07
ފެބްރުއަރީ 2010 - ކާމިޔާބު ލިބެނިވި ބައިގަނޑާއި ބެހޭގޮތުން ނަބީ (صلى
الله عليه وسلم) ޙަދީޘް ކުރެއްވި ބަސްފުޅުތަކަށް އަހަރެމެން އިމާންވަމެވެ.
އެކަލޭގެފާނު (صلى الله عليه وسلم) ޙަދީޘްކުރެއްވިއެވެ. ”ﷲގެ މަގުގައި
ހައްޤުގެ މަތީގައި ކާމިޔާބު ކަމާއިއެކު ޤިޔާމަތާއި ޖެހެންދެން ހަނގުރާމަ
ކުރާނެ ބައިގަނޑެއް އަބަދުވެސް ތިމަންކަލޭގެފާނުގެ އުއްމަތުގައި ވާނެއެވެ.
އަދި އެއަށްފަހު ޢީސާ (عليه السلام) ފައިބާވަޑައިގެންނަވާނައެވެ. އެހިނދު
އެޖަމާޢަތުގެ އަމީރު ޢީސާ (عليه السلام) އަށް ދަންނަވާނެއެވެ. ”ވަޑައިގެން،
ތިމަންމެންގެ ނަމާދުގައި އިމާމުވެ ކުރައްވާށެވެ.“ އެހިނދުގައި އެކަލޭގެފާނު
ވިދާޅުވާނެއެވެ. ”ނޫނެކެވެ. ތިޔަބައިމީހުންނަކީ އެކަކު އަނެކެއްގެ
މައްޗަށްވާ އަމީރުންނެވެ. އެއީ ﷲ ގެ ފަރާތުންވާ މިއުއްމަތަށްވާ
ޢިއްޒަތެކެވެ.“ (މުސްލިމް)
އަދިވެސް ނަބީ (صلى الله عليه وسلم) ޙަދީޘް ކުރެއްވިއެވެ. ”އެންމެ މަތިވެރިވަންތަ އަދި އެންމެ ބާރުގަދަވަންތަ ﷲ ތަޢާލާގެ އަމުރުފުޅަށް ހަނގުރާމަކުރާ، އަދި އެމީހުންގެ ޢަދުއްވުންތައް ބަލިކުރަމުންދާނެ ބައިގަނޑެއް ތިމަން ކަލޭގެފާނުގެ އުއްމަތުގައި އަބަދުވެސް ވާނެއެވެ. އަދި އެމީހުންނާ ޢަދާވަތްތެރިވާ މީހުންގެ ސަބަބުން އެމީހުންނަށް އެއްވެސް ގެއްލުމެއް ނުލިބޭނެއެވެ. އަދި ޤިޔާމަތާއި ޖެހެންދެން އެމީހުން އެގޮތުގައި ދެމިތިބޭނެއެވެ.“ (މުސްލިމް)
އެހެންކަމުން އެބައިގަނޑަކީ ކޮންމެ ޒަމާނެއްގައިވެސް ﷲ ގެ ދީނަށް ނަޞްރުދޭނެ ބައިގަނޑެކެވެ. އަދި އެއީ ހަނގުރާމަކުރުމުންނެވެ. ﷲ ގެ މަގުގައި ޖިހާދުކޮށް، ﷲ ދީނަށް ނަޞްރު ދެވޭނެ އެންމެހާ މަގުތަކުން ނަޞްރުދިނުމަށްޓަކައި އެބައިމީހުން އަވަސްވެގަނެއެވެ. ﷲ ތަޢާލާގެ ހަޟްރަތުން އަހަރެމެން އެދެނީ ކާމިޔާބު ލިބެނިވި ބައިގަނޑުގެ ތެރެއިން އަޅަމެން ލެއްވެވުމުމަށެވެ. އަދި އަހަރެމެންގެ ނިމުމަކީ އެއިލާހުގެ މަގުގައި ޝަހީދުވުން ކަމުގައި ލެއްވެވުމެވެ.
އަޞްލު: ’This is our aqeedah‘ މިފޮތުން ނެގި ތަރުޖަމާ ކުރެވިފައި