅިން ފޭބުމަށް ނިންމާފައެވެ. އިތުރަށް ވިދާޅުވުމަށް>>

ޕާކިސްތާނުގެ ދެކުނު ވަޒަރިސްތާނުގައި ހިންގަމުންދިޔަ އަސްކަރީ އޮޕަރޭޝަން ނިމުމަމަކަށް ގެންނަނީ

16 މާރޗް 2010 - މިދިޔަ ހޯމަދުވަހު ބޭއްވުނު ޕާކިސްތާނުގެ އިސްވެރިންގެ ބައްދަލުވުމުގައި، ދެކުނު ވަޒަރިސްތާނުގައި މުޖާހިދުންނާއި ދެކޮޅަށް ހިންގަމުންގެންދާ ޢަސްކަރީ އޮޕަރޭޝަން ނިމުމަކަށް ގެންނަން ނިންމައިފިއެވެ. މިބައްދަލުވުމުގައި ބައިވެރިވީ ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރްދާރީ، ނޯތްވެސްޓްޕްރަންޓިއަރ ޕްރޮވިންސްގެ މިނިސްޓަރ، އިންޓީރިއަރ އަދި ގާނޫނީ މިނިސްޓަރާއި، ޢަސްކަރީ ވެރިޔާ އަޝްފާޤް ކިޔާނީ އާއި އެހެނިހެން ޖާސޫސީ އިދާރާގެ އިސްވެރިން ހިމެނުނެވެ. މިބައްދަލުވުމުގައި އަސްކަރިއްޔާއިން ހާމަކޮށްފައިވަނީ، ދެކުނު ވަޒަރިސްތާނުގެ މައިގަނޑު އަމާޒުތައް ޙާޞިލްވެއްޖެކަމަށާއި އަދި މިހިނގަމުންދާ... އިތުރަށް ވިދާޅުވުމަށް>>

”ސިލްސިލާ ބޮމުގެ ޙަމަލާތަކަކީ ނޭޓޯގެ ފައުޖީންނަށް ދިން އިންޒާރެއް“ ޠާލިބާން

15 މާރޗް 2010 - ވޭތުވެދިޔަ ދެދުވަސް ތެރޭގައި އަފްޣާނިސްތާނުގެ މައި އަވަށެއް ކަމުގައިވާ ކަންދަހާރުގައި ނޭޓޯގެ ފައުޖީންނަށް އަމާޒުކޮށް ދެވުނު ޙަމަލާތަކަކީ ޠާލިބާނުންގެ ފަރާތުން ނޭޓޯ ފައުޖީންނަށް ދިން ވަރުގަދަ އިންޒާރެއް ކަމުގައި ޠާލިބާނުން ވިދާޅުވެއްޖެއެވެ. މިއިންޒާރަކީ ނޭޓޯއިން ކަންދަހާރުގައި ޢުދުވާނެއް ފަށައިފިނަމަ އޭގެ ރައްދު ދިނުމަށް ޠާލިބާނުން ތައްޔާރަށް ތިބި ކަން ދައްކުވައިދޭނެ ކަމެއް ކަމުގައިވެސް ޠާލިބާނުން ވިދާޅުވެފައިވެއެވެ. އާދީއްތަ ދުވަހު ޠާލިބާނުންގެ ތަރުޖަމާނު މީޑިޔާއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައިވާ ގޮތުން މިޙަމަލާއިން ދައްކުވައިދެނީ އަފްޣާނިސްތާނުގެ ހިލްމަންޑު އަވަށުގައި އިސްތިޢުމާރީން... އިތުރަށް ވިދާޅުވުމަށް>>

ޔަހޫދީ އިސްރާއީލުން އަނެއްކާވެސް ޣާޒާއަށް ވައިގެ ޙަމަލާތަކެއް ދީފި

12 މާރޗް 2010 - އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާ ބޯޓުތަކުން ޣައްޒާގެ އުތުރުގެ ސަރަޙައްދަކަށް ހުކުރު ދުވަހު ބޮމުގެ ޙަމަލާ ދީފިއެވެ. ޚާން ޔޫނުސްގެ ވޯރކްޝޮޕެއް ގޮއްވާ ލުމުގެ ސަބަބުން އެތައް ބަޔަކަށް އަނިޔާލިބިފައިވެއެވެ. ފުރަތަމަ ޙަމަލާ ދިންތާ މިނިޓްތަކެއްގެ ތެރޭގައި ދެވަނަ ޙަމަލާ ދެވުނެވެ. މިޙަމަލާ ދެވުނީ ރަފާގެ ޓަނަލްއަކަށެވެ. މި ޙަމަލާއަކީ ފަލަޞްޠީނުގެ މުޖާހިދުން އިސްރާއީލަށް ދިން ރޮކެޓު ޙަމަލާތަކެއްގެ ރައްދެއް ކަމުގައެވެ. މި ޙަމަލާދެވިފައިވަނީ އެމެރިކާގެ ނާއިބު ރައީސް ޖޯ ބައިޑަން އިސްރާއީލަށް ކުރި ދަތުރު ނިންމާލާން... އިތުރަށް ވިދާޅުވުމަށް>>

އެމެރިކާގެ އަންހެން ސިފައިން ހަނގުރާމައިގައި މަރުވުމަށްވުރެ ގާތީ އަމިއްލަ ސިފައިން އަތުން ރޭޕްވުން

11 މާރޗް 2010 - އަފްޣާނިސްތާނުގައާއި ޢިރާޤުގައި ހަރަކާތްތެރިވަމުންދާ އެމެރިކާގެ އަންހެން ސިފައިން އެމީހުންގެ ފިރިހެން ސިފައިންނާއި އަދި އެމީހުންގެ ބޮޑުންގެ ފަރާތުން ރޭޕް ކުރެވޭ ޢަދަދު 25% އިތުރުވެއްޖެކަމަށް އެމެރިކާގެ ރަސްމީ ދިރާސާއަކުން ދައްކައިފިއެވެ. ޕެންޓަގަންގެ ޢަދަދުތައް ބުނާގޮތުން 2009 ވަނަ އަހަރު އެމެރިކާގެ އަންހެން ސިފައިންގެ 3700 މީހުން ރޭޕް ކުރެވިފައިވެއެވެ. މިޢަދަދަކީ ނިސްބަތުން ނުހަނު ބޮޑު ޢަދަދެކެވެ. ޕެންޓަގަނުން ހާމަކުރިގޮތުގައި ރޭޕް ކުރެވޭ ޢަދަދުގެ 80% - 90% ގެ ޙާދިޘާތަކަކީ ނޭނގި ނުވަތަ ސިއްރުކުރެވިގެން ކުރެވޭ ރޭޕްތަކެވެ. އިތުރަށް ވިދާޅުވުމަށް>>

ލާހޫރުގެ ޖާސޫސީ ޢިމާރާތަށް ދިން ޙަމަލާގެ ޒިންމާ ޠާލިބާނުން ނަންގަވައިފި

09 މާރޗް 2010 - ޕާކިސްތާނުގެ ލާހޫރު އަވަށުގައި އިއްޔެގެ ހެނދުނުގެ ވަގުތުގައި އެފް.އައި.އޭގެ ޢިމާރާތަށް އަމާޒުކޮށް ދެވުނު އިސްތިޝްހާދީ ޙަމަލާގައި 12 މީހުން މަރުވެ ގިނަ ޢަދަދެއްގެ މީހުން ޒަޚަމްވެއްޖެއެވެ. މިޙަމަލާ އަމާޒު ކުރެވިފައިވަނީ ޖާސޫސީ އިދާރާގެ މައި އޮފީހަކަށެވެ. އަދި އެވަގުތު އެތާ ތެރޭގައި 40 - 50 ދޭތެރޭގެ ޢަދަދަކަށް މީހުން ތިބި ކަމަށް ޚަބަރުތައް ލިބިފައިވެއެވެ. މިޙަމަލާގެ ޒިންމާ ތެހެރީކީ ޠާލިބާން ޕާކިސްތާނުން ވަނީ ނަންގަވާފައެވެ. އަދި ޤަބީލާ ސަރަހައްދުގައި ޕާކިސްތާނު ސިފައިން ކުރިއަށް ގެންދާ ޢުދްވާނާ، އެމެރިކާގެ ޖާސޫސީ މަތިންދާ ބޯޓުތަކުން އަޅަމުންދާ ބޮންތައް ހުއްޓުމަކަށް ... އިތުރަށް ވިދާޅުވުމަށް>>

އެމެރިކާ ބޭނުންވަނީ މެދުއިރުމަތީގެ އެންމެ ވަރުގަދަ ބާރުކަމުގައި އިސްރާއީލު އޮތުން : ބައިޑަން

09 މާރޗް 2010 - އެމެރިކާގެ ނާއިބު ރައީސް ޖޯ ބައިޑަން އިސްރާއީލުގެ ވެރިރަށް ތެލެވީވަށް ކުރި ދަތުރުގައި އިސްރާއީލަކީ މެދު އިރުމަތީގެ އެންމެ ބާރުގަދަ ޤައުމުގެ ގޮތުގައި އޮންނަން ޖެހޭނެ ޤައުމުކަމަށް ބުނެފިއެވެ. އަދި އެމެރިކާގެ ފަރާތުން އިސްރާއީލަށް ހުއްޓުމެއްނެތި ޢަސްކަރީ އެހީތައް ދެމުން ގެންދާ ހިނދެއްގައި، އީރާނުގެ ނިއުކްލިއަރ މަސައްކަތާއި މެދުގައި އިސްރާއީލުން ކުޑަކޮށްވެސް ޖެހިލުންވާން ނުޖެހޭނެކަމަށްވެސް ބުނެފައިވެއެވެ. އިސްރާއީލުގެ ނޫހަކަށް ދިން ބަޔާނެއްގައި ޖޯ ބައިޑަން ބުނެފައިވަނީ އިސްރާއީލުން އީރާނާއި ހަނގުރާމަ ކުރަން ޖެހިއްޖެ ހިނދެއްގައި އިސްރާއީލަށް އެމެރިކާގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށެވެ. އިތުރަށް ވިދާޅުވުމަށް>>

ޔަހޫދީ ސިފައިންތައް އަނެއްކާވެސް މަސްޖިދުލް އަޤްޞާގެ ސަރަހައްދަށް އަނިޔާވެރިކަމާއިއެކު ވަދެގަނެފި

06 މާރޗް 2010 - އިސްރާއީލުގެ ޔަހޫދީ ސިފައިންތައް އަނެއްކާވެސް މުސްލިމުންގެ މުޤައްދަސް މިސްކިތް ކަމަށްވާ މަސްޖިދުލް އަޤްޞާގެ ސަރަޙައްދުގައި މުސްލިމުން ކުރަމުން ދިޔަ މުޒާހަރާއެއްގެ ތެރެއަށް ވަދެގަނެފިއެވެ. މިމުޒާހަރާ ކުރިއަށް ދިޔައީ އިއްޔެގެ ހުކުރު ނަމާދަށް ފަހުއެވެ. މިފަހަރު ޔަހޫދީ ސިފައިން މުސްލިމުންގެ މުޒާހަރާ ރޫޅާލަން ވަދެގަތީ، ޔަހޫދީ ފުލުހުންތަކަކާއި، ޔަހޫދީ އަޅުވެރިންތަކަކާއި ދިމާލަށް ގައު އުކި ބަޔަކު އެސަރަޙައްދުގެ ތެރޭގައި ތިބި ކަމަށް ބުނެއެވެ. ޔަހޫދީ ސިފައިންތައް، މުޒާހަރާ ކުރަމުންދިޔަ މުސްލިމުންގެ ގަޔަށް އަމާޒުކޮށް ކަރުނަ ގޭހާއި، ރަބަރު އުންޑައާއި، ޝޮކް ޖެހޭ ކަހަލަ ބޮންވެސް ބޭނުން ކޮށްފައިވެއެވެ. އިތުރަށް ވިދާޅުވުމަށް>>

ޢިރާޤުގައި ވިހެއުމުގައި އުފަންވާ ނުކުޅެދޭ ކުދީން އާދަޔާ ޚިލާފަށް ގިނަވަނީ

04 މާރޗް 2010 - ބީ.ބީ.ސީ އިން ހިންގި ތަޙްޤީޤީ ރިޕޯރޓަކުން ދެއްކި ގޮތުގައި ޢިރާޤުގައި އަލަށް އުފަންވާ ކުދީންގެ ތެރޭގައި ވިހެއުމުގައި އުފެދޭ ނުކުޅެދުންތެރިކަން އުފެދިފައިވާ ކުދީން އާދަޔާ ޚިލާފަށް ގިނަ ކަމަށް ދައްކައިފިއެވެ. އަދި އޭގެ ތެރެއިން އެންމެ ގިނަ ޢަދަދަކަށް ނުކުޅެދޭ ކުދީން އުފަންވެފައިވަނީ ފައްލޫޖާއިން ކަމަށެވެ. މީގެ 6 އަހަރު ކުރީން ޢިރާޤުގައި އެމެރިކާގެ އިސްތިޢުމާރީންތައް ވަނީ ވަރަށް ވަރުގަދައަށް ހަނގުރާމަކޮށްފައެވެ. ޢިރާޤުގެ ހޮސްޕިޓަލަކުން ބީ.ބީ.ސީ އާއި ވާހަކަދެއްކެވި ޑޮކްޓަރެއް ވިދާޅުވިގޮތުގައި އެ ހޮސްޕިޓަލުގައި ކޮންމެ ދުވަހަކުވެސް އެއްކުއްޖެއް ނުވަތަ ދެކުއްޖެއްގެ ވިހެއުމުގައި ނުކުޅެދުންތެރިކަން ފެންނަ ކަމަށެވެ. އިތުރަށް ވިދާޅުވުމަށް>>

ރަޑްވާން ކަރައްޒިޗަށް ދޮގު ހެދުމުގެ ރޮގުން އިނާމެއް ދޭންޖެހޭނެ!

03 މާރޗް 2010 - މުސްލިމުންނާއި ދެކޮޅަށް ނުވަދިހައިގެ އަހަރުތަކުގައި ހިންގި މަޝްހޫރު ޤަތުލްޢާންމުގައި އެންމެ އިސްކޮށް ހުރި މުޖްރިމުކަމަށްވާ ސާރބުންގެ އޭރުގެ ވެރިޔާ ރަޑްވާން ކަރައްޒިޗް، އޭނާ އާއި ދެކޮޅަށް ކުރެވޭ ދަޢްވާތަކަކީ ހަދަހަދައިގެން ދައްކާ ފްލޯކް ދޮގު ވާހަކަތަކެއް ކަމަށް އިއްޔެ އޭނާ ކޯޓުގައި ބުނެފިއެވެ. އޭނާއަކީ ޔުގެސްލޭވިޔާގެ ވެރިއެއް ކަމަށްވާ ސްލޮބޮޑާން މިލޮސޮވިޗް އާއި ގުޅިގެން ސާރބިޔާ ގެ ސަރަޙައްދު ބޮޑުކުރުމަށްޓަކައި 1992 އިން 1995 ބޮސްނިޔާގެ މުސްލިމުންނާއި ދެކޮޅަށް ހަނގުރާމަކުރި އަނިޔާވެރި ނުބައި ނުލަފާ ވެރިޔާއެވެ. މިހަނގުރާމައިގައި 100000 މީހުން މަރުވެ 2.2 މިލިޔަން މީހުންގެ ވީނުވީ ތަނެއް ނޭންގި ގެއްލިފައިވެއެވެ. އިތުރަށް ވިދާޅުވުމަށް>>


ކުރީގެ ލިޔުންތައް