26
ފެބްރުއަރީ 2010 -
ﷲތަޢާލާ ވަހީކުރެއްވެވިއެވެ.
”الَّذِي يَرَاكَ حِينَ تَقُومُ (*)وَتَقَلُّبَكَ فِي السَّاجِدِينَ“
”އެކަލާނގެއީ، ކަލޭގެފާނު (ނަމާދަށް) ތެދުވެވަޑައިގަންނަވާ ހިނދު،
ކަލޭގެފާނު ދެކެވޮޑިގެންވާ ކަލާނގެއެވެ. އަދި ސަޖިދަކޮށް ނަމާދު ކުރާ
މީހުންގެ ތެރޭގައި ކަލޭގެފާނު ހަރަކާތްތެރިވެ ވަޑައިގަންނަވާތަންވެސް
އެކަލާނގެ ދެކެވޮޑިގެންވެއެވެ “(ސޫރަތު އައް-ޝުޢަރާ 219-218)
”وَهُوَ مَعَكُمْ أَيْنَ مَا كُنْتُمْ“
”އަދި ތިޔަބައިމީހުންވީ ކޮންމެ ތަނެއްގައި، ތިޔަބައިމީހުންނާއިއެކު،
އެކަލާނގެ ވޮޑިގެންވެއެވެ.“ (ސޫރަތުލް ޙަދީދް 4)
މިކަމާއި ގުޅޭ އާޔަތްތައް ވަރަށް ގިނަވެފައި މަޝްހޫރެވެ.
ތެދުވެރިކަމާއި ގުޅޭ ބާބުތައް ބަޔާންކޮށް އަދި އެކަމާއި ގުޅޭ އާޔަތްތަކާއި ޙަދީޘްތަކަށް ފަހުގައި، ލިޔުންތެރިޔާ ކުރިއަށް ގެންދެވީ ވިސްނާފިކުރު ކުރުމުގެ ބާބުންނެވެ. ވިސްނާ ފިކުރު ކުރުމުގެ 2 ގޮތެއްވެއެވެ. 1- ﷲ ތަޢާލާއާއި މެދު ވިސްނާ ފިކުރު ކުރުން، 2- ﷲ ތަޢާލާ ތިބާއަށް ބައްލަވާ ވޮޑިގެންވާ ކަން ދެނެގަތުން، މިއެވެ. ﷲ ތަޢާލާ ވަހީކުރައްވާފައިވާ ފަދައިންނެވެ.
ތިބާ ﷲ ތަޢާލާއާއި މެދު ވިސްނާ ފިކުރު ކުރުމަކީ، ތިބާގެ ކޮންމެ ބުނުމަކާއި، ޢަމަލަކާއި އަދި ވިސްނުމެއް، މަތިވެރި ވަންތަ ﷲ ތަޢާލާއަށް އެގިވޮޑިގެންވާކަން ތިބާ ދެނެގަތުމެވެ. އެހެނީ، އެކަލާނގެ ވަހީކުރެއްވިއެވެ.
”ތިބާ ކޮޅަށް ހުންނައިރުގައި ތިބާ ފެންނަނީ ކާކަށް ހެއްޔެވެ“ މާނައަކީ ރޭގަނޑުގައި، މީހަކު އެހެން މީހުންނާއި އެކަހެރިވެގެން އެހެން މީހުންނަށް ނުފެންނަ ފަދައިން ކޮޅަށް ހުންނައިރުގައެވެ. ނަމަވެސް، އެމީހާ އަނދިރީގެ އެންމެ ގަދަ އަނދިރީގައި ހުރި ކަމުގައި ވިޔަސް، ﷲ ތަޢާލާއަށް އެމީހާ ފެންނާނެއެވެ.
”އަދި ސަޖިދަ ކުރާ މީހުންނާއި އެކުގައި ތިބާ ކުރާ ހަރަކާތްތައް.“ މާނައަކީ، އެވަގުތުގައި ﷲ އަށް ސަޖިދަކުރާ ހުރިހާ އެންމެންނާއިއެކުގައި ތިބާ ހަރަކާތްކުރެއެވެ. ހަމަޔަޤީނުން ވެސް، މީހަކު ކޮޅަށް ތެދުވެ އަދި ސަޖިދަ ކުރާ ހިނދުގައި ﷲތަޢާލާއަށް އެމީހާ ފެންނާނެއެވެ. ކޮޅަށް ހުރުމާއި ސަޖިދަ ކުރުން ޚާއްޞަ ގޮތެއްގައި ފާހަގަކޮށްފައި މިވަނީ، ﷲ ތަޢާލާ ހަނދުމަކުރާ ކުރުމާއި ގުޅޭގޮތުން، ނަމާދުގައި ކޮޅަށް ހުރުމަކީ ސަޖިދަކުރުމަށްވުރެ ހެޔޮކަން ބޮޑުކަމަކަށްވާތީއެވެ އަދި ސަޖިދަ ކުރުމަކީ، އޭގެ ޙާލާތާއި ފެންނަ ފެނުމާއި ގުޅޭ ގޮތުން މާހެޔޮކަން ބޮޑުކަމެކެވެ. ސަޖިދަކުރުމަށްވުރެ، ކޮޅަށް ހުރުން ﷲ ތަޢާލާ ހަނދުމުރާ ކުރުމުގެ ގޮތުން ބަލާއިރު، ހެޔޮކަން ބޮޑުވެގެންވަނީ، ކޮޅަށް ހުރުމުގައި ﷲ މަތިން ހަނދުމަކުރުން ޝަރުޢު ކުރައްވާފައިވާ ގޮތަކީ، ޤުރުއާން ކިޔެވުން ކަމަށް ވުމާއި އަދި ބަސްފުޅު ތަކުގެ ތެރެއިން އެންމެ މާތް ބަސްފުޅަކީ ޤުރުއާން ކަމަށް ވުމެވެ. ކޮޅަށް ހުންނަ ހުރުމަށް ވުރެ ސަޖިދަކުރުން، އޭގެ ޙާލަތާއި ފެންނަ ފެނުން، ކޮޅަށް ހުންނަ ހުރުމަށްވުރެ ހެޔޮކަން ބޮޑުވެގެންވާ ސަބަބަކީ، މީހަކު ސަޖިދައިގައިވާ ޙާލަތަކީ އެމީހާ، އެމީހާގެ ވެރި އިލާހާއި އެންމެ ކުއްތަންވާ (ކައިރި) ވަގުތު ކަމަށް ވުމުންނެވެ. އަދި ރަސޫލާ (صلى الله عليه وسلم) ގެ ކިބައިން އައިސްފައިވާ ފަދައިންނެވެ. އެކަލޭގެފާނު (صلى الله عليه وسلم) ޙަދީޘް ކުރެއްވެވިއެވެ.
”އަޅާ، އޭނާގެ ވެރި އިލާހާއި އެންމެ ގާތްވާ ވަގުތަކީ، އޭނާ ސަޖިދައިގައި އޮންނަ ވަގުތެވެ.“ (މުސްލިމް)
ސަޖިދައިގައި އޮންނަ ހިނދުގައި، ދުޢާ ކުރުން އިތުރުކުރުމަށް އަމުރު ކުރެއްވިގެންވަނީ މިސަބަބާއި ގުޅިގެންނެވެ.
ﷲ ތަޢާލާއި މެދު ވިސްނާ ފިކުރު ކުރުމުގެ ތެރެއިންވާ ކަމަކީ، ތިބާ ބުނާ ކޮންމެ އެއްޗެއް ﷲ ތަޢާލާ އައްސަވާވޮޑިގަންނަވާކަން ތިބާ ދެނެގަތުމެވެ. އެހެނީ އެކަލާނގެ ވަހީކުރެއްވިއެވެ.
ހަމަމިއާއި އެއްކޮށް، ތިބާ ސިއްރުގައި ނުވަތަ ފާޅުގައި ބުނާ ކޮންމެ ހެޔޮ އެއްޗެއް އަދި ނުބައި އެއްޗެއް، އެއެއްޗެއް ތިބާއާއި ދެކޮޅަށް ނުވަތަ ތިބާއާއި އެއްކޮޅަށް ލިޔެވިގެންވާނޭކަންވެސް ތިބާ ދަންނަން ޖެހޭނެއެވެ.
މަތިވެރިވަންތަ ﷲ ތަޢާލާ ވަހީ ކުރެއްވެވިއެވެ.
މިކަން ދަންނާށެވެ. އަދި މިކަމަށް ފަރުވާތެރިވާށެވެ! ޤިޔާމަތްދުވަހުގައި ތިބާއާއި ދެކޮޅަށް ހިސާބު ކުރެވޭނެ ބުނުމެއް ތިބާގެ ދުލުން ނިކުމެދާނެކަމާއި މެދު ފަރުވާތެރިވާށެވެ. އަބަދުވެސް ދުލުން ޙައްޤު ބުނުންތައް ބުނުވުމަށް ޔަޤީންކުރާށެވެ. ނުވަތަ، ރަސޫލާ (صلى الله عليه وسلم) ހަދީޘް ކުރައްވާފައިވާ ފަދައިން، އެދޫ ހަނުހިމޭނުން ހުރުމަށް ޔަޤީންކުރާށެވެ. އެކަލޭގެފާނު (صلى الله عليه وسلم) ހަދީޘް ކުރެއްވެވިއެވެ.
”ﷲ އަށާއި ޤިޔާމަތްދުވަހަށް އީމާންވާ މީހާ، ހެޔޮ ބަހެއް މެނުވީ ނުބުނާނެއެވެ.. ނޫންނަމަ، ހަނު ހުންނާށެވެ.“ (ބުޚާރީ)
ﷲ ތަޢާލާއާއި މެދު ވިސްނާ ފިކުރު ކުރުމުގެ ތެރެއިންވާ އަނެއް ކަމަކީ، ތިބާގެ ސިއްރުތަކާއި ހިތުގައިވާ އެއްޗެއްސާއި ގުޅޭގޮތުން ވެސް އެގޮތަށް ޢަމަލު ކުރުމެވެ. ތިބާގެ ހިތުގައިވާ އެއްޗަށް ބަލާށެވެ! ﷲ އަށް ޝަރީކު ކުރުމާއި، ދެއްކުންތެރިކަމާއި، މަގުފުރެދުމާއި، ހަސަދަވެރިކަމާއި، މުސްލިމުންނާއި މެދުގައި ރުޅިވެރިކަމާއި ނުރުހުންވުމާއި، ކުއްފާރުންނަށް ލޯބިވުމާއި އަދިވެސް ﷲ ތަޢާލާ އެކަންތައްތަކާއި މެދު ނުރުއްސަވާ ކަންތައްތަކަށެވެ. ހިތް ބަލާ ހޯދާ، ހިތާއިމެދު ފަރުވާތެރިވާށެވެ. އެހެނީ، ﷲ ތަޢާލާ ވަހީކުރެއްވިއެވެ.
އެހެންކަމުން، ތިބާ ޢަމަލުންނާއި، ބުނާ ބުނުން ތަކުންނާއި އަދި ހިތުންނާއި، މިތިން ތަނުގައި ﷲތަޢާލާއާއި މެދު ވިސްނާ ފިކުރު ކުރާށެވެ. އެއީ ތިބާގެ ވިސްނުމާއި ފިކުރު ކުރުން ފުރިހަމަ ކުރުމަށްޓަކައެވެ. ރަސޫލާ (صلى الله عليه وسلم) އާއި އިޙްސާންތެރިކަމާއި ބެހޭގޮތުން ސުވާލު ދެންނެވުމުން އެކަލޭގެފާނު މިފަދައިން ޙަދީޘް ކުރެއްވީ އެސަބަބަށްޓަކައެވެ. ”އެއީ އެކަލާނގެ ފެންނަ ފަދައިން އެކަލާނގެއަށް އަޅުކަން ކުރުމެވެ. އަދި އެކަލާނގެ ނުފެންނަ ނަމަ، ދެން ހަމަކަށަވަރުންވެސް އެކަލާނގެއަށް ތިބާ ފެންނާނެއެވެ.“
ތިބާއަށް ﷲ ތަޢާލާ ފެންނަ ފަދައިން އަޅުކަން ކުރާށެވެ. އަދި ލޮލުން އެކަލާނގެ ހެކިކޮށް ބަލާށެވެ. އަދި ތިބާއަށް އެކަލާނގެ ނުފެންނަ ނަމަ ޖެހިގެން އޮތް މަރުޙަލާއަށް ތިބާ ދާށެވެ. ދެން ހަމަޔަޤީނުންވެސް އެކަލާނގެއަށް ތިބާ ފެންނާނެއެވެ.
އެހެންކަމުން، ފުރަތަމަ މަރުޙަލާއަކީ އުންމީދުގައި އެދިގެންވާ ޙާލުގައި އެކަލާނގެއަށް އަޅުކަން ކުރުމެވެ. ދެވަނަ މަރުޙަލާއަކީ، ޤަދަރުކުރުމާއި ބިރުގަންނަ ޙާލުގައި އެކަލާނގެއަށް އަޅުކަން ކުރުމެވެ. އެކަލޭގެފާނު މިފަދައިން ޙަދީޘް ކުރެއްވީ މިހެން ވެގެންނެވެ.
”އަދި ތިބާއަށް އެކަލާނގެ ނުފެންނަމަ، ހަމަކަށަވަރުންވެސް އެކަލާނގެއަށް ތިބާ ފެންނާނެއެވެ.“
އެހެންކަމުން، ﷲ ތަޢާލާއާއި މެދު ވިސްނާ ފިކުރުކޮށް، އެކަލާނގެ ބައްލަވާ ވޮޑިގެންވާކަން ދެނެގަތުމަކީ މުހިންމު ކަމެކެވެ. ތިބާ ބުނާ ކޮންމެ އެއްޗަކާއި، ކުރާ ކޮންމެ ކަމަކާއި ނުވަތަ ސިއްރުން ކުރާ ކޮންމެ ކަމެއް، الله تعالى މޮޅަށް ދެނެވޮޑިގަންނަވައެވެ. މިކަން ދަލީލުކޮށްދޭ އެތައް އާޔަތްތަކެއް ލިޔުންތެރިޔާ ބަޔާންކޮށްދީފައިވެއެވެ. އަދި ފަށާފައިވަނީ އަހަރެމެން ކުރިންވެސް ބަޔާންކޮށްފައިވާ އާޔަތަކުންނެވެ.
އަޞްލު: www.sunnahonline.com