27
ޖެނުއަރީ 2010 -
މިދުނިޔަވީ ޙަޔާތުގެ މިޘާލަކީ، އަބުރުވެރިކަމެއް ނެތް، ފިރިމީހާއާއި މެދު
ނުރުހުންތެރިވާ އަންހެނެއްގެ މިޘާލެވެ. އެހެން ކަމުން، މިދުނިޔެ މަތީގައި ﷲ
ތަޢާލާ، ތިބާއަށް ދެއްވާ ކޮންމެ ކަމަކާއިމެދު ހިތްހަމަޖެހިގެން ވާށެވެ.
މިދުނިޔޭގައި ހިނގާބިނގާވެ އުޅުމުގެ މިޘާލަކީ، ދާއްބަތަކަކުން ފުރިގެންވާ ބިމެއްގައި ހިނގުމުގެ މިޘާލެވެ. މިދުނިޔޭގައި އެކަމަކުން އުފާވެރިކަން ގެނުވައިދޭ ކަންތައްތައް ބަދަލުވެގެންދާނީ ހިތްދަތިކަން ގެނުވައިދޭ ކަންތައްތަކަށެވެ. ހިތްހަމަޖެހުން ލިއްބައިދޭ ކަންތައްތަކުގެ މެދުގައި ވޭން އެކުލެވިގެންވާނެއެވެ. އަދި އުފާވެރިކަން ގެނުވައިދެނީ އޭގެ ހިތްހަމަނުޖެހުން ތަކުންނެވެ. ދޫންޏަކަށް، ގޮވާން ފެންނަ ފަދައިން، މީހަކަށް އޭނާގެ އެތެރެއިން ޝިރުކު ފެނިގެންދާނެއެވެ. އަދި ނުބައި އެދުންތަކުގެ ސަބަބުން އެމީހާ އަނދިރިކަމުގެ ތެރެއަށް ވައްދައެވެ.
ޝަޙްވަތްތެރިކަން ވަނީ, އިންސާނާއަށް އިންތިހާ ދަރަޖައަށް ލިބިފައެވެ. އެހެން ނަމަވެސް، ޣައިބަށް އީމާންވާ މީހުން، އެހުރިހާ ކަންތައްތަކަކުން ދުރުހެލިވެއެވެ. އެއާއި ޚިލާފަށް އެބައެއްގެ އެދުންތަކަށް ތަބާވާ މީހުންނަށް ވަނީ ހިތާމަކުރަން ޖެހިފައެވެ.
ފުރަތަމަ ބައިގަނޑަކީ ﷲ ތަޢާލާގެ މިއާޔަތުގައި ބަޔާންކޮށްފައިވާ ބައިގަނޑެވެ.
އެހެން ނަމަވެސް، ދެވަނަ ބައިގަނޑަކީ އެބަޔަކަށް ﷲ ތަޢާލާ މިފަދައިން ވަހީކުރައްވާފައިވާ ބައިގަނޑެވެ.
މިދުނިޔަވީ ޙަޔާތުގެ ހަޤީޤަތްތަކާއި މެދު ހޭލުންތެރިވެގެން ވުމާއި، އަމިއްލަ އެދުންތަކުގެ ޟަޢީފުކަމުގެ މިންވަރު، ކާމިޔާބުގެ އަހުލުވެރިންނަށް އެގިގެން ވުމުން އެމީހުން ޤިޔާމަތްދުވަހަށްޓަކައި އެފަދަ އެދުންތަކުގެ މައްޗަށް ގަދަކަން ހޯދިއެވެ. އެބައިމީހުންގެ ފަރުވާ ކުޑަކަމުގެ ތެރެއިން ހޭލާ، އެބައިމީހުންގެ ދުޝްމަނުންތައް، އެބައިމީހުން ކަންނެތްވެފައިވީ ދުވަސްވަރުގައި ނިގުޅައިގަތް ކަންތައްތައް މަތިން ހަނދާންވެއެވެ. އެބައިމީހުން ކުރަންޖެހޭ ދުރު ދަތުރުގެ މަތިން ހަނދާންވާ ކޮންމެ ހިނދެއްގައި އެބައިމީހުންގެ މަޤްސަދު މަތިން ހަނދާންކުރެއެވެ. އެހެން ކަމުން، އެކަންތައްތައް އެބައިމީހުންނަށް ފަސޭހަވެގެން ދެއެވެ. ދިރިއުޅުމުގެ ޙަޔާތް ހިތިވެގެންދާ ކޮންމެ ފަހަރަކު، އެބައިމީހުން ﷲތަޢާލާ ވަހީކުރައްވާފައިވާ މިއާޔަތް މަތިން ހަނދުމަކުރެއެވެ.
އަޞްލު: 'އަލްފަވާއިދް' އިން ނެގި ތަރުޖަމާ ކުރެވިފައި