Share

”ތިމަންކަލޭގެފާނު، ކަލޭމެންގެ މައްޗަށް އެންމެ ބިރުގަންނަނީ، ކަލޭމެން މަގުފުރައްދާނޭ އިމާމުންތަކަކާއި މެދުއެވެ.“

އަޚް އަބޫ ޣަރީބް (جزاه الله خير)

11 ފެބްރުއަރީ 2010 - މިއަދު އިސްލާމީ އުންމަތަށް ނަމާދު، ރޯދަ ފަދައިން ފަރުޟު ވެފައިވާ ޖިހާދުގެ މާނަ އޮޅުވާލުމަށްޓަކައި ދުނިޔޭގެ ކުއްފާރުންނަށް އަޅުވެތިވެފައިވާ އެހެނިހެން މުސްލިމު ޤައުމު ތަކުގައިވެސް ބޭނުން ކުރާ އުކުޅު ތަކާއި ރޭވުންތައް މިހާރަކަށް އައިސް ދިވެހިރާއްޖޭގައި ވެސް ބޭނުން ކުރަން ފަށައިފިއެވެ. އެގޮތުން ސަރުކާރުތައް ރުހޭ ފަދައިން ފަތުވާތަކާއި ދަލީލުތައް ދައްކަމުންދާ ޢިލްމުވެރިން މިކަމުގައި ބޭނުންކުރެއެވެ. އެބައިމީހުންގެ އެންމެ ބޮޑު ބަހަނާއަކީ ޖިހާދަށް ދާ ގިނަ އަޚުންނަކީ ނުވަތަ އެވާހަކަ ދައްކާ ގިނަ މީހުންނަކީ އިސްލާމްދީނުގެ ޢިލްމު ރަނގަޅަށް ލިބިފައިވާ ބައެއް ނޫންކަމެވެ. އެހެން ނަމަވެސް މިއީ ކަނޑައެޅިގެން ބަޔާންވެ ފާޅުވެގެންވާ ދޮގެކެވެ. އިސްލާމްދީނުގެ ޢިލްމަށް އަރާ ތިއްބެވި އެތައް ޢިލްމުވެރިންނެއް ވަނީ މިޒަމާނުގައި ޖިހާދު ކުރުމުގެ ވާޖިބުކަން ވަރަށް ޞަރީޚަކޮށް ބަޔާންކޮށްދެއްވާފައެވެ. އެގޮތުން

”الدفاع عن أراضي المسلمين أهم فروض الأعيان“ ”މުސްލިމު ބިންތައް ދިފާޢުކުރުމަކީ އެންމެ މުހިއްމު ޢައިނިއްޔަ ފަރުޟުތަކެވެ.“ މިފޮތަކީ ސަޢޫދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ ޝައިޚް ބިން ބާޒް )رحمه الله) ވެސް ތަޒްކިޔާ ދެއްވާފައިވާ ފޮތެކެވެ. އަދި ތިރީގައި މިވާ އެންމެހާ ޢިލްމުވެރިންވެސް ވަނީ މިފޮތަށް ތަޒްކިޔާ ދެއްވާ ޝެއިޚް ޢައްޒާމް އަށް ސިޓީ ފޮނުއްވާފައެވެ. އަދި މިސިޓީތައްވަނީ ޝެއިޚް މިފޮތާއި އެއްކޮށް ހިމަނުއްވާފައެވެ.

• ޝެއިޚް މުޙައްމަދު ނަޖީބު އަލް މުއު'ތީ

• ޝެއިޚް ސަޢީދު ހަވާ

• ޝެއިޙް ޢުމަރު ސައްޔާފު

• ޝެއިޚް ޢަބްދުﷲ ނައްޞާޙް އަލް-ވާން

މިފޮތުގެ ޞަފްޙާ ނަންބަރު 16، މިހާރު ފަލަސްޠީނާއި އަފްޣާނިސްތާނުގައި ހަނގުރާމަކުރުމުގެ ޙުކުމާއި ބެހޭ ބާބުގައި, ޝައިހް ޑރ. ޢަބްދު ﷲ ޢައްޒާމް (رحمه الله) ވިދާޅުވަނީ:

ކުއްފާރުން މުސްލިމު ބިމެއްގެ އެންމެ ކައިވަތަކަށް ވެރިވި ކަމުގައި ވިޔަސް އެކައިވަތް ނިސްބަތްވާ މީސްތަކުންނާއި އޭގެ ކައިރީގައިވާ މީސްތަކުންގެ މައްޗަށް ޖިހާދުކުރުން ޢައިނިއްޔަ ފަރުޟަކަށް ވާނެއެވެ. އަދި އެބައިމީހުންނަށް އެބައިމީހުންގެ މާއްދީ ބަލިކަށިކަމުން ނުވަތަ އެބައިމީހުންގެ ފަރުވާކުޑަކަމުން، އަރައިގަތް ކުއްފާރުން ބޭރު ނުކުރެވިއްޖެ ނަމަ ޖިހާދު ކުރުމުގެ ފަރުޟުކަން އޭގެ ވަށައިގެންވާ މީސްތަކުންގެމައްޗަށް ފެތުރިގެންދާނެއެވެ. އަދި މިގޮތުގައި މިޢައިނިއްޔަ ފަރުޟު މުޅި ދުނިޔެއަށް ފެތުރިގެންދާނެއެވެ.

އަދި މިޙާލަތުގައި އަނބީން އެބައިމީހުންގެ ފިރީންގެ ގާތުން ހުއްދަ ހޯދުމަކަށް ބޭނުމެއް ނުވާނެއެވެ. އަދި ދަރިން މައިންބަފައިން ގާތުން ހުއްދަ ހޯދުމަކަށް ބޭނުމެއް ނުވާނެއެވެ. އަދި ދަރަނި ވެރިޔާ ދަރަނި ނެގި މީހާގެ ގާތުން ހޯދުމަކަށް ބޭނުމެއް ނުވާނެއެވެ.

1. މުސްލިމުންގެ ބިމެއްގެ ގޮތުގައި ކުރީގައި އޮތް އެއްވެސް ބިމެއްގެ ކައިވަތެއްގެ މިންވަރުވެސް ކުއްފާރުންގެ އަތުގައި އޮތްހާ ހިނދަކު ހުރިހާ މުސްލިމުންގެ ބޮލުގައި ފާފަ ވެރިކަން ވަނީ އެޅިފައެވެ.

2. އަދި މިފާފައިގެ މިންގަނޑު މީހާގެ ޤާބިލިއްޔަތާއި ބާރުގެ މިނުން ތަފާތު ވާނެއެވެ. ޢިލްމުވެރިންގެ ނުވަތަ ވެރީން ނުވަތަ މުޖްތަމަޢްތެރޭގައި މަޝްހޫރުވެފައިފާ ދާޢީން (އިސްލާމްދީނަށް ދަޢުވަތު ދޭ މީހުން)، އާދައިގެ ޢާންމު މުސްލިމުންނަށް ވުރެ ބޮޑަށް މިކަމުގައި ފާފަވެރިވާނެއެވެ.

3. މިއަދުގެ މިޖީލު އަފްޣާނިސްތާނަށާއި ފަލަސްޠީނަށާއި ފިލިޕީންސްއަށާއި ކަޝްމީރަށާއި ލުބުނާނަށާއި އެރިޓްރިޔާ އާއި ދިމާލަށް (ޖިހާދު ކުރުމަށްޓަކައި) ނުދާ ކަމަށްޓަކައި އެމީހުންގެ މައްޗަށްވާ ފާފަވެރިކަން، މުސްލިމުންގެ އަތުން ބީވެގޮސް ކުއްފާރުންގެ އަތަށް މާކުރިން ގޮސްފައިވާ މުސްލިމު ބިންތަކުގެ ސަބަބުން ވެފައިވާ ފާފަވެރިކަމަށް ވުރެ މާބޮޑުވެގެންވެއެވެ.

މިއަދު އަހަރެމެންގެ ހުރިހާ ވިސްނުމެއް ދޭންޖެހޭނީ އަފްޣާނިސްތާނަށާއި ފަލަސްޠީނަށެވެ. އެހެނީ އެއީ މިއަދު އަހަރެމެންގެ އެންމެ ފުރަތަމަ ވާޖިބެވެ. އަދި މީގެ އިތުރުން އަހަރެމެންގެ މައްޗަށް ވެރިވެގަނެފައިވާ ޢަދުއްވުންނަކީ ވަރަށްވެސް ހީލަތްތެރި ބައެކެވެ. އެގޮތުން އެމީހުން އެސަރަހައްދު ތަކުގައި އެމީހުންގެ ބާރު ގަދަކުރުމަށްޓަކައި އެތައް ކަންތައްތަކެއް ކުރެއެވެ. އަދި އަހަރެމެންނަށް މިއުނދަގޫ ޙާލު ޙައްލު ކުރެވިއްޖެ ނަމަ، ބޮޑު އުނދަގޫ އެތައް މައްސަލަތަކެއް ޙައްލުވެގެންދާނެއެވެ. އެތަންތަން ރައްކައުތެރި ކުރުމަކީ މުޅި ސަރަޙައްދު ރައްކައުތެރި ކުރުމެވެ.

- ޝައިޚް ޢަބްދުﷲ ޢައްޒާމް (رحمه الله) ގެ ބަސް ނިމުނީ –

’އަލްމީޘާޤުލް ޢަމަލުލް އިސްލާމީ‘ ގެ ޖިހާދުގެ ބައިގައި ޑރ. ނާޖިޙް އިބްރާހީމް، ޝެއިޚް ޢާސިމް ޢަބްދުލް މާޖިދު އަދި ޝެއިޚް އީސާމުއްދީން ދަރްބާލަހް (ﷲ އެބައިމީހުން ސަލާމަތް ކޮށްދެއްވާށި.) ވިދާޅުވެފައިވެއެވެ.

މިއަދު ގިނަ މުސްލިމުންތަކެއް ޖިހާދު ކުރުމުންނާއި ޖިހާދުގެ ވާހަކަ ދެއްކުމުން އެއްކިބާވެ، ގިނަ ގުނަ ޢުޒުރުތައް ދައްކަނީ ހުޅަނގާއި ދެކުނުގައިވާ އެމީހުންގެ ވެރިން ރުއްސުމަށްޓަކައެވެ. އަދި އެވެރިންގެ ލަޢްނަތުން ސަލާމަތްވުމަށްޓަކައެވެ.

މިއަދު ބައެއް މުސްލިމުން މިފަދައިން ސުވާލުކޮށް ހަދައެވެ. "ޖިހާދުގެ މާނައަކީ ކޮބައި ހެއްޔެވެ؟ ﷲ އަހަރެމެންނަށް އަމުރުކުރެއްވީ ހަމައެކަނި ދަޢްވަތު ދިނުމަށެވެ. އެހެނީ ﷲ ވަޙީ ކުރައްވަނީ

”ادْعُ إِلَى سَبِيلِ رَبِّكَ بِالْحِكْمَةِ وَالْمَوْعِظَةِ الْحَسَنَةِ وَجَادِلْهُمْ بِالَّتِي هِيَ أَحْسَنُ إِنَّ رَبَّكَ هُوَ أَعْلَمُ بِمَنْ ضَلَّ عَنْ سَبِيلِهِ وَهُوَ أَعْلَمُ بِالْمُهْتَدِينَ“
”ޙިކްމަތާއި ރިވެތި ވަޢުޡާއި އެކު، ކަލޭގެފާނުގެ ވެރި އިލާހުގެ މަގަށް ކަލޭގެފާނު ގޮވައިލައްވާށެވެ! އަދި ރިވެތި ގޮތުގައި އެބައިމީހުންނާއި ޖަދަލު ކުރައްވާށެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރި އިލާހު، އެއިލާހުގެ މަގުން އެއްކިބާވެގެންވާ މީހުން މޮޅަށް ދެނެވޮޑިގެންވެއެވެ. އަދި ތެދުމަގުލިބިގެންވާ މީހުންވެސް، މޮޅަށް ދެނެވޮޑިގެންވަނީ އެއިލާހެވެ.“
(ސޫރަތު އައް-ނަޙްލު 125)

ﷲ ތަޢާލާ މީސްތަކުންނަށް އިސްލާމްދީނަށް ގޮވާލުމުގައި ޙިކްމަތްތެރިކަމާއި މަޑުމައިތިރިކަމާއި އެކު ގޮވާލެއްވުމަށް ކުރެއްވި އަމުރުފުޅާއި ﷲ މަގުގައި ޖިހާދު ކުރުމަށް ﷲ ކުރެއްވި އަމުރުފުޅާއި ޚިލާފްވާ ކަމަށް މިފަދަ މީހުން ކުށްހީއަކުން ހީކުރެއެވެ. އެހެނެއްކަމަކު އެބައިމީހުންނަށް ނޭނގެނީ ނުވަތަ ނޭނގޭކަމަށް ހަދާ ހަޤީޤަތަކީ މިއާޔަތަކީ ދަޢްވަތު ފެތުރުމުގައިވާ ޝަރީޢަތުގައިވާ އުޞޫލުތަކާއި ބެހޭ އާޔަތެއްކަމެވެ. އަދި ޖިހާދު ކުރުމުގައި ޝަރީޢަތުގައިވާ އެކަމުގެ ޚާއްޞަ އުޞޫލުތަކާއި އެކަމުގެ ޚާއްޞަ އެތައް އާޔަތްތަކެއް ވާކަމެވެ.

”يَا أَيُّهَا النَّبِيُّ جَاهِدِ الْكُفَّارَ وَالْمُنَافِقِينَ وَاغْلُظْ عَلَيْهِمْ وَمَأْوَاهُمْ جَهَنَّمُ وَبِئْسَ الْمَصِيرُ“
”އޭ ނަބިއްޔާއެވެ! ކާފަރުންނާއި، މުނާފިޤުންނާއި ދެކޮޅަށް ކަލޭގެފާނު ޖިހާދު ކުރައްވާށެވެ! އަދި އެބައިމީހުންގެ މައްޗަށް ކަލޭގެފާނު ހަރުކަށިވެވަޑައިގަންނަވާށެވެ! އަދި (އާޚިރަތް ދުވަހުން) އެބައިމީހުން ތިބެނިވި ތަނަކީ ނަރަކައެވެ. އަދި (އެއީ) ހާދަހާ ނުބައިވެގެންވާ ނިމިދިޔުމެކެވެ.“
(ސޫރަތުއް ތައުބާ: 73)

އަދި ބައެއް މުސްލިމުން މިފަދައިން ވެސް ބުނެ އުޅެއެވެ. "ޖިހާދުކުރުމަކީ ހަމައެކަނި ނަފްސުގެ ދިފާޢުގައި ކުރާ ކަމެކެވެ އެހެންކަމުން ޖާހިލިއްޔާ އޭގެ މަޤާމުގައި ހަމަ އޮންނާނެއެވެ. އެހެނީ ޢަދުއްވުން އަހަރެމެންގެ ބިންތަކަށް ޙަމަލާ ނުދޭހާ ހިނދަކު އަހަރެމެން ޖިހާދެއް ނުކުރާނަމެވެ. އަދި އަހަރެމެން ގުޅިގެން އަމާންކަމާއި އެކު އުޅުނަ ދޭށެވެ." މިފަދަ މޮޔަ ވިސްނުން ވިސްނާ ޖާހިލުން އެމީހުންގެ ބުއްދިނެތް މިންވަރުން އެމީހުން ބޭނުންވަނީ ޖާހިލިއްޔަތާއި އިސްލާމްދީނާއި އެއްވަރު ކުރާށެވެ. އޭގެ ކޮންމެ ޙިއްޞާއަކަށް އޭގެ ޙައްޤުތައްދީގެން ﷲ ގެ ބިންތަކުގައި އެމީހުންގެ ބާރު ޤާއިމްކޮށް އެމީހުންގެ އަމިއްލަ ޤާނޫނުތައް އެއިލާހުގެ އަޅުންގެ ތެރެއިން ބައެއްގެ މައްޗަށް ތަންފީޛުކުރުމަށެވެ."

އަދި ބައެއް މީހުން ބުނާ ގޮތުން ޖިހާދު ކުރަން ޖެހޭނީ މުއްދަތެއް ނެތް ގޮތުގައި ފަސްކުރަންށެވެ. އަދި މިނުބައި ވިސްނުމަށް ބާރު ދިނުމުގެ ގޮތުން އެމީހުން ބުނަނީ ނަބީ (صلى الله عليه وسلم) އެކަލޭގެފާނު ދަޢްވަތު ފެއްޓެވީ ސިއްރިޔާތުގައި ކަމަށާއި އަދި އެއަށްފަހު އެދަޢްވަތު ފާޅުގައި ދެއްވަން ފެއްޓެވީ އެކަލޭގެފާނަށް ކުރިމަތިވެ ވަޑައިގަތް އެންމެހާ ހުރަސްތަކެއް ހުރި ހިނދުގައި ވެސް މެއެވެ. އަދި އެއަށްފަހު އެކަލޭފާނާއި އިސްވެ ހަނގުރާމަކުރެއްވި މީހުންނާއި އެކަލޭގެފާނު ހަނގުރާމަކުރެއްވިއެވެ. އަދި އާޚިރުގައި އެކަލޭގެފާނު އިސްވެވަޑައިގެން ކާފަރުންނާއި ހަނގުރާމަ ކުރެއްވިއެވެ. އެހެންކަމުން ނަބީ (صلى الله عليه وسلم) މިތަރުތީބުގެ ދަށުން އަހަރެމެންވެސް ނުދާންވީ ކީއްވެހެއްޔެވެ؟ އަހަރެމެން އަވަސްވެގަންނަންވީ ކީއްވެ ހެއްޔެވެ؟

ނަބީ (صلى الله عليه وسلم) މިހުރިހާ ކަމެއް ކުރެއްވީ ﷲ ތަޢާލާގެ ފުރިހަމަ އިރުޝާދުގެ ދަށުންކަން މިފަދައިން ބުނާ ތަންދޮރު ނުދަންނަ ޖާހިލު މީހާއަށް ނޭނގެނީ ހެއްޔެވެ؟ ނުވަތަ ނޭނގޭކަމަށް ހަދަނީ ހެއްޔެވެ؟ އަދި އެކަލޭގެފާނު ﷲ ގެ އިރުޝާދާއި އަމުރުފުޅުތަކަށް ކިޔަމަންވެ ވަޑައިނުގެންނެވި ނަމަ އެކަލޭގެފާނު ފާފަވެރިވީސްއެވެ. (އެކެލޭގެފާނު ވަނީ އެކަމުން ބަރީއަވެގެންނެވެ) ޖިހާދުގެ ޙުކުމްތައްވަނީ އޭގެ އެންމެ ފަހު މަރުޙަލާގައެވެ. އަދި އަހަރެމެން އެޙުކުމްތައް ދޫކޮށްލައި އެކަމަށް ޢަމަލު ނުކޮއްފިނަމަ އަހަރެމެން ފާފަވެރިވާނެ ކަން މިބައިމީހުންނަށް ހަމަ ނޭނގެނީ ހެއްޔެވެ؟ ނުވަތަ ނޭނގޭ ކަމަށް ހަދަނީ ހެއްޔެވެ؟

މިހުރިހާ ޢުޒުރުތަކާއި ބަހަނާތަކާއި މެދު ހައިރާންވާކަށް ނުޖެހެއެވެ. ހަޤީޤަތަކީ މިއީ ވަރަށްވެސް ނުރައްކައުތެރި ކަމެކެވެ. މިވާޖިބު އަދާކުރުމަށްޓަކައި އެމީހުން، އެމީހުންގެ ނަފްސު ވިއްކާލަން ޖެހެއެވެ. އަދި ﷲ އަށްޓަކައި އެމީހުންގެ އަނބިންނާއި ދަރީން ދޫކޮށްލަން ޖެހެއެވެ. މިދުނިޔެއަށް ލޯބިކުރުމުންނާއި މަރަށް ބިރުގަތުމުން އެބައިމީހުންގެ ހިތްތައް ފުރިގެންވާ ހިނދެއްގައި މިފަދަ ނިންމުންތައް ނިންމުމުގައި އެބައިމީހުން ފިނޑިއެއް ނުވާނެ ހެއްޔެވެ؟ ނަބީ (صلى الله عليه وسلم) ޙަޔާތްޕުޅުގައިވެސް ހަމަ މިފަދަ ޢުޒުރުތަކާއި ބަހަނާތަށް ވަނީ އައިސްފައެވެ. އޭގެ ތެރެއިން ބައެއް މީހުން ބުންޏެވެ. (އޭގެން މާނަ ކޮށްދެނީ)

”وَمِنْهُمْ مَنْ يَقُولُ ائْذَنْ لِي وَلا تَفْتِنِّي .... “
”އަދި (ހަނގުރާމައަށް ނުގޮސްހުރުމުގެ) އިޒްނަ ތިމަންނާއަށް ދެއްވާށޭ، އަދި ތިމަން ފިތުނަވެރި ނުކުރައްވާށޭ ބުނާ މީހަކު، އެބައިމީހުންގެ ތެރެއިން ވެއެވެ.“
(ސޫރަތު އައް-ތައުބާ 49)

އަދި އެހެން ބަޔަކު ބުންޏެވެ.

”وَقَالُوا لا تَنْفِرُوا فِي الْحَرِّ .... “
”އަދި އެބައިމީހުން ބުންޏެވެ. ހޫނުގެ ތެރޭގައި ތިޔަބައިމީހުން ހަނގުރާމަޔަށް ނުނިކުންނާށެވެ.“
(ސޫރަތުއް ތައުބާ 81)

”..رَبَّنَا لِمَ كَتَبْتَ عَلَيْنَا الْقِتَالَ لَوْلا أَخَّرْتَنَا إِلَى أَجَلٍ قَرِيبٍ .. “
”އަޅަމެންގެ ވެރި އިލާހެވެ! އިބައިލާހު އަޅަމެންގެ މައްޗަށް ހަނގުރާމަކުރުން ފަރުޟު ކުރެއްވީ ކީއްވެގެންތޯއެވެ؟ ކައިރި މުއްދަތަކަށް އަޅަމެންނަށް ފަސްކޮށްދެއްވިނަމަ، ކޮންފަދަތޯއެވެ؟“
(ސޫރަތު އައް-ނިސާ 77)

”...غَرَّ هَؤُلاءِ دِينُهُمْ .. “
”މިބައިމީހުންގެ (އެބަހީ:މުސްލިމުންގެ) ދީން އެބައިމީހުން ހެއްލުންތެރިކޮށްފިއެވެ.“
(ސޫރަތުލް އަންފާލު 49)

”..مَا وَعَدَنَا اللَّهُ وَرَسُولُهُ إِلا غُرُورًا“
”ﷲ އާއި ރަސޫލާ، ތިމަންމެންނަށް ކެހިވެރި ވަޢްދަކުން މެނުވީ ވަޢްދެއް ނުކުރައްވައެވެ.“
(ސޫރަތުލް އަޙްޒާބު 12)

”..شَغَلَتْنَا أَمْوَالُنَا وَأَهْلُونَا فَاسْتَغْفِرْ لَنَا .. “
”ތިމަންމެންގެ މުދާތަކާއި، އަހުލުވެރިން ތިމަންމެން ހަނގުރާމަޔަށް ދިޔުން މަޝްޣޫލު ކޮށްފިއެވެ.“
(ސޫރަތުލް ފަތްޙު 11)

”..إِنَّ بُيُوتَنَا عَوْرَةٌ .. “
”ހަމަކަށަވަރުން ތިމަންމެންގެ ގެތަކަކީ ނިވަލެއްނެތް ތަނެކެވެ.“
(ސޫރަތުލް އަޙްޒާބު 13)

މިފަދަ ދޮގުވެރީންނާއި ފިނޑިން ނިކަމެތި ކޮށްލެއްވުމަށްޓަކައި ﷲ ތަޢާލާގެ މިފަދައިން ވަޙީކުރެއްވިއެވެ.

”وَلَوْ أَرَادُوا الْخُرُوجَ لأعَدُّوا لَهُ عُدَّةً وَلَكِنْ كَرِهَ اللَّهُ انْبِعَاثَهُمْ فَثَبَّطَهُمْ وَقِيلَ اقْعُدُوا مَعَ الْقَاعِدِينَ “
”އެބައިމީހުން ހަނގުރާމަޔަށް ނުކުތުމަށް އެދޭނަމަ، އެކަމަށް އެބައިމީހުން ކޮންމެވެސް ތައްޔާރީއެއް ތައްޔާރުކުރީހެވެ. އެހެނެއްކަމަކު (ކަލޭގެފާނުގެ އަރިހުގައި) އެބައިމީހުން ނުކުތުމަށް، ﷲ ނުރުއްސަވައެވެ. ދެން އެބައިމީހުންގެ ހިތްވަރު ދެރަކުރައްވައި، ކަންނެތް ކުރެއްވިއެވެ. އަދި (ހަނގުރާމަޔަށް ނުގޮސް) އިށީނދެ ތިބޭ މީހުންނާއެކު، ތިޔަބައިމީހުން ތިބޭށޭ އެންގެވިއެވެ.“
(ސޫރަތުއް ތައުބާ: 46)

މުނާފިޤުންނާއި އެބައެއްގެ ހިތުގައި ބަލިމަޑުކަން އަށެގަނެފައިވާ މީހުންނަށް ޖިހާދު ވެގެންދާނީ އެބައިމީހުންނަށް މާބޮޑު އެއްޗެކަށެވެ. ﷲ ގެ މަގުގައި ޖިހާދުކުރުމަށް ނަފްރަތު ކުރާ މީހުންނަށް ޖިހާދުވެސް ނަފްރަތު ކުރާނެއެވެ. އެބައިމީހުން އެކަމުން ދުރުވެގަތް ފަދައިން އެކަންވެސް އެމީހުންގެ ކިބައިން ދުރުވެގަތެވެ. އެހެނެއްކަމަކު އެކަން ޚާއްޞަކޮށް ރައްކައުކުރެވިފައިވަނީ އެކަމަށްޓަކައި އެމީހުންގެ ނަފްސުތައް މިބިންމަތީގައި ﷲ އާއި ބައްދަލުކުރުމަށްޓަކައި އޮންނަ ދަހިވެތި ކަމުގެ ސަބަބުން ޤުރުބާން ކުރާ މީހުންނަށެވެ. އަދި ޖަންނަތަށް ދަހިވެތިވާ މީހުންނަށެވެ. ޖިހާދު ކުރުން ހަމައެކަނި އެބައެއްގެ ވިސްނުމުގައި ވާނެ ބަޔަކީ، ޖިހާދަކީ ﷲ އެމީހުންނަށް ފަރުޟުކުރައްވާފައި ކަމެއްކަން ދަންނަ މީހުންނަށެވެ. ޖިހާދު ކުރުންވަނީ އިސްލާމްދީނުގެ މަތިވެރި ފިޠްރަތުގައި ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައެވެ. ޖާހިލިއްޔަތުގެ މީހުންނަށްވާ ގޮންޖެހުމެއްގެ ގޮތުގައެވެ. ތާރީޚް އެކަމަކުން ފުރިގެންވާ ކަމެއްގެ ގޮތުގައެވެ.

ޑރ. ނާޖިޙް އިބްރާހީމް، ޝެއިޚް ޢާސިމް ޢަބްދުލް މާޖިދު އަދި ޝެއިޚް އިސާމުއްދީން ދަރްބާލަހް (ﷲ އެބައިމީހުން ސަލާމަތް ކޮށްދެއްވާށި.) ގެ ބަސް ނިމުނީ.

އެހެންކަމުން ޖިހާދާއި ބެހޭގޮތުން މީހުންގެ މެދުގައި ނަފްރަތު އުފެއްދުމަށްޓަކައި މަސައްކަތްކުރާ އިސްލާމްދީނުގެ ޢަދުއްވުންގެ ބަހަށް ހެއްލި ތިމާގެ ދީން ކުޑަ އަގެއްގައި ވިއްކާލާ ބައެއް ކަމުގައި ނުވުމަށް އެންމެހާ ޢިލްމުވެރިންނާއި ދަޢްވަތުގެ އަހުލުވެރިންނަށް އިޚްލާސްތެރިކަމާއި އެކު ގޮވާލަމެވެ. އަދި ރައްބާނިއްޔަ ޢިލްމުވެރިން ޖިހާދާއި ބެހޭގޮތުން ދައްކަވާފައިހުރި ވާހަކަތައް ބައްލަވާ ލެއްވުމުން، މިޒަމާނުގައި ޖިހާދުކުރާ ލޮބުވެތި މުޖާހިދުންނަކީ، ޖިހާދުގެ ޖޯޝް އުފެދިގެން އެބައިމީހުން ތޯތޯއަށް ކުރަމުންދާ ޢަމަލެއް ނޫންކަން، މެންދުރުގެ އިރުފަދައިން ހާމަވެގެންދާނެއެވެ.

ޖިހާދު ކުރިއަށް ދާނެޔޭ، ޤިޔާމަތާއި ޖެހެންދެން

ކުރާނެ ހަނގުރާމަ، ކުފުރުގެ ނަޖިސްތައް ފޮހެވެންދެން

ދުރުގަ ތިބެގެން ކުރެޔޭ ގިނަ މަލާމާތް މުނާފިޤުން

ކުރުމުގައި ޖިހާދު، ވާނެ ޖެހިލުމެއްނެތި މުޖާހިދުން

ބަލަބަލާ ތިބެނީ، ނަޞްރަށް ނުވަތަ ފޮނި ޝަހާދަތަކަށް

ހަމަޔަޤީން ލިބޭ އެންމެ މޮޅު މަރު އެއީ ފިރިހެނަކަށް

ދުޢާ އަކީ ﷲ ތަޢާލާ އަހަރެމެންނަށް ޙައްޤު، ޙައްޤު ގޮތުގައި ދައްކަވާ، ޙައްޤަށް ތަބަޢުވުމުގެ ތައުފީޤު އަހަރެމެންނަށް މިންވަރު ކޮށްދެއްވެވުމެވެ. އަދި ބާޠިލް، ބާޠިލް ގޮތުގައި ދައްކަވާ, އޭގެން އެއްކިބާވުމުގެ ތައުފީޤް އަހަރެމެންނަށް ދެއްވެވުމެވެ. އަދި އަހަރެމެންނީ ޙައްޤަށް ވަޞިއްޔަތް ކޮށް ކެތްތެރިވުމަށް ވަޞިއްޔަތްކުރާ ބައެއް ކަމުގައި ލެއްވެވުމެވެ. އާމީން.

އަޞްލު: ލިޔުންތެރިޔާ