Share

މުޖާހިދުންގެ އަނބީންނަށް، ނަސޭޙަތުގެ ބަސްކޮޅެއް 4

ތަރުޖަމާ: އުންމު އަބްދު ﷲ (جزاها الله خير)

24 ފެބްރުއަރީ 2010 - ތިޔަ އުޚްތުންނަށް ކުރިމަތިވެދާނެ އަނެއް މައްސަލައަކީ ފައިސާގެ ދަތިކަމެވެ. މީގެ ކުރިން ގެއަށް ’ބަނަސް/ޕާން‘ ގެނެސްދެނީ ފިރިމީހާއެވެ. އަދި ފިރިމީހާ ދިޔުމަށްފަހު، ފިރިމީހާގެ ގާތް އަޚަކު ގޭގެ ކަންތައްތައް ބަލަހައްޓާނެ ކަމުގެ ޔަޤީންކަން ދީފައި އޮވެދާނެއެވެ.

ކަންދިމާކުރިގޮތުން، ފިރިމީހާ ތިބާގެ ކަންތައްތައް ބެލެހެއްޓުމުގެ ޒިންމާ ހަވާލުކުރި އަޚުންނަށް އެކަން ކުރުމަށް އުދަނގޫވިއެވެ. އަދި އެއީ ﷲ އަށްޓަކައި ތިބާގެ ކަންތައްތައް ކޮށްދިނުމަށް އެމީހުން ތިބާގެ ފިރިމީހާއަށް ޔަޤީންކޮށްދީފައިވީކަމުގައި ވިޔަސްމެއެވެ. ކަންބޮޑު ނުވާށެވެ! އަމިއްލަ ނަފްސަށް އިތުބާރު ކުރާށެވެ! ﷲ ތަޢާލާ ތިބާ ދޫކޮށެއް ނުލައްވާނެއެވެ! އެހެނީ، މުދައުތައް މީސްތަކުންގެ މެދުގައި ބައްސަވާ ފަރާތަކީ އެކަލާނގެއެވެ. އަދި ހަމައެކަނި އެކަލާނގެ ހަޟްރަތުން މަދަދަށް އެދޭށެވެ. ތިބާ ހީވެސް ނުކުރާ ގޮތްގޮތުން ރިޒްޤު ތިބާއަށް ދެއްވަފާނެއެވެ.

ފިރިމީހާ ދިއުމަށްފަހުގައި ގިނައިން ފިރިހެނުންނާއި މުޢާމަލާތު ކުރަންޖެހުމަކީ އެކަށީގެންވާ ކަމެކެވެ. ކުރީގައި ފިރިމީހާ ހުރިހާ މައްސަލަތަކެއް ހައްލުކުރިނަމަވެސް، މިހާރު އޭނަގެ ހުރިހާ ކަންތައްތަކެއް އަދާ ކުރުމަކީ ތިބާގެ ޒިންމާއެކެވެ. ކާއެއްޗެހި ގަތުމަށާއި، ބާޒާރަށް ދިއުން ފަދަ ކަންތައްތަކަށް ފައިސާ ހޯދާނީ ކޮންތާކުންތޯއާއި މެދު ބައެއްފަހަރު ވިސްނަން ޖެހޭނެއެވެ. ނުވަތަ ކުދިން ތިބި ކަމުގައި ވަނީނަމަ، އެކުދިން ގޮވައިގެން ދާންޖެހި، އެކުދިން އެކި ދިމަދިމާލަށް ގޮސް، އެކި އެއްޗެހި ނަގާ ހެދުމުން އެކަމާ ކަންބޮޑުވެދާނެއެވެ. އަދި ޓްރޮލީއެއް ފުރެންދެން ކޮތަޅުތައް ހިފައިގެން، ކުދިން ޓްރޮލީގެ ދެފަރާތުގައި ހިފަހައްޓުވައިގެން ދާންޖެހިދާނެއެވެ. މިޙާލަތުގައި، ފިރިމީހާ ގެއަށް ތަކެތި ގެނައުމުގެ ސަބަބުން، އަމިއްލައަށް މަގުމައްޗަށް ނިކުންނަން ނުޖެހި، ނުދަންނަ ފިރިހެނުންނާއި ވާހަކަ ދައްކާ ނުވަތަ މީހުން ގަނޑުތެރެއިން ޖާގަހޯދަމުން ދާން ނުޖެހުނު ދުވަސްވަރު ކިހާ ރަނގަޅުހޭ ހިތަށް އަރާ ހަނދާންވާނެއެވެ.

ކޮމްޕިއުޓަރ މައްސަލަޖެހި، ކަރަންޓު ވަޔަރުތައް މަރާމާތު ކުރަންޖެހުމާއި، ސިންކުން ފެން ނުދިއުމާއި އަދި އެންމެ ކުޑަ ފިރިހެން ދަރިފުޅު ހިތާނު ކުރަންޖެހުމުގެ ސަބަބުން، ފިރިމީހާގެ ބޭނުންޖެހޭ މިންވަރު ވިސްނޭނެއެވެ.

އަދި ފިރިހެނެއްގެ ނުފޫޒާއި ނުލައި ކުދިން ތަރުބިއްޔަތު ކުރުމުގެ ދަތިކަން ތިބާއަށް އިޙްސާސް ކުރެވޭނެއެވެ. ތިބާ މަންމައާއި ބައްޕަގެ ޒިންމާ އެއްފަހަރާ އަދާކުރަންޖެހޭނެއެވެ. އަދި ބައެއްފަހަރު، އެއްވެސް މީހަކު ތިބާއާއި މެދު ނުވިސްނާހެން ހީވާނެއެވެ. ކޮންމެ މީހެއްގެވެސް އަމިއްލަ މައްސަލަތައް ހުރެއެވެ. އެއްވެސް މީހަކު ތިބާއަކާއި އަޅައެއް ނުލައެވެ. އަދި ނަފްސު އެކަނިވީއެވެ.

ﷲގެ ރަސޫލާ (صلى الله عليه وسلم) ހަދީޘްކުރެއްވިއެވެ. ”...އަދި ހަނގުރާމަވެރިއެއްގެ ޢާއިލާ ބަލަހައްޓައިދިނުމަކީ ވެސް ހަނގުރާމައިގައި ބައިވެރިވުން ފަދަ ޢަމަލެކެވެ.“

އަހަރެމެންގެ ތެރެއިން ވަރަށް އިޚްލާޞްތެރި އަޚުން، އެމީހުން މުޖާހިދެއްގެ އާއިލާއަކަށް ޞަދަޤާތެއް ދީފިނަމަ، އެކަމަކީ އެމީހުންގެ އަމިއްލަ ޢާއިލާތަކަށް އަޅާލުމުން ދުރުކޮށްދޭ ކަމެއް ކަމުގައި ދެކެއެވެ.

ތިޔަ އަޚުންގެ ޤުރުބާނީއަށް ﷲ ތަޢާލާ ހެޔޮ ޖަޒާ ދެއްވައި، ތިޔަ އަޚުންގެ ހެޔޮކަމުގެ ތިލަފަތުގައި އެޢަމަލްތައް ބަރުކުރައްވާނދޭވެ! އާމީން

އަދި އެއްފަހަރު ޙަދީޘްއެއް ކިޔާލަމާ ހިނގާށެވެ.

”އެފަދަ ދަތުރެއްގެ މީހެއްގެ ޢާއިލާ ބެލެހެއްޓުމުން އަމިއްލަ ނަފްސު ބަދަލުކޮށްފިނަމަ، ތިބާވެސް އޭނާގެ އެދަތުރުގައި (ހަނގުރާމައިގައި) ބައިވެރިވެއްޖެއެވެ.“

މިތާގައި މިމާނަ ކުރަނީ ހަމައެކަނި ފައިސާގެ އެހީތެރި ކަމެއް ނޫނެވެ. އެއްވެސް އެއްޗެއް މުޖާހިދެއްގެ ޢާއިލާއަށްޓަކައި ޤުރުބާން ނުކުރެވިއްޖެނަމަ، މުޖާހިދެއްގެ ޢާއިލާއަކަށް އަޅާލުމުން ވެސް އެހީވެރިވެވިދާނެއެވެ. އެފަދަ ޢާއިލާއަކަށް ކާއެއްޗެހި ގަނެދީގެން ގެއަށް ގެނެސްދީ (އެއީ އަމިއްލަ ލާރިން ނޫން ކަމުގައި ވިޔަސް)، ގޭގެ ކޮންމެވެސް އެއްޗެއް މަރާމާތުކޮށްދީ، ކުދިންނަށް އަޅާލާ، މިހެންގޮސް ލިސްޓް ވަރަށް ދިގެވެ. ކައިވެނި ކޮށްގެން އުޅޭ އަޚެއްކަމުގައި ވަނީނަމަ، ޢާއިލާއަކަށް އަޅާލާ އަދި ޢާއިލާއަކަށް ބޭނުންވެދާނެ ކަންތައްތައް ވިސްނަން ފަސޭހަވާނެއެވެ. އަހަންނަށް އިތުބާރު ކުރާށެވެ. ބައެއްފަހަރު، ފައިސާއަށްވުރެ މިކަންތައްތައް މާ މުހިންމުވެއެވެ.

އަދި ތިޔަ އުޚުތާގެ ކައިރީގައި ހިތާމަޔާއިއެކު އަހަރެން ބުނެލަން އޮތީ، ނުދަންނަ ފިރިހެނުންނާއި މުޢާމަލާތު ކުރަންޖެހިދާނެއެވެ. ތިބާގެ ގާތްތިމާގެ މަޙްރަމުން ތިބިކަމުގައި ވަނީނަމަ އެއީ ވަރަށް ބޮޑު ރަޙްމަތެކެވެ. އެމީހުން ތިބާއަށް އަޅާލާނެއެވެ. އަދި އެފަދަ ބަޔަކު ނެތްނަމަ، އަހަރެން ފުރަތަމަ އަދި އެންމެ މުހިންމު ކަމަކަށް ބުނަން އޮތް ވާހަކައަކީ ﷲ އަށް ބިރުވެތިވާށެވެ! އެހެނީ، ހުރިހާ ކާމިޔާބީއެއްގެ ބިންގަލަކީ އެއީއެވެ.

ﷲތަޢާލާ ވަހީކުރެއްވިއެވެ.

”وَيُنَجِّي اللَّهُ الَّذِينَ اتَّقَوْا بِمَفَازَتِهِمْ لا يَمَسُّهُمُ السُّوءُ وَلا هُمْ يَحْزَنُونَ “
”އަދި ތަޤްވާވެރިވިމީހުން އެބައިމީހުންގެ ކާމިޔާބީއާއެކު ސަލާމަތްކުރައްވާ ހުއްޓެވެ. އެބައިމީހުންނަކަށް އެއްވެސްކަހަލަ ނުބައިކަމެއް ނުޖެހޭނެއެވެ. އަދި ހިތާމަކުރާނޭ ބަޔަކު ކަމުގައިވެސް އެބައިމީހުން ނުވެއެވެ.“
(ސޫރަތު އައް-ޒުމަރު 61)

ތިބާ ދައްކަން ޖެހޭ ވާހަކައިގައި ސީދާ ޞަރީޚަކޮށް އެވާހަކައެއް ބުނާށެވެ. ވާހަކަ ދިގު ނުދަންމާށެވެ. އަދި ބޭކާރު ވާހަކައިގެ ތެރެއަށް ނުދާށެވެ. ތިބާގެ ތަޤްވާވެރިކަމަކީ ތިބާގެ އެންމެ ފުރިހަމަ ރައްކައުތެރިކަމެވެ.

އަދިވެސް ﷲތަޢާލާ ވަހީކުރެއްވިއެވެ.

”وَمَا تَفْعَلُوا مِنْ خَيْرٍ يَعْلَمْهُ اللَّهُ وَتَزَوَّدُوا فَإِنَّ خَيْرَ الزَّادِ التَّقْوَى وَاتَّقُونِ يَا أُولِي الألْبَابِ“
”އަދި ﷲއީ ހުރިހާ ކަމެއް ދެނެވޮޑިގެންވާ އިލާހު ކަމަށްވާތީ ހެޔޮކަމުގެ ތެރެއިން ތިޔަބައިމީހުންކުރާ ކޮންމެ ކަމެއް(ވެސް) ﷲ ދެނެވޮޑިގެންވެއެވެ. އަދި ތިޔަބައިމީހުން ދަތުރުމަތީގެ ކޮއްތު ލިބިގަންނާށެވެ! ފަހެ، ހަމަކަށަވަރުން އެންމެ މޮޅު ކޮއްތަކީ ތަޤްވާ އެވެ. އޭ ބުއްދީގެ އަހުލުވެރީންނޭވެ! ތިޔަބައިމީހުން ތިމަން އިލާހަށް ތަޤްވާވެރިވާށެވެ!“
(ސޫރަތުލް ބަޤަރާ 197)

އަދިވެސް ވަހީކުރެއްވިއެވެ.

”..وَلِبَاسُ التَّقْوَى ذَلِكَ خَيْرٌ .. “
”އަދި ތަޤްވާގެ ފޭރާން މާހެޔޮކަންބޮޑެވެ.“
ތުލް އަޢްރާފް 26)

ތިބާގެ ދީނާއި ތިބާގެ ތަޤްވާވެރިކަން، އެކި ދިމަދިމާއިންނާއި އެކި ފޭރާންތަކުގައި އަންނަ އެކި އެދުންވެރިކަމުން ރައްކާތެރިކޮށްދޭ އެއްޗެހިކަމުގައި ވާނެއެވެ. ތިބާގެ ފިރިމާހާ އެންމެ ފަހުން ދުށްތާ 1 މަސްފާއިތުވެ، ދެން 6 މަސް ފާއިތުވެގެންގޮސް 1 އަހަރުވެސް ވެދާނެއެވެ.

ތިބާގެ ރަޙްމަތްތެރި އުޚްތުން ބަނޑުބޮޑުވެ، ވިހާ، އަދި ފިރިހެނެއް ނެތުމުގެ ސަބަބުން ވާނެ ގޮތް ތިބާއަށް ހަނދާންނެތޭނެއެވެ. ޝައިޠާނާ ތިބާ ހައްލުވަން މަސައްކަތް ކުރާނެއެވެ. ތިބާގެ އަތުން މިބޮޑު ރަޙްމަތް (މުޖާހިދެއްގެ އަންބަކަށްވުން) ވަގަށް ނަގަން އެދޭ ޙާލުއެވެ. އަދި މިތަނުގައި ތިބާގެ ތަޤްވާވެރިކަމާއި، ޞާލިޙްކަން އެއްފަހަރާ އަންނާނެއެވެ.

އަދިވެސް އެއްފަހަރު ތިބާގެ ނިޔަތް ހަނދާންކުރާށެވެ. މިމުޞީބާތްތައް ތަޙައްމަލު ކުރަންޖެހެނީ ކޮންކަމަކާ ހެދިތޯ އަމިއްލަ ނަފްސާއި ސުވާލުކުރާށެވެ. މިމަގު އިޚްތިޔާރުކުރީ ކޮން ކަމަކާއި ހެދިހެއްޔެވެ؟

ވަގުތުގެ ބޭނުން ހިފާ ވަގުތު ދިގުދެމިގެން ނުދާހެން ވުމަށްޓަކައި، ކޮންމެވެސް ފައިދާހުރި ކަމެއް ކުރަން ފަށަން ޖެހޭނެއެވެ. ދީން އުނގެނޭށެވެ. ކޮންމެ ދުވަހަކުވެސް ޤުރުއާން ކިޔަވާށެވެ. ޚަތިމް ކުރާށެވެ. ހޯމަ އަދި ބުރާސްފަތި ދުވަހުގައި ރޯދައަށް ހުންނާށެވެ. ރޭއަޅުކަން ކުރުމުގައި ދެމިހުންނާށެވެ. ގިނަ ވަގުތުތަކުގައި ﷲ ތަޢާލާ ހަނދުމަކުރުން މަތީގައި ހުންނާށެވެ. އެހެނީ، ﷲ ތަޢާލާ މަތިން ހަނދުމަކުރުމުން ހިތްތައް މަޑުވެދެއެވެ. ﷲ ތަޢާލާ މިކަމާއި ގުޅޭ ގޮތުން ވަހީކުރައްވާފައިވާ ފަދައިންނެވެ.

”الَّذِينَ آمَنُوا وَتَطْمَئِنُّ قُلُوبُهُمْ بِذِكْرِ اللَّهِ أَلا بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ“
”އެބައިމީހުންނީ، އީމާންވި މީހުންނެވެ. އަދި ﷲ ހަނދުމަކުރުމުން، އެބައިމީހުންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހުންވަނީ ﷲ ހަނދުމަކުރުމުން ނޫންހެއްޔެވެ؟“
(ސޫރަތު އައް-ރަޢްދު 28)

ތިބާގެ ދުޢާގައި، ދުނިޔޭގެ އެކިކަންކޮޅުތަކުގައިވާ އަޚުން، މުޖާހިދުންނަށް މަދަދާއި ނަޞްރުދެއްވުން އެދުމަށް ހަނދުމަނެތިކޮށް ނުލައްޗެވެ. އަދި ﷲ ތަޢާލާގެ ނަޞްރުވަނީ ކައިރީގައެވެ! ޤުރުއާނުގައިވާ މިދުޢާ ދަސްކުރެވިދާނެއެވެ.

”رَبَّنَا أَفْرِغْ عَلَيْنَا صَبْرًا وَثَبِّتْ أَقْدَامَنَا وَانْصُرْنَا عَلَى الْقَوْمِ الْكَافِرِينَ“
”އަޅަމެންގެ ވެރި ރައްބެވެ! އަޅަމެންނަށް ކެތްތެރިކަން ދެއްވާންދޭވެ! އަދި، އަޅަމެންގެ ފައިތިލަތައް ޘާބިތުކޮށް ދެއްވާންދޭވެ! އަދި، ކާފިރުވެގެންވާ ޤައުމުގެ މައްޗަށް އަޅަމެންނަށް ނަޞްރުދެއްވާންދޭވެ!“
(ސޫރަތުލް ބަޤަރާ 250)

އަންހެނުންގެ އެއްވުންތަކުގެ ތެރެއިން މަދު އެއްވުންތަކަށް ދާށެވެ. ހިތާމައަކީ، މިދުވަސްވަރުގައި މަދުން ނޫނީ އަންހެނުން ﷲތަޢާލާގެ ޛިކުރު ކުރުމަށް އެއްވެއުޅޭތަން ނުފެންނާނެއެވެ. އެމީހުން ސައިބޮއެ، ވާހަކަދައްކާ، އަދި ރިވެތި ގޮތުގައި އެކަކު އަނެކަކަށް ނަޞޭޙަތްދީ، ﷲ ތަޢާލާގެ ޛިކުރުކޮށް، އުންމަތް ވަރުގަދަކުރުމަށް މަސައްކަތް ކޮށް ހެދުން ނޫން ކަންތައްތަކުގައި އުޅެއެވެ. ބައެއް ސަބަބުތަކާއި ހެދި، އެކަކު އަނެކަކަށް ﷲ ތަޢާލާ މަތިން ހަނދުމަކޮށް ދިނުން ލަދުވެތިކަމަކަށް ވެދެއެވެ. ޒިންމާތަކާއި އަދި ﷲ ތަޢާލާގެ މަތިވެރިކުރުމުގެ ބަދަލުގައި، ތިމަންނަމެން މީހުންގެ ނަން ނުކިޔަމޭ ކިޔާފައި ޣީބަ ބުނާނެއެވެ. (ނަމާއި ނުލައިވެސް އެދައްކަނީ ކާކުގެ ވާހަކަ ކަން އެނގޭ ހިނދުގަވެސްމެއެވެ.) ”ތާރީޚުން ފިލާވަޅެއް ޙާޞިލް ކުރުމަށް“ މިހެން ބުނެއެވެ. (ބައެއް ސަބަބުތަކާއިހުރެ އަހަރެމެން، އެކަމަކަށް ތަބަޢުވާ މީހުންގެ ތާރީޚުން ޢިބްރަތް ޙާޞިލެއް ނުކުރަމެވެ.) މިއީ ބަދުނާމު ކުރުމެއް ކަމުގައި ނުނަގާށެވެ. މިއީ ހިތާމަވެރި ހަޤީޤަތެވެ.

މަދު މީހުންކޮޅަކާއި އެކު މެނުވީ މުޢާމަލާތުނުކޮށް ހުރުން ތިބާއަށް މާހެޔޮކަން ބޮޑެވެ. އަދި ﷲ ތަޢާލާ، އެކަލާނގެ ރަސޫލާ (صلى الله عليه وسلم) ގެ އަނބިއަނބިކަނބަލުންނަށް އެންގެވި ފަދައިން، ގޭގައި ތިބުން ތިޔަ އުޚުތުންނަށް މާހެޔޮކަން ބޮޑެވެ.

”ތިޔަބައިމީހުންގެ ގޭގައި ތިބޭށެވެ.“ އަދި ތިބާ އެކަނބަލުންގެ ގޮތަށް ތަބާވާށެވެ. ހިތްދަތިވެ އެކަނިވެރިވާނަމަ، ކައްވަޅުގައި އެކަނި އޮންނަ އޮތުން މަތިން ހަނދާންކުރާށެވެ! އެއްވެސް އަލިކަމެއް އަދި ރަޙްމަތްތެރިންނެއް ނެތިވެއެވެ. ފޮތްތަކާއި އިންޓަރނެޓާއި ނުލައެވެ. އަދި ތިބާ އެކަނި ﷲ ތަޢާލާގެ ހަޟްރަތުގައިވާނެއެވެ. ﷲ ތަޢާލާ އެކަލާނގެ އަޅުތަކުންނާއިމެދު ވަޙީކުރައްވާފައިވާ ފަދައިންނެވެ.

”وَكُلُّهُمْ آتِيهِ يَوْمَ الْقِيَامَةِ فَرْدًا“
”އަދި ޤިޔާމަތްދުވަހުން، އެބައިމީހުންކުރެ ކޮންމެ މީހަކު، އެއިލާހުގެ ހަޟްރަތަށް އަންނަހުށީ، އެކަނިމާއެކަންޏެވެ.“
(ސޫރަތު މަރްޔަމް 95)

އެހެންކަމުން، ވަގުތު ފާއިތު ނުވަނީސް ހެޔޮ ޢަމަލުތައް ގިނަކުރާށެވެ. އަދި ބޭކާރު ކަންތައްތަކާއި ވާހަކަތަކުގެ ތެރޭގައި ގެއްލިގެން ނުދާށެވެ.

އަމިއްލަ ނަފްސު ކޮންޓްރޯލް ކުރުމުން، ކަންބޮޑުވުންތައް ތަޙައްމަލު ކުރާށެވެ. ﷲ ތަޢާލާ ވަނީ އަހަރެމެން އިމްތިޙާނު ކުރައްވަވާނެކަމަށް ވަޢުދުވެވޮޑިގެންފައެވެ.

”وَلَنَبْلُوَنَّكُمْ بِشَيْءٍ مِنَ الْخَوْفِ وَالْجُوعِ وَنَقْصٍ مِنَ الأمْوَالِ وَالأنْفُسِ وَالثَّمَرَاتِ وَبَشِّرِ الصَّابِرِينَ“
”އަދި ހަމަކަށަވަރުން ތިޔަބައިމީހުން އިމްތިހާނު ކުރައްވާހުށީމެވެ. އެއީ ބިރުވެރިކަމާއި ބަނޑުހައިހޫނުކަމުގެ ތެރެއިން ކަމެއް މެދުވެރިކުރެއްވުމުންނެވެ. އަދި މުދައުތަކާއި ފުރާނަތަކާއި މޭވާތައް އުނި ކުރެއްވުމުންނެވެ. އަދި ކެތްތެރީންނަށް އުފާވެރި ޚަބަރު ކަލޭގެފާނު ދެއްވާށެވެ!“
(ސޫރަތުލް ބަޤަރާ 155)

އަދިވެސް އެކަލާނގެ ވަހީކުރެއްވިއެވެ.

”وَلَنَبْلُوَنَّكُمْ حَتَّى نَعْلَمَ الْمُجَاهِدِينَ مِنْكُمْ وَالصَّابِرِينَ وَنَبْلُوَ أَخْبَارَكُمْ“
”އަދި ތިޔަބައިމީހުންގެ ތެރެއިން ޖިހާދު ކުރާ މީހުންނާއި، ކެތްތެރިވާ މީހުން، ތިމަންއިލާހު ދެނެވޮޑިގެންވެ، އެކަން ހާމަވެއްޖެއުމަށްދާންދެން އަދި ތިޔަބައިމީހުންގެ ޚަބަރުތައް އަންގަވައި ފާޅުކުރައްވައިފުމަށްދާންދެން ހަމަކަށަވަރުން، ތިމަންއިލާހު ތިޔަބައިމީހުން އިމްތިޙާނު ކުރައްވާހުށީމެވެ.“
(ސޫރަތު މުޙައްމަދު 31)

ކެތްތެރިކަމުގެ އަޖުރަކީ އެއްވެސް ހިސާބެއް ނުވާ އަޖުރެކެވެ. އެހެނީ، ﷲތަޢާލާ ވަހީކުރެއްވެވިއެވެ.

”إِنَّمَا يُوَفَّى الصَّابِرُونَ أَجْرَهُمْ بِغَيْرِ حِسَابٍ“
”ކެތްތެރީންނަށް އެބައިމީހުންގެ ދަރުމަ ދެއްވާހުށިކަން ކަށަވަރީ ހިސާބެއްނެތިއެވެ.“
(ސޫރަތު އައް-ޒުމަރު 11)

އަހަރެންގެ މުސްލިމް އުޚުތާއެވެ! ހަޤީޤަތުގައި އަހަރެން ބޭނުންވީ ތިޔަ އުޚުތުންނަށް ހަމައެކަނި މުހިންމު ނަޞޭޙަތެއް ދޭށެވެ. އެންމެ މުހިންމު އަދި ފުރަތަމަ ކަމަކަށް އަހަރެން، އަހަރެންގެ އަމިއްލަ ނަފްސަށް ކިޔައިދެމެވެ. ތިޔަ އުޚުތުންނަށް ދަރުސްދީ ތިޔަ އުޚުތުންގެ މައްޗަށް ބޮޑުވެ ގަންނާކަށް އަހަރެން ނޭދެމެވެ. އަހަރެންގެ ވާހަކަތަކުގައި ތިޔަ އުޚުތުން ނުރުހޭ ފަދަ އެއްވެސް ކަމެއްވާނަމަ، ﷲ އަށްޓަކައި އަހަންނަށް މަޢާފްކޮށްދިނުމަށް ތިޔަ އުޚުތުންގެ ކިބައިން އަހަރެން އެދެމެވެ. މުޖާހިދެއްގެ އަންބެއްގެ ޙަޔާތުގެ ވާހަކަތައް އެންމެ މަޒުމޫނަކުން ހުށަހެޅުމަކީ ކުޅަދާނަކަމެއް ނޫނެވެ. މަތީގައި ލިޔެވިދިޔަ ވާހަކަތަކަކީ ހަމައެކަނި ޚުލާސާއެކެވެ. އެއީ އޭގެ ސަބަބުން، އެހެން މީހަކަށް އެކަމާއި ގުޅޭގޮތުން ކޮންމެވެސް ތަޞައްވުރެއް ނުވަތަ ވިސްނުމެއް ގެނުވައިދިނުމަށް އެހީތެރިވެވިދާނެ އެއްޗެއް ކަމުގައި ވުމަށެވެ.

-މުޖާހިދެއްގެ އަންބެއްގެ ފަރާތުން-

ކަވްކަޒް ސެންޓަރ

**** ނިމުނީ ****


އަޞްލު: ޝީޝާންގެ މުޖާހިދެއްގެ އަންބެއްގެ ފަރާތުން އިންޓަނެޓްގައި ޝާއިޢްކޮށްފައިވާ ސިޓީއެއް