15
ފެބްރުއަރީ 2010 -
• އިސްލާމްދީނުގައި ފާހަގަ ކުރަންޖެހޭ ޙަފްލާތައްވަނީ ކަނޑައެޅި
ބަޔާންވެފައެވެ. އަދި މިކަމަށް އެއްވެސް އުނި،އިތުރެއް ނުގެނޭވެނެއެވެ.
އެއީ އަހަރެމެންގެ އަޅުކަންތަކުގެ ތެރޭގައި ހިމެނޭ މައިގަނޑު ބައެކެވެ.
އަދި މީގެ ތެރެއަށް އިޖްތިހާދެއް ނުވަތަ މީހެއްގެ އަމިއްލަ ރައުޔެއް
ނުވެއްދޭނެއެވެ. އެކަންތައްތައް އަހަރެމެންނަށްޓަކައި
ކަނޑައަޅުއްވާފައިވަނީ ﷲ އާއި ރަސޫލާ (صلى الله عليه وسلم) އެވެ. ޝެއިޚުލް
އިސްލާމް އިބްނި ތައިމިއްޔާ (رحمه الله) ވިދާޅުވިއެވެ.
"ޙަފްލާތަކަކީ ޝަރީޢަތުގެ ބައެކެވެ. ސާފުވެގެންވާ މަގެކެވެ. އަދި ދީނީ ޙަފްލާތަކާއި ބެހޭ ގޮތުން ﷲ ތަޢާލާ ވަޙީ ކުރައްވަނީ
• ލޯބިވެރިންގެ ދުވަހަކީ ރޯމަނުންގެ ޒަމާނުގެ ފެށުމެއް ކަމުންނާއި އިސްލާމީ ތާރީޚުން އައި ކަމެއް ނޫންކަމުން، މިދުވަހަކީ ސީދާ ނަޞާރާއިންގެ ފަރާތުން އައިސްފައިވާ ދުވަހެއްކަން އެނގެއެވެ. އަދި އިސްލާމްދީނުގައިވާ ކަމެއް ނޫނެވެ.
ލޯބިވެރިންގެ ދުވަސް ފާހަގަކޮށްފިނަމަ އެކަން ހިމެނިގެންދާނީ ކާފަރުންނާއި، ނަޞާރާއިންނާއި އެއްގޮތްވުމުގެ ތެރޭގައެވެ. އަދި މިއީ ނަޞާރާއިން އެމީހުންގެ ފޮތްތަކުގައި ހިމެނިފައިވާ ކަމެއްވެސް ނޫނެވެ. އެހެންކަމުން ނަޞާރާއިންގެ ދީނުގެ ތެރޭގައި އެމީހުން ކުރާ ކަންތައްތަކުގައި ވެސް މުސްލިމުންނަށް އެމީހުންނާއި ވަތްތަރުވުން މަނާވެފައިވާ ހިނދު އެމީހުންގެ ދީނުގައި ނެތް، އެމީހުން އަލަށް އުފެއްދި ކަމެއްގައި އެމީހުންނާއި ވަތްތަރުވެވޭނީ ކޮންފަދައަކުން ހެއްޔެވެ.
ކާފަރުންނާއި އެއްގޮތްވުން އެއީ ޢާންމު ގޮތެއްގައެވެ. އެމީހުންނަކީ ބުދަށް އަޅުކަން ކުރާ ބަޔަކަށްވިޔަސް، ފޮތުގެ އަހުލުވެރީން ކަމަށްވިޔަސް މެއެވެ. އެއީ އެމީހުންގެ އެންމެ ބޮޑެތި މުހިންމު ކަންތައްތަކުގައި، ނުވަތަ އެމީހުންގެ އާދަކާދައާ ޘަޤާފަތުގައި ކަމަށްވިޔަސްމެއެވެ. މިކަން އައިސްފައިވަނީ ޤުރުއާނާއި، ސުންނަތާއި، އިޖްމާޢުންނެވެ.
ޤުރުއާނުގައި ﷲ ވަޙީ ކުރައްވަނީ
ނަބީ (صلى الله عليه وسلم) ޙަދީޘް ކުރެއްވިއެވެ. ”من تشبه بقوم فهو منهم“ މާނާއަކީ : ”ފަހެ ބަޔަކާއި ވަތްތަރުވެގެންފި މީހާއީ އެބައެއްގެ ތެރެއިންވާ މީހެކެވެ.“ (ރިވާ ކުރެއްވީ އަޙްމަދު 2/50 އަބޫ ދާވޫދު 4021)
• މިޒަމާނުގައި ލޯބިވެރިންގެ ދުވަސް ފާހަގަ ކުރުމުގެ އެންމެ ބޮޑު މަޤްސަދަކީ އެންމެންގެ މެދުގައި ލޯބި އުފެއްދުމަށްޓަކައެވެ. ކާފަރުންނާއި މުއުމިނުންނާއި އެއްގޮތްވާ ގޮތުގެ މަތީންނެވެ. ޝައްކެއްނެތް ގޮތުގައި ކާފަރުންދެކެ ލޯބި ވުމަކީ ޙަރާމް ކަމެކެވެ. ﷲ ވަޙީ ކުރައްވަނީ
ޝެއިޚުލް އިސްލާމް އިބްނި ތައިމިއްޔާ (رحمه الله) ވިދާޅުވިއެވެ. މުއުމިނެއް، އޭނާގެ ގާތް ރަޙްމަތްތެރިއަކަށް ކާފަރެއް އިޚްތިޔާރު ނުކުރާނެ ކަމަށް ﷲ ވަނީ އަހަރެމެންނަށް އަންގަވާފައެވެ. އަދި ގާތް ރަޙްމަތްތެރިއެއްގެ ގޮތުގައި ކާފަރެއް އިޚްތިޔާރުކޮށްފި މީހަކީ އިސްލާމެއް ނޫނެވެ. ބޭރުފުށުންވެވޭ އެއްގޮތްވުމަކީ ލޯބިވުމުގެ ޢަލާމާތެކެވެ. އެހެންކަމުން އެކަމަކީ ޙަރާމް ކަމެކެވެ.
• ނަޞާރާއިން ގެނެސްދިން މިލޯބިވެރިންގެ ދުވަހުގެ ލޯތްބަކީ އިޝްޤީ ލޯތްބެވެ. އަދި މިއީ ކައިވެނީގެ ބޭރުން ހިންގޭ އިޝްޤީ ލޯތްބެކެވެ. މީގެ ނަތީޖާއަކީ ފާޙިޝް ޢަމަލުތަކާއި ޒިނޭކުރުން ފެތުރުމެވެ.
ގިނަ ޒުވާނުން މިދުވަސް ފާހަގަ ކުރަނީ އެބައިމީހުންގެ އެދުންތަކެއް ފުއްދައިލުމުގެ ބޭނުމުގައެވެ. އަދި ކުއްފާރުންނާއި އެއްގޮތްވުމުގެ ގޮތުންނެއް ނޫނެވެ. އަދި މިއެދުމުގައި އެންމެ ފަހުންގޮސް އެމީހުން ޒިނޭ ކުރާ ހިސާބަށް ދެއެވެ. އަދި ނަޞާރާއިންނާއި އެއްގޮތްވުމަކީ އެމީހުންގެ އަޅުކަމުގައި ހިމެނިފައިވާ ބައެކެވެ. އަދި އެކަން ބައެއްފަހަރު ކުފުރާއި ހިސާބަށް ދެއެވެ.
އަޞްލު: www.islamqa.com