އައްޝައިޚު މުޙައްމަދު ބިން ޞާލިޙް އަލްޢުޘައިމީން (رحمه الله)

އަޚް ޢަބްދުލް މަތީން މިކްޔާލް (جزاه الله خير)

12 އޮގަސްޓު 2010 - ނަންފުޅު: محمد بن صالح بن محمد بن سليمان بن عبد الرحمن آل عثيمين (މުޙައްމަދު ބިން ޞާލިޙް ބިން މުޙައްމަދު ބިން ސުލައިމާން ބިން ޢަބްދުއްރަޙްމާން އާލް ޢުޘައިމީން) އުފަންވެވަޑައިގަތުން: 27 ރަމަޟާން 1347ހ. (1927މ.) ވީ ރޭ ޢަރަބި ޖަޒީރާގެ އަލްޤަޞީމްގެ އަވަށެއްކަމުގައިވާ ޢުނައިޒާ އަށެވެ. ނިޔާވުން: 15 ޝައްވާލް 1421ހ. (2000މ.) ވީ ބުދަ ދުވަހު، ޖިއްދާގައެވެ. ޢުމުރުފުޅު: 74 އަހަރެވެ. ޅަފަތުގެ ދުވަސްވަރާއި ޢިލްމު ޙާޞިލްކުރެއްވުން ޝައިޚް ޤުރްއާން އުނގެނިވަޑައިގެންނެވީ މަންމަ ފަރާތު ކާފާފުޅު ކަމުގައިވާ ޢަބްދުއްރަޙްމާން ބިން ސުލައިމާން އައްދާމިޣް (رحمه الله) ގެ އަރިހުންނެވެ. އިތުރަށް ވިދާޅުވުމަށް>>

ސައްޔިދަތުއް ނިސާ ފާޠިމާ ބިންތު މުޙައްމަދު (صلى الله عليه وسلم) (2)

ތަރުޖަމާ: އުއްމު ޢަބްދު ﷲ (جزاها الله خير)

24 ޖުލައި 2010 - އެއްފަހަރެއްގައި އަބޫ ޖަހުލު ކަޢުބާގެ ކުރިމަތީގައި އެހެން މުޝްރިކުންތަކަކާއި އެކުގައި އިނެވެ. އަދި އެމީހުންގެ ބުދުތަކަށް އިންކާރު ކުރި މީހާ ނައްތާލާނެ ގޮތަކާއިމެދުގައި ރާވާން ތިއްބެވެ. ﷲތަޢާލާގެ އެއްކައުވަންތަކަމަށް ގޮވާލާ އަދި އިތުރު އެކަލޭގެފާނަކީ އެންމެ ފަހުގެ ނަބިއްޔާ އަދި ރަސޫލާ ކަމަށް ޙަދީޘް ކުރެއްވުމުން، މިގޮތަށް ދަޢުވާ ފެތުރުމާއިމެދުގައި އެމީހުން ނަފްރަތު ކުރެއެވެ. އެވަގުތު އެތަނުން ފާޠިމާ(رضي الله عنها) ހުރަސްކޮށް ވަޑައިގަތެވެ. އަދި އަބޫ ޖަހުލުގެ ވާހަކަތައް އެކަމަނާއަށް އަޑުއިވިވަޑައިގަތެވެ. އިތުރަށް ވިދާޅުވުމަށް>>

ސައްޔިދަތުއް ނިސާ ފާޠިމާ ބިންތު މުޙައްމަދު (صلى الله عليه وسلم) (1)

ތަރުޖަމާ: އުއްމު ޢަބްދު ﷲ (جزاها الله خير)

17 ޖުލައި 2010 - ފާޠިމާ އަކީ ނަބިއްޔާ (صلى الله عليه وسلم) ގެ އެންމެ ހަނގު އަންހެން ދަރިކަނބަލުންނެވެ. އަދި އެކަލޭގެފާނުގެ އަރިހުގައި އެންމެ ޙާއްޞަ ދަރިކަނބަލުންނެވެ. އެކަމަނާއަކީ ނަބިއްޔާ (صلى الله عليه وسلم) އާއި އެކަލޭގެފާނުގެ ފުރަތަމަ އަނބިކަނބަލުން ޚަދީޖާ (رضي الله عنها) އާއި ދެބޭފުޅުންގެ ދަރިކަނބަލެކެވެ. އެކަމަނާ ކައިވެނި ބައްލަވައި ގަތީ އެކަމާނާއާއި ދެބެއިންގެ ދެދަރި ބޭފުޅެއް ކަމުގައިވާ ޢަލީ ބިން އަބީ ޠާލިބު ( رضي الله عنه) އާއެވެ. އަދި އެކަމަނާއަކީ އިސްލާމްދީނުގެ މަތިވެތި ޝަހީދުންތަކެއްގެ މަންމާފުޅެވެ. އެއީ ހަސަން އަދި ހުސެއިން އެވެ.... އިތުރަށް ވިދާޅުވުމަށް>>

އިމާމް އަޙްމަދު ބިން ޙަންބަލް (رحمه الله) (2)

ތަރުޖަމާ: ޢުންމު އަބީރު (جزاها الله خير)

08 ޖުލައި 2010 - ދަރިވަރުން: އެކަލޭގެފާނުގެ ދަރިވަރުންގެ ތެރެއިން އެންމެ މަޝްހޫރު ބޭކަލުންނަކީ، އަބޫ ބަކުރު އަލްއަލްހުރަމް (رحمه الله)، ޙަންބަލް ބިން އިޝާޤް (رحمه الله) އަދި އަބުލް ޤާސިމް އަލް ބަޤްވީ (رحمه الله) އެވެ. ތަޤްވާވެރިކަމާއި ޒުހުދުވެރިކަން: އިމާމް އަޙްމަދު ބިން ޙަންބަލް އަކީ ވަރަށް ތަޤްވާވެރި ބޭކަލެކެވެ. އަދި އެކަލޭގެފާނުގެ ޙަޔާތުގެ ބޮޑުބައި ހޭދަކުރެއްވީ ޙަދީޘް އާއި ފިޤުހު ޢިލްމުގެ ތެރޭގައެވެ. އޭރުގެ ސަރުކާރުގެ އެއްވެސް މުވައްޒަފެއްގެ ގެއިން ފަރިއްކުޅުއްވުމަށް އެކަލޭގެފާނުގެ އިންކާރުކުރެއްވި އެވެ. ބައެއް ފަހަރު ކާނެ އެއްވެސް އެއްޗެއް ނުހުންނަ ވަގުތުތަކުގައި ވެސް ﷲ އަށް ފުރިހަމައަށް ތަވައްކަލުކުރައްވާކަމަށާއި، އަދި އީމާންކަން ބަހައްޓަވާ ކަމަށް ވިދާޅުވެ، ޞަދަޤާތް ޤަބޫލު ނުކުރައްވައެވެ. އިތުރަށް ވިދާޅުވުމަށް>>

އައްޝައިޚް ޢަބްދުލް ޢަޒީޒު ބިން ބާޒު (رحمه الله)

ތަރުޖަމާ: އަޚް ޢަބްދުލް މަތީން މިކްޔާލް (جزاه الله خير)

16 ޖޫން 2010 - ނަންފުޅު: عبد العزيز بن عبد الله بن عبد الرحمن بن محمد بن عبد الله آل باز (ޢަބްދުލް ޢަޒީޒް ބިން ޢަބްދުﷲ ބިން ޢަބްދުއްރަޙްމާން ބިން މުޙައްމަދު ބިން ޢަބްދު ﷲ އާލް ބާޒް) އުފަންވެވަޑައިގަތުން: 12 ޛުލްޙިއްޖާ 1330ހ. (1909މ.) ޢަރަބި ޖަޒީރާގެ ރަށެއްކަމުގައިވާ ރިޔާޟް އަށެވެ. ނިޔާވުން: 27 މުޙައްރަމް 1420ހ. (13 މޭ 1999މ.) ވީ ބުރާސްފަތި ދުވަހު، ރިޔާޟް ގައެވެ. ޢުމުރުފުޅު: 89 އަހަރެވެ. އިތުރަށް ވިދާޅުވުމަށް>>

ޝެއިޚުލް މުޖާހިދީން ޢަބްދު ﷲ ޔޫސުފް ޢައްޒާމް (رحمه الله)

ތަރުޖަމާ: އުޚުތު ޢަމާރާ (جزاها الله خير)

27 މެއި 2010 - ޙަޔާތުގެ ކުރީކޮޅު: ޢަބްދު ﷲ ޔޫސުފް ޢައްޒާމް (رحمه الله) އުފަންވެވަޑައިގެންފައިވަނީ، އުތުރު ފަލަޞްޠީނުގެ ޖެނީން އަވަށުގައި ހުންނަ ސެލާތް އަލްހަރީޘިއާ ނަމަކަށް ކިޔުނު އަވަށެއްގައި މީލާދީން 1941 ގައެވެ. ބައްޕަގެ ނަމަކީ މުޞްޠަފާ ޢައްޒާމް (رحمه الله) އެވެ. ޢަބްދު ﷲ ޢައްޒާމް (رحمه الله) ޝަހީދުކޮށްލެވުނުތާ އެއް އަހަރު ފަހުން ބައްޕަ ވަނީ ނިޔާވެފައެވެ. މަންމަގެ ނަމަކީ ޒަކިއާ ޞާލިޙްއެވެ. މަންމަ ނިޔާވެފައިވަނީ ޝެއިޚް ޝަހީދުކޮށްލެވުމުގެ އެއް އަހަރު ކުރިންނެވެ. އިތުރަށް ވިދާޅުވުމަށް>>

އިމާމް އަޙްމަދު ބިން ޙަންބަލް (رحمه الله) (1)

ތަރުޖަމާ: ޢުންމު އަބީރު (جزاها الله خير)

09 ޖެނުއަރީ 2010 - އިމާމް އަޙްމަދު ބިން މުޙައްމަދު ބިން ޙަންބަލް (رحمه الله) އުފަންވެވަޑައިގަތީ މިހާރުގެ ތުރުކުމަނިސްތާނުގެ 'މަރްވީ' ކިޔުނު ރަށުގައެވެ. ހިޖުރައިން 164 އަހަރުގެ ރަބީޢުލް އައްވަލް މަހުގެ 20 ވަނަދުވަހުގައެވެ. އެކަލޭގެފާނުގެ މަންމާފުޅު އެކަލޭގެފާނަށް ރައްކައުވެވަޑައިގެންނެވީ ބަޣްދާދަށް ކުރި ދަތުރެއްގެ މަތީގައެވެ. އެކަލޭގެފާނުގެ ޢުމުރުފުޅުން އަހަރުތަކެއްހާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ބައްޕާފުޅު އަވަހާރަވިއެވެ. އެހެން ކަމުން، އޭގެ ފަހުން އެކަލޭގެފާނު ގެންގުޅުއްވާ ތަރުބިއްޔަތު ކުރެއްވީ މަންމާފުޅެވެ. އިތުރަށް ވިދާޅުވުމަށް>>

ޙައުލާ ބިންތް އަލްއަޒްވަރު

ތަރުޖަމާ: އުންމު ޢަބްދުﷲ (جزاها الله خير)

09 ޖެނުއަރީ 2010 - ޙައުލާ އަކީ، ބަނީ އަސަދު ވަންހައިގެ ބޮޑުންގެ ތެރެއިން އެކަކުގެ ދަރިކަނބަލެކެވެ. އަދި އެކަމަނާގެ ޢާއިލާ ވަނީ އިސްލާމް ދީނުގެ އެންމެ ކުރީ ކޮޅުގައި އެދީން ޤަބޫލުކޮށްފައެވެ. އެކަމަނާގެ ބައްޕަގެ ނަމަކީ މާލިކް ނޫންނަމަ ޠާރިޤް ބިން އަވްސް އެވެ. އަދި ކުންޔާއަކީ އަލް-އަޒްވަރުއެވެ. އެކަމަނާގެ ބޭބެ، ޛިރާރް އަކީ ހަނގުރާމަވެރިއެއް އަދި އެވަންހައިގެ ޅެންވެރިޔާވެސް މެއެވެ. އަދި އޭނާއަކީ ވިސްނުން ތޫނުކަމަށް މަޝްހޫރު މީހެކެވެ. ޛިރާރް އޭނާގެ ކޮއްކޮ، ޙައުލާ ދެކެ ވާލޯތްބާއި އެކަމަނާގެ ޤާބިލް ކަމާއިމެދު ޔަޤީންކަން ބަހައްޓާ މިންވަރަކީ ޢަޖައިބު ކުރުވަނިވި ފަދަ މިންވަރެކެވެ. އިތުރަށް ވިދާޅުވުމަށް>>

ޚަލީފާ ހާރޫނުއްރަޝީދު (170 – 193ހ)

07 ނޮވެމްބަރު 2009 - އަބޫޖަޢުފަރު ހާރޫނުއްރަޝީދު އުފަންވެ ވަޑައިގަތީ ހިޖްރައިން 145 ވަނަ އަހަރުއެވެ. އެމަނިކުފާނުގެ މަންމާފުޅަކީ އުއްމު ވަލަދެވެ. އޭނާގެ ނަމަކީ الخيزران އެވެ. ހާރޫނުއްރަޝީދު ތަރުބިއްޔަތު ލިބިވަޑައިގަތީ ޝަޙްޞިއްޔަތު ވަރުގަދަ ކެރޭ ހީވާގި ދީލަތި ބޭފުޅެއްގެ ގޮތުގައެވެ. އެމަނިކުފާނުގެ ބައްޕާފުޅު އެމަނިކުފާނު މައްސަލަތަކުގެ ތެރެއަށް ފޮނުއްވައެވެ. އެގޮތުން ހިޖުރައިން 163 ވަނައަހަރު الصائفة ގެ އަމީރަކަށް ފޮނުއްވިއެވެ. އެއަށްފަހު ހިޖުރައިން 164ވަނައަހަރު އަލްމަޣްރިބަށާއި އަލްއަންބާރާއި އެފްރިކާ ސަރަހައްދަށް ވާލިޔަކަށް ފޮނުއްވިއެވެ. ހިޖުރައިން 166 ވަނައަހަރު އެމަނިކުފާނުގެ ބައްޕާފުޅު، އަލްހާދިއަށްފަހު އައްރަޝީދު ވަލީއަހްދުކަމުގައި ހަމަޖައްސެވިއެވެ. އަލްހާދީ އަވަހާރަވުމުން ހާރޫނުއްރަޝީދު ޚަލީފާކަމަށް އިސްވެވަޑައިގަތީ ހިޖުރައިން 170 ވަނައަހަރުއެވެ. އިތުރަށް ވިދާޅުވުމަށް>>

އިމާމް އަބޫ ޙަނީފާ (رحمه الله)

31 އޮގަސްޓުގެ ލިޔުމާއި ގުޅޭ...

10 ސެޕްޓެމްބަރު 2009 - އަބޫ ޙަނީފާގެ ޝުޔޫޚުން - ޠަބަޤާތުއްޝަޢުރާނީ ގައި ވާގޮތުން އަބޫ ޙަނީފާގެ ދުވަސްވަރުގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ހަތަރު ޞަޙާބީން އުޅުއްވިއެވެ. އެއީ: އަނަސް ބުނު މާލިކު، ޢަބްދުﷲބުނު އަބީ އަޥްފާ، ސަހްލުބުނު ސަޢުދު އަދި މިބޭކަލުންގެ ތެރެއިން އެންމެފަހުން ދުނިޔެއިން އަލްވަދާޢު ވިދާޅުވީ އަބުއްޠުފައިލު އެވެ. އެހެންނަމަވެސް އަބޫ ޙަނީފާ މިއިން އެއްވެސް ޞަޙާބީ ބޭކަލެއްގެ އަރިހުން ޢިލްމު އުނގެނިވަޑައެއް ނުގަންނަވައެވެ. މިކަމުގެ ސަބަބެއް ކަމުގައި ބެލެވެނީ، މިބޭކަލުންގެ ތެރެއިން އަބްދުﷲ ބުނު އަބީ އަޥްފާ މިދުނިޔެއަށް އަލްވަދާޢު ވިދާޅުވީ އަބޫ ޙަނީފާގެ ޢުމުރުފުޅުން ހަތް އަހަރުގައެވެ. އިތުރަށް ވިދާޅުވުމަށް>>

އިމާމް ބުޚާރީ (رحمه الله تعالى)

17 އޮގަސްޓު 2009 - އިމާމުލް ބުޚާރީއަކީ ޙަދީޘުޢިލްމުގައި އެންމެ ފުންނާބު އުސް އިމާމެވެ. ކީރިތި ޤުރުއާނަށް ފަހު އެންމެ ޞައްޙަކަން ބޮޑު ފޮތަކީ އިމާމު ބުޚާރީ ޖަމާކުރައްވައި، ލިއުއްވާފައިވާ " الجامع المسند الصحيح المختصر من أمور رسول الله صلى الله عميه وسلم وسنته وأيامه" ކަމުގައި އިސްލާމީ އުއްމަތް އިއްތިފާޤުވެ އިޖުމާޢުވެއެވެ. އެކަލޭގެފާނުގެ ފުރިހަމަ ނަންފުޅަކީ އަބޫޢަބުދުﷲ (އެއީ އެކަލޭގެފާނުގެ ކުންޔާއެވެ.) މުޙައްމަދު(ނަން)  ބިން އިސްމާޢީލު(ކާފާފުޅު)  ބިން އިބުރާހީމް(ދެވަނަ ކާފާފުޅު) ބިން އަލްމުޣީރާ ( ތިންވަނަ ކާފާފުޅު، އެކަލޭގެފާނަކީ މަޖޫސީއެކެވެ.)އެވެ. އުފަންވެ ވަޑައިގަތީ 194ހ ގައި ޝައްވާލު މަހުގެ 13ވަނަ ދުވަހުއެވެ.(4 އޯގަސްޓް 810މ). އިތުރަށް ވިދާޅުވުމަށް>>

އަލްއިމާމް އިބްނު ތައިމިއްޔާ (رحمه الله تعالى)

25 ޖުލައި 2009 - އހިޖްރައިން ހަތްވަނަ ޤަރްނަކީ އިސްލާމީ ތާރީޚުގެ އެންމެ ކަޅު ދުވަސްވަރެވެ. ޢައްބާސީ ޚިލާފަތުގެ ކަނިވަމުންއައި ބައްތި ނިވުނީ އެސައްތައިގައެވެ. ބަޣުދާދުގައި އޮތް ޢައްބާސީ ޚިލާފަތު އުވުމާއެކު މުސްލިމުންގެ ތެރޭގައި ނަމެއްގައި އޮތް މަރުކަޒީ ސަރުކާރުވެސް އުވިގެން ހިނގައްޖެއެވެ. ލެޔަށް ފެންބޮވައިގެންފައިތިބި ތާތާރުން އިސްލާމީ ދުނިޔެއަށް ފެތުރިގެންދިޔައީ އިލާހީ ކޯފާއެއްފަދައިންނެވެ. އެބައިމީހުންގެ އަތްމަތީގައި މުސްލިމުންގެ އެތައް ދައުލަތްތަކެއް ވަނީ ވުޖޫދުން ފޮހެވިގެންގޮސްފައެވެ. އެތައް އެތައް ރަށަކުން ކުށެއްނެތް އެތައްކުރޯޑު ބަޔަކުވަނީ ގަތުލުވެ ލެޔާތަތްތެޅިފައެވެ. އެތައް ޔުނިވަރސިޓީ ތަކަކާއި، އޮބްޒަވޭޓްރީ ތަކަކާއި ކުތުބުޚާނާތަކެއްވަނީ އަނދައި އަޅިޔަށްވެފައެވެ. އިތުރަށް ވިދާޅުވުމަށް>>