07
މާރޗް 2010 -
އަހަރެމެން އިންސާނުންގެ ކިބައިގައި ޤުދުރަތީ ގޮތުން ބައެއް އަޅުކަންތައް
ކުރުމަށް ފޫހިވުން އެކުލެވިގެންވެއެވެ. އެއީ، އަހަރެމެންގެ އެތެރޭގައިވާ
ކަންނެތްކަމުގެ ސަބަބުންނެވެ. މިޘާލަކަށް ކޮންމެވެސް މީހަކީ ވަރަށް
ހިތްހަރު އަދި ވަރަށް ގިނަ ނުބައި ޢަމަލްތައް ކުރާ މީހަކަށްވެފައި، އޭނާގެ
ޖިސްމާނީ އަރާމާއިމެދު މާބޮޑަށް ވިސްނާ އަދި ﷲ ތަޢާލާގެ ޛިކުރު ނުކުރާ
ބަޔަކާއި އެކުވެ އުޅޭ މީހެއް ކަމަށްވާނަމަ، އޭނާއަށް އޭނާގެ ނަމާދުތައް
ކުރަން އުދަނގޫވާނެއެވެ. އަދި އޭނާ ނަމާދުކުރާ ނަމަ ކުރާނީ
ޚުޝޫޢަތްތެރިކަމެއް ނެތި އަވަސްކަމާއި އެކުއެވެ.
ކޮންމެ ހަރުފަތެއްގައިވެސް، އިންސާނާއަށް އަޅުކަން އަދާ ކުރުމަށްޓަކައި ކެތްތެރިކަން ބޭނުންވެއެވެ. އެއަޅުކަމެއް އަދާކުރަން ފެށުމުގެ ކުރިން އޭނާގެ ނިޔަތް ރަނގަޅުތޯ ޔަޤީންކުރަންޖެހޭނެއެވެ. އޭނާގެ އިޚްލާޞްތެރިކަން ބަލަންޖެހޭނެއެވެ. އަދި އެއްވެސް އަޅުކަމެއް ކުރުމުގައި، ދެއްކުން ތެރިކަން ނެތިކުރުމަށް މަސައްކަތް ކުރަންޖެހޭނެއެވެ. އެއަޅުކަމެއް ކުރަމުން ދާއިރުގައި، އެކަމެއް ފުރިހަމަކުރުމަށް މަސައްކަތް ކުރަންޖެހޭނެއެވެ. އަދި ނިޔަތް ޚާލިޞްކުރުމާއި އަދި ސިކުނޑި އެކުރަމުންދާ އަޅުކަމެއް ކުރުމުގެ މަޤްޞަދާއި މެދު ވިސްނަމުންނެވެ. މާނައަކީ، ﷲ ތަޢާލާ ރުއްސުމަށްޓަކައި ކުރުމެވެ. އަޅުކަމެއް ކޮށްނިމުމަށްފަހުގައި، އޭނާގެ އަޅުކަން ފަސާދަކޮށްފާނޭ ހުރިހާ ކަމަކުން އަހަރެމެން ދުރުހެލިވާންޖެހޭނެއެވެ. ﷲތަޢާލާ އަހަރެމެންނަށް ވަހީކުރެއްވިއެވެ.
އޭނާގެ ޢަމަލު (އަޅުކަން) ތަކާއިމެދުގައި ބޮޑާވެ، އެކަންތައް ފާހަގަކުރުމުން ދުރުވެގަތުމުގައިވެސް ކެތްތެރިވާންޖެހޭނެއެވެ. އެހެނީ، މިއީ ބޮޑަށް ހާމަކަންބޮޑު ނުބައި ޢަމަލުތައް ގިނައިން ކުރުމަށްވަރު މާގެއްލުން ހުރިކަމެކެވެ. ހަމައެއާއިއެކު، އޭނާ އަބަދުވެސް އޭނާ ކުރާ އަޅުކަންތައް އެހެން މީހުންނަށް ސިއްރުކޮށް އެހެން މީހުންގެ ކައިރީގައި އޭނާގެ އަޅުކަންތަކުގެ ވާހަކަ ދެއްކުމުން ދުރުހެލިވާންޖެހޭނެއެވެ.
އަޞްލު: Patience and gratitude