”އޭ ފިނޑިވެ ފަސްޖެހިފައިތިބި ފިރހެނުންނޭވެ! ލަދުވެތިނުވޭހެއްޔެވެ؟“

22 ފެބްރުއަރީ 2010 - ޖިހާދުން ފިލާތިބި މިއުންމަތުގެ ފިނޑި ފިރިހެނުންތަކާއެވެ. ދުނިޔެއަށް ރަނގަޅަށް ލޯހުޅުވާ ބަލާށެވެ. ކަންފަތްތަކުން އަޑުއަހާށެވެ. ޢިބްރަތް ޙާޞިލު ކުރާށެވެ. ދުނިޔޭގެ އެކިކަންކޮޅުތަކުގައި އަނިޔާލިބެމުންދާ މުސްލިމުންގެ ދިފާއުގައި ނިކުތުމަކީ ތިޔަބައިމީހުންގެ މައްޗަށްވާ ޢައިނިއްޔަ ފަރުޟެއް ކަމުގައި ވީހިދުގައިވެސް ފިނޑިވެ ފަހަތަށްޖެހި އިށީންދެގެންތިބި މީހުންކަމުގައި ތިޔަބައިމީހުންވެޖެއެވެ. އުންމަތުގެ ހިއްވަރުގަދަ މުޖާހިދާއިން (އަންހެން މުޖާޙިދުން) ދީނުގެ ދިފާއުގައި ނިކުންނަތަން ފެނުމުން ލަދުވެތިނުވޭ ހެއްޔެވެ.

ތާރީޚަށް ބަލާއިރު ހިއްވަރުގަދަ މުޖާހިދާއިންގެ މިފަދަ ތަފާތު ނަމޫނާތައް ފެނިފައިވެއެވެ. މިގޮތުން ލާލް މަސްޖިދުގައި އެތައް ހާސް މުޖާހިދާއިންތައް އެދެއްކެވި ހިއްވަރަކީ މިފިނޑި ފިރިހެނުންނަށް ގޮންޖަހާފަދަ މަތިވެރި ހިތްވަރެކެވެ. އަދި ހަމަމިފަދައިން 3 ނޮވެމްބަރ 2006 ވަނަ އަހަރު ފަލަޞްޠީނުގެ އަންހެނުންތަކެއް ނިކުތް މިނުކުތުމަކީ އިސްލާމީ އުންމަތް އެކަމަށް ފަޚުރުވެރިވާންޖެހޭ ކަމެކެވެ. މިއީ މާޟީވެގޮސްފައިވި ކަމެއްކަމުގައިވިޔަސް، މިކަމުން، ފިނޑިވެފަހަތަށްޖެހިފައިތިބި ފިރިހެނުންތައް ޢިބްރަތް ޙާޞިލުކުރަން ޖެހޭނެކަމެކެވެ.

ފަލަޞްޠީނުގެ މިއަންހެނުންތައް ނިކުމެފައިވަނީ ޣަޒާގެ އުތުރު ހިސާބެއްގެ މިސްކިތެއްގެ ތެރޭގައި ޙިޞާރުކުރެވިފައިތިބި 15 މުޖާހިދުން ސަލާމަތް ކުރުމަށެވެ. އިސްރާއީލް ސިފައިން ޙިޞާރުކުރި މުޖާހިދުންތަށް ސަލާމަތްކުރުމަށް މިމުޖާހިދާއިންތައް ނިކުތީ މައިންތަކަކާއި އަނބިންތަކެއްގެ ގޮތުންވެސް މެއެވެ. އެމުޖާހިދުންގެ ދިފާޢުގައި އެމީހުންގެ ނާޒުކު ހަށިތައް އައްޑަނަތަކެއްގޮތުގައި ހުށަހެޅިއެވެ.

”އަހަރެމެންގެ ފުރާނައަށްބެލުމެއްނެތި މިނިކުތީ އަހަރުމެންގެ ދަރިން ސަލާމަތް ކުރުމަށެވެ.“ 40 އަހަރުގެ އުންމު މުހަންމަދު ބުންޏެވެ. الله اكبر! ހިއްވަރުގަދަ ކަމުގެ ލާމަސީލު މިޘާލެކެވެ.

އެއަވަށުގެ ރަށްބޭރު އަވަށަށް ވަދެވެން އޮންނަ ދިމާލަށް 400 ވަރަކަށް އަންހެނުން ޖަމާވީ ބަޑިންނާއި ޓޭންކުތަކުން ހަމަލާތައް ދެމުން ދަނިކޮށެވެ. އެމީހުން އެންމެފުރަތަމަ އެއްވުމަށްފަހު އިސްރާއީލް ސިފައިންނާއި ދެކޮޅަށް އަނޑުއުފުލާ މުޒާހަރާކުރިއެވެ. މުޒާހަރާކުރަން ތިބެފައި ގާތްގަނޑަކަށް 200 ވަރަކަށް އަންހެނުން ދިޔައީ މިސްކިތާ ދިމާލަށެވެ. އެމިސްކިތް ހުންނަނީ އެހިސާބާ ގާތްގަނޑަކަށް 700 މީޓަރު ދުރުގައެވެ. އަންހެނުންތައް މިސްކިތްތެރެއަށް ވަދެ އަޚުންތައް ސަލާމަތްކޮށްގެން ނެރުނީ ވަރަށްވެސް ހުޝިޔާރުކަމާއި އެކުގައެވެ. އަންހެނުންގެ ސަފުތަކުން އަޚުންތައް ތިބީ ފަރުދާކޮށްލާފައެވެ. ”އަހަރުމެންގެ އެތައް ސަތޭކަމީހުން މިސްކިތަށްވަދެ އެމީހުން ވަށާލީ.“ ޢުމުރުން އެކާވީސް އަހަރުގެ އަންހެނަކު ކަމުގައިވާ ނިދާ އަލްރާހިދު ކިޔާދިނެވެ. ޙަމަލާދިނުމަށް ތައްޔާރަށްތިބި އިސްރާއީލް ސިފައިންނަށް އަންހެނުންތަކުގެ ތެރެއިން މުޖާހިދުންތަށް ފެންނަގޮތެއް ނުވިއެވެ. އަންހެނުންތައް ތިބީ ކަޅު ބޮޑުބުރުގާ އަޅައިގެންނެވެ.

މިހިއްވަރުގަދަ މުޖާހިދާއިންތައް، މިކާމިޔާބު ކުރިމަތިލުން ހިނގިއިރު އިސްރާއީލުގެ ހެލިކޮޕްޓަރުތަކުން އެކިދިމާދިމާލަށް ބަޑިޖަހަމުން ގެނދިޔައެވެ. އެއީ އެމީހުންނަށް ބިރުދައްކާ ބައިބައިކޮށްލުމަށްޓަކައެވެ. ނަމަވެސް ޢަޒުމްވަރުދަ މިމުޖާހިދާއިންނަށް އެއްވެސް ސިހުމެއް ގުޑުމެއް ނާދެއެވެ. ހަމަކަށަވަރުން މިހިތްވަރާއި ޘާބިތުކަން އެމުޖާހިދާއިންނަށް ދެއްވީ ގަދަކިރިތިވަންތަ ﷲ ތަޢާލާއެވެ. އަޚުންތައް މިސްކިތުންނެރެ، ވަށާލައިގެން ތިބެ މިމުޖާހިދާއިންތައް ދުވެފައި’ ހިޒްބަތް ބައިތު ހަނޫންއޭ‘ ކިޔާ ސަރަހައްދަށް ދިޔައެވެ.

ماشاء الله! لاقوة الابالله

ދުޢާއަކީ މިފަދަ ހިއްވަރުގަދަ މުޖާހިދާއިން އިތުރުކުރައްވާ ގިނަކުރެއްވުމެވެ. އަދި ފިނޑިވެ ފަހަތައްޖެހިފައި ތިބި ފިރިހެނުންނަށް މިފަދަ ކަންތައްތަކުން ޢިބްރަތްލިބި ﷲ ތަޢާލާގެ ދީނުގެ ދިފާއުގައި ނިކުތުމުގެ ހިތްވަރު އާލާވުމެވެ. އާމީން!


އަޞްލު: އެކުލަވާލެވިފައި