26
ފެބްރުއަރީ 2010 -
”ދެވަނަ ސިފައަކަށް، އެސިފައަކަށް އެންމެންވެސް ސަމާލުކަންދޭންޖެހޭ
ސިފައަކީ، ޚާއްޞަ ގޮތެއްގައި ﷲ ތަޢާލާގެ ފަރާތުން ޢިލްމު އުނގެނުމުގެ
ފުރުޞަތު ދެއްވެވި މީހުންނާއި، ﷲ ތަޢާލާގެ ހަޟްރަތުން ޢިލްމުގެ ރަޙްމަތް
ލިބި ދަޢްވަތުދޭ މީހުންނެވެ. މިފަދަ މީހުންނަށް ވަރަށް ގިނަ ފަހަރަށް ޖެހޭ
ވަރަށް ބޮޑު ބައްޔެއްވެއެވެ. ހިތާމަޔާއިއެކު އެކަމަކަށް ވަރަށް
ފަރުވާތެރިވާންޖެހޭ މިބައްޔަކީ ކިބުރުވެރިކަމާއި ބޮޑާވެރި ކަމެވެ. އަދި
މިފަދަ ކަންތަކުގެ ސަބަބުން މީހާ ބަދަލުވެގެންދާ ގޮތަކީ، އެހެން މީހުން
އޭނާ ރަނގަޅުކުރުމަށް ނުރުހި އެކަމަށް ބޭނުން ނުވުމެވެ. ނުވަތަ ބައެއް
ކަހަލަ މީހުންގެ ކިބައިން ރަގަޅުކަންތައްތައް އޭނާ ޤަބޫލެއް ނުކުރާނެއެވެ.
މާނައަކީ، އޭނާ އެބަޔަކާއި އެކުގައި އުޅޭ މީހުންނާއި އޭނާގެ ގާތް
ރަޙްމަތްތެރިންގެ ކިބައިން އޭނާ ކުށްތައް ޤަބޫލުކޮށް، އޭނާ ކުރާ ކަމެއް
އެއީ ގޯސްކަމެއްކަން ޤަބޫލުކޮށް އެނޫން މީހުންނާއިމެދު ނިކަމެތިކޮށް ދެކި
އެފަދަ މީހުންގެ ކިބައިން އެއްވެސް ކަހަލަ ފާޑުކިޔުމެއް އޭނާ ޤަބޫލެއް
ނުކުރާނެއެވެ. މިއީ ކިބުރެވެ. ރަސޫލާ (صلى الله عليه وسلم) ހަދީޘްގައި
ބަޔާންކުރައްވާފައިވާ ފަދައިން މިއީ ކިބުރުވެރިކަމާއި ބޮޑާކަމެވެ. ރަސޫލާ
(صلى الله عليه وسلم) ޙަދީޘް ކުރެއްވީ،
އެމީހެއްގެ ހިތުގައި ޒައްރެއްގެ
މިންވަރުވެސް ކިބުރުވެރިކަމެއް ހުރެއްޖެ މީހަކު ޖަންނަތަށް ނުވަންނަ
ހުއްޓެވެ.
ކޮންމެވެސް މީހަކު، ރަސޫލާ (صلى الله عليه وسلم) ގެ އަރިހުގައި ސުވާލުކުރިއެވެ. އޭނާ ބުނީ، މީހަކު ރީތި ހެދުން ލާން ލޯބިކޮށް، ރީތި ބޫޓަށް އަރަން ލޯބިކޮށް އެއަށްފަހުގައި އޭނާއަށް މިކަންތައްތަކަކީ ކިބުރުވެރިކަމަށް ވެދާނޭ ކަމަށް ވިސްނުނެވެ. ދެން ރަސޫލާ (صلى الله عليه وسلم) ޙަދީޘް ކުރެއްވިއެވެ. ”ﷲ ތަޢާލާއީ ރިވެތިވެވޮޑިގެންވާ އިލާހެވެ. އަދި އެކަލާނގެ ރިވެތިކަމަށް ލޯބިކުރައްވައެވެ.“ މީގެ މާނައަކީ، މިއީ ކިބުރުވެރިކަމެއް ނޫނެވެ. އެކަމަކު، 'ކިބުރުވެރިކަމަކީ، ޙައްޤަށް އިންކާރުކޮށް އެހެން މީހުންނާއިމެދު ނިކަމެތިކޮށް ދެކުމެވެ.' ތިބާގެ އަމިއްލަ ނަފްސު، ހައްޤުގައިވާ ކަމަށް ދެކޭ މިންވަރަށް އަނެއް މީހާ އެވަރަށް ޙައްޤުގައި ނެތްނަމަ، އެފަދަ މީހުންނާއިމެދުގައި ދެރަކޮށް ދެކި އެމީހުން ނިކަމެތި ކުރުމަކީ ކިބުރުވެރިކަމެވެ.
ތިބާއީ ދުނިޔޭގައިވާ އެންމެ މޮޅު ޢާލިމްކަމުގައި ވިޔަސް ތިބާގެ އެއްވެސް ފަރުވާލެއް ނެތް ކަން ތިބާ ދަންނަން ޖެހޭނެއެވެ. އެހެނީ ތިބާ އަށްވެސް ބައެއްފަހަރު ކުށްކުރެވޭނެއެވެ. އަދި ކުޑަ ކުއްޖަކު ތިބާގެ ގާތަށް އައިސް، ތިއީ ކުށެކޭ ނުވަތަ ގޯހެކޭ ބުނެފާނެ ކަންވެސް ތިބާ ދަންނަން ޖެހޭނެއެވެ. އަލްބުޚާރީ (رحمه الله)، އެކަލޭގެފާނުގެ ޝެއިޚަށް ފުރަތަމަ ކަމެއް ރަނގަޅުކުރުމަށް ވިދާޅުވީ އެކަލޭގެފާނުގެ ޢުމުރުން އެންމެ 11 ނުވަތަ 12 އަހަރުގައެވެ.
މިއީ އަހަރެމެން އެކަމަކަށް ފަރުވާތެރިވާންޖެހޭނެ ކަމެކެވެ. ޚާއްޞަ ގޮތެއްގައި، އަހަރެން ކުރިން ބުނި ފަދައިން ދަޢުވަތު ފެތުރުމުގައި ޙަރާކަތްތެރިވުމުގައްޔާއި އަދި ޢިލްމު އުގަންނައިދިނުމުގައެވެ. އެހެނީ، އެފަދަ ޙާލަތްތަކަކީ، އެޙާލަތްތަކުގައި މީހުންނަށް އެމީހުންގެ ކިބައިގައި ޢިލްމު ހުރިކަން އިޙްޞާޞްކުރެވޭ ވަގުތެވެ. 'ތިއީ އަހަންނާ ވާހަކަދައްކަން ކާކު ހެއްޔެވެ؟ އަހަންނާ ވާހަކަ ނުދައްކާށެވެ. ކަލޭ އަހަންނާއި މައްސަލައެއް އެބަހުއްޓެވެ. ޢުލަމާއިންގެ އަރިހަށް ދާށެވެ. އަދި ޢުލަމާ އަހަރެންގެ ގާތަށް އައިސް އަހަންނާ ވާހަކަ ދެއްކުނަ ދޭށެވެ.' މިފަދައިން ދެކުމަކީ މައްސަލައެކެވެ. އަދި ހިތާމަޔާއިއެކު މިއީ ވަރަށް ނުރައްކާތެރިކަމެކެވެ.“
އަޞްލު: www.sunnahonline.com