Share

އުފާވެރިކަމުގެ އަސާސްތައް

އިމާމް އިބްނި އަލްޤައްޔިމް އަލް ޖައުޒިއްޔާ (رحمه الله)

ތަރުޖަމާ: އަބޫ މުޙައްމަދު (جزاه الله خير)

05 މާރޗް 2010 - • ކާމިޔާބުން މަދަދު ލިބިގެންވާ ސިނކުޑިއަކުން ދެކޭނީ ނަބީ (صلى الله عليه وسلم) ގެނެސްދެއްވި ސުންނަތަކީ ޙައްޤު ކަމަށާއި އަދި އެސުންނަތުގައި، ޙިކްމަތާއި ސަބަބާއި ދެމެދުގައި އެއްވެސް ދެބަސްވުމެއް ނުވާކަމަށެވެ. އެހެންނަމަވެސް ނުބައިވެގެންވާ ސިނކުޑިއަކުން ދެކޭނީ އިސްލާމީ ޝަރީޢަތާއި، ޙިކްމަތާއި އަދި ސަބަބާއި ދެމެދުގައި ޚިލާފު ހުރިކަމަށެވެ.

• ﷲ ތަޢާލާ އާއި ގާތް ވެވޭނެ ގޮތްތަކަކީ ސިއްރުގައާއި ފާޅުގައި ސުންނަތަށް ތަބަޢު ވުމާއި، ﷲ ގެ ފަރާތުން މަދަދުވެރި ވުމާއި އެކު، އަހަރެމެންގެ ޢަމަލުންވެސް އަދި ބަހުންވެސް އެއިލާހުގެ ފަރާތުން އެދުމެވެ. އެއްވެސް މީހަކަށް މި 3 ސިފަ އާއި ނުލާ ﷲ އާއި ބައްދަލު ނުކުރެވޭހުއްޓެވެ. އަދި ﷲ އާއި ބައްދަލުކުރުމުން އެއްކިބާ ކުރެވިގެންވާ މީހާ ހަމަކަށަވަރުން މި 3 ސިފަ ނުވަތަ އޭގެ ތެރެއިން 1 ސިފަ ނަމަވެސް ދޫކޮށްލައިފިއެވެ.

• އުފާވެރިކަމުގެ ފެށުމުގެ އަސާސްތައް ވަނީ 3 ކަމަކުންނެވެ. އަދި މި 3 ކަމުގައިވެސް އޭގެ އިދިކޮޅު ކަންތައްތަކެއް ވެއެވެ. އަދި މިއިން ކަމެއް ދޫކޮށްލައިފި މީހަކު، އޭގެ އިދިކޮޅު ކަންތައް ލިބިގަނެއްޖެއެވެ. އެއީ މުވައްޙިދަކަށް ވުމާއި އޭގެ އިދިކޮޅު ކަމަށްވާ ޝިރުކު ކުރުމެވެ. ސުންނަތާއި އޭގެ އިދިކޮޅުކަމަށްވާ ބިދުޢައެވެ. ކިޔަމަންތެރިވުމާއި އޭގެ އިދިކޮޅު ކަމަށްވާ ނުކިޔަމަންތެރިވުމެވެ. ﷲ އާއި ބައްދަލުކުރުމަށް ނޭދޭ މީހާއާއި، ﷲ ގެ ރުހިވޮޑިގަތުމަށް ނޭދޭ މީހާއާއި، ﷲ ގެ ވަޢުދަށް ނޭދޭ މީހާއާއި، ﷲ ޢަޛާބަށް ބިރުނުގަންނަ މީހާއާއި، އަދި އުރެދުންތެރީންނަށް އެއިލާހު ވަޢުދު ކުރައްވާފައިވާ ވޭންދެނިވި ޢަޛާބަށް ބިރުނުގަންނަ މީހާ މި 3 ކަންތަކުގެ އިދިކޮޅު ކަންތައްތަކަށް ވަދެގެނެއްޖެއެވެ.


އަޞްލު: 'އަލް-ފަވާއިދުން' ނެގި ތަރުޖަމާ ކުރެވިފައި