24
އޮގަސްޓު 2009 - މިހާރަކަށް އައިސް ވަރަށް ހަލުވި ދުވެއްޔެއްގައި ފެތުރެމުންދާ
[ތަކްފީރުކުރުމުގައި ޙައްދުފަހަނައަޅާ ދިޔުމުގެ ފިކުރ] އަޅުގަނޑުމެންގެ
މިކުޑަ ކުޑަ ދިވެހިރާއްޖޭގައިވެސް މިފަހަކަށް އައިސް ފެތުރެމުންދަނީ ހިތާމަކުރަންޖެހޭ
މިންވަރަކަށެވެ. އެންމެ ބޮޑަށްބިރުގަންނަން ޖެހެނީ މިކަމުގެ ނަތީޖާއަކީ
ވަރަށްވެސް ނުރައްކައުތެރި އަދި ގެއްލުންހުރި ކަމަކަށްވާތީއެވެ. ތަކްފީރު ކުރުމުގައި
އަވަސްވެގަތުމުގެ ސަބަބުން މުސްލިމުންގެ ލެއާއި މުދާ ހުއްދަކޮށް އެތަކެތީގެ
ޙުރުމަތް ކަނޑާލުމަކީ ވަރަށްވެސް ބިރުވެރި ކަންކަމެެވެ.
އަދި ހަމަ މި ނުރައްކައުތެރި ފިކުރުގެ ސަބަބުން ދިވެހިރާއްޖޭގައި، މިއަދު އަޅުގަނޑުމެން އެންމެންގެ ބޯމައްޗަށފަރުޟުވެފައިވާ ޖިހާދުގދަޢްވަތު ޤަބޫލުކޮށް އެއަށް ތާއީދު ކޮށް އެހީތެރިކަން ދޭނެ ބޯތައް ވަނީ ހީވެސް ނުކުރާހާ މަދުވެފައެވެ. މިއާ ޚިލާފަށް އަޅުގަނޑުމެންގެ ތެރެއިން ބައެއް އަޚުންނާއި އުޚްތުން, ހަމައެކަނި މި ފިކުރު - މިއަދު ފަރުޟުވެފައިވާ ޖިހާދު – އާއި މެދު ޚިލާފު އުފެދުނަސް ނުވަތަ އެކަމަށް ތާއީދު ނުކުރީތީވެ އެމީހެއްގެ މުދަލާއި ލޭ ހަލާލުކޮށްލާތަން އެބަފެނެއެވެ. މިފަދައިން މިކަންތައް ކުރާ އަޚުންނާއި އުޚުތުން މާދަމާ ޤިޔާމަތުގެ ދުވަހުގައި އޭނާގެ މައްޗަށް އެޙުކުމް ޘާބިތު ކުރާނީ ކޮންފަދައަކުން ހެއްޔެވެ؟ އަދި އަޅުގަނޑުމެންގެ މަޤްޞަދަކަށް ވާންޖެހޭނީ މީސްތަކުން ނަރަކައަށް ވެއްދުމެއްނޫނެވެ. މިއާ ޚިލާފަށް މަޤްޞަދަކަށްވާންޖެހޭނީ ވީހާވެސް ގިނަބަޔަކު ޖަންނަތަށް ވެއްދޭތޯ މަސައްކަތް ކުރުމެވެ. ﷲ އެބައިމީހުންނަށް ހިދާޔަތް ދައްކަވާށި! އާމީން.
ނަމަވެސް މި ނުބައިކަން ބޮޑު ފިކުރަކީ އަހްލުއް ސުންނަތް ވަލް ޖަމާޢަތުގެ ޢިލްމުވެރީންނާއި ދިމާއިދިކޮޅު ފިކުރެކެވެ. އަދި ހަމައެހެންމެ މިއަދު ދުނިޔޭގައި ޖިހާދުކުރަމުންގެންދާ، ހައްޤުގެ މަގުގައި އެބައިމީހުންގެ ނަފްސުތައް ކުދިކުދިކުރަމުންގެންދާ މަތިވެރި މުޖާހިދުންނާއި މުޅިން ޚިލާފު ފިކުރެކެވެ. މިއީ މުޖާހިދުންގެ ފިކުރުނަމަ އެބައިމީހުންނަށް ޖިހާދު ކުރުމުގައި އެންމެ ބޮޑަށް ބޭނުންވާ އެއްވަޞީލަތް ކަމުގައިވާ އަންޞާރުން ހޯދާނީ ކިހިނެއް ހެއްޔެވެ؟ އެހެން ގޮތަކަށް ބުނާނަމަ މިއީ ޖިހާދުގައިނަމަ [މަހަކަށް ފެން ބޭނުންވާފަދައިން] މުޖާހިދުންނަށް ބޭނުންވާ މުޙިއްމު އެއްވަޞީލަތެވެ. ހަމަ އެހެންމެ ހަނގުރާމައެއް ކާމިޔާބުކުރުމަށްޓަކައި އެންމެ ބޮޑަށް ބޭނުންވާ އެއްވަޞީލަތް ވެސް މެއެވެ. މިދީނުގެެ ޢަދުއްވުން އެކަމަކަށްޓަކައި ރެޔާއި ދުވާލު ރޭވުންތައް ރާވަމުންދާ [މީސްތަކުންގެ ސިކުނޑިތަކާއި ހިތްތައް ގަނެލުމެވެ.] (WINING THE HEARTS AND MINDS)
މިމައްސަލަ ދިމާވާން މެދުވެރިވާ އެންމެ ބޮޑު އެއްސަބަބަކީ އަމިއްލައަށް ފޮތްތައް ކިޔާ ބޮޑެތި މައްސަލަ ތަކުގައި ގޮތްނިންމޭތީއެވެ. އަދި ތަކްފީރު ކުރުމުގެ ޤަވާޢިދާ އޭގެ އުޞޫލުތައް ރަނގަޅަށް ނުބެލޭތީއެވެ. ޢިލްމުވެރިންގެ ނަމުގައި ތިބެ އޮޅުވާލަމުންގެންދާތީއާއި އަދި ރައްބާނިއްޔަ ޢިލްމުވެރީންގެ މަދުކަމެވެ. އެހެން ކަމުން މިކަމާ ގުޅޭގޮތުން ޢިލްމުވެރީން ދައްކަވާފައިވާ ވާހަކަތައް ބެލުން މުހިއްމު ކަމަށްފެނެއެވެ. އެހެނީ ޢިލްމުވެރީން ވަނީ މިކަމުގެ ނުރައްކައުތެރިކަމުގެ ސަބަބުން، މިކަމުން ދުރުވެ ރައްކައުތެރި ވުމަށް އިންތިހާއަށް ގޮވާލައްވާފައެވެ.
ޝޭޚް އަބޫ މުޙައްމަދު ޢާޞިމް އަލް-މަޤްދިސީގެ ބަސްފުޅު:
[This is Our Aqeeda] (ދެވަނަ އެޑިޝަން) މިފޮތުގެ [ތަކްފީރު އެމީހެއްގެ މައްޗަށް ޤާއިމްކުރެވޭ މީހާ] : ޞަފްޙާ ނަންބަރު 58،59،60 ނެގި ތަރުޖަމާ ކުރެވިފައި:
ޤިބްލައިގެ އަހުލުވެރީންގެ ތެރެއިން ހިމެނޭ މުސްލިމު ޢާންމު ބައިގަނޑު ގެ މައްޗަށް އަހަރެމެން ރަޙުމް ކުރަމެވެ. އަދި އަހަރެމެން އެބައިމީހުންގެ ޤާބިލުކަމުގެ މިންވަރަށްވުރެ މައްޗަށް އެބައިމީހުންނަކަށް ބުރައެއްނުކުރާނަމެވެ. އެހެންކަމުން އެބައިމީހުންގެ އިސްލާމްކަން ބެލުމަށްޓަކައި ، އެބައިމީހުންނަށް އިސްލާމްދީނުން ބޭރުވާ ހުރިހާކަމެއް އެނގުން ނުވަތަ لا إله إلاّ الله ގެ ޝަރުތުތައް ޢަދަދުކޮށް ހިތުދަސްކުރުން އެއީ ޝަރުތެއްކަމުގައި އަހަރެމެން ނުދެކެމެވެ. ނަމަވެސް އެބައިމީހުން ތަޥްޙީދުގެ އަސާސްތައް ފުރިހަމަކުރާހާ ހިނދަކު, އަދި ﷲ އާއި އެއްފަދަ ފަރާތެއް ބައިވެރިކުރުން ނުވަތަ ޝިރުކުކުރުމުން ދުރުވެގެންތިބޭ ހާލު އަދި ދީނުން ބޭރުވާފަދަ ކަމެއް ނުކުރާހާ ހިނދަކު, އެބައިމީހުން ބެލެވޭނީ އިސްލާމުންގެ ގޮތުގައެވެ. އަހަރެމެން ބަލަނީ ތަކްފީރު ކުރުމުގެ ޝަރުޠުތަކަށާއި ތަކްފީރު ކުރުމަށް ހުރަސްއަޅާ ކަންތައްތަކަށެވެ. ހަމައެފަދައިން މިއަދު މުސްލިމުން މިއަދު އުޅެމުންގެންދާ ނިކަމެތި ޙާލަތު މިކަމުގައި ނަގަންޖެހެއެވެ. އެހެނީ އިސްލާމްދީނުގެ ބާރެއްނެތި އަދި އެފަދަ ވެރިކަމެއް ނުވަތަ ބިމެއްނެތި މުސްލިމުން އުޅުމެވެ. އަދި ހަމަ މިއާއެކު މުސްލިމުންގެ ތެރޭގައި ފެތުރިފައިވާ ޖާހިލުކަމާއި ޢިލްމުގެ މަދުކަމުގެ ސަބަބުން އިންތިހާއަށް ފެތުރިފައިވާ އޮޅުންތަކާއި ރައްބާނިއްޔަ ޢިލްމުވެރީންގެ މަދުކަމެވެ.
މިހެން ބުނުމަށްފަހު، މުއުމިނުންގެ ތެރެއިން، އުރެދޭމީހުނ(ފާފަ ކުރާމީހުން) ގެ ފަރާތުން ބަރީޢަވުން އަހަރެމެން އިޢްލާނެއް ނުކުރަމެވެ. އެހެނީ ބަރީޢަވުންވަނީ ކުއްފާރުންނާއި މުޝްރިކުންނާއި އަދި މުރުތައްދުންގެ ފަރާތުންނެވެ. މިއާއި ޚިލާފަށް މުއުމިނުންގެ ތެރެއިން އުރެދޭމީހާ ވަނީ އީމާނުގެ ސަބަބުން އުފެދޭ ގުޅުމުގެ ތެރޭގައެވެ. އަދި އަހަރެމެން، އެބައިމީހުން މުސްލިމުންގެ ގޮތުގައި ތިބޭހާހިނދަކު މިގުޅުމުން އެމީހުން ބޭރެއް ނުކުރަމެވެ. އަދި އަހަރެމެން ހަމައެކަނި ބަރީޢަވަނީ އެބައިމީހުންގެ އެ އުރެދުމުން، އެފާފައިން، އެފަސާދަ އިންނެވ. އަދި އަހަރެމެން، އެބައިމީހުންނާއި މެދު ކާފަރުން ފަދައިން ޢަމަލެއް ނުކުރަމެވެ.
ތަކްފީރު ކުރުމުގައި ޙައްދުއަޅައިފާވާ މީހުން ފަދައިން ސަރުކާރުތަކުގައި މަސައްކަތްކުރާ އެންމެންގެ މައްޗަށް އަހަރެމެން ތަކްފީރެއް ނުކުރަމެވެ. އަހަރެމެން ހަމައެކަނި ތަކްފީރު ކުރަނީ އެމީހެއްގެ މަސައްކަތުގައި ޝިރުކެއް ނުވަތަ ކުފުރެއް ހިމެނޭ މީހުންނަށެވެ. ކުފުރު ނުވަތަ ތާޣޫތީ މަޖަލީސް ތަކުގައި ބައިވެރިވާ މީހުންނާއި ތަޥްޙީދުގެ އަހުލުވެރީންނާއި ދެކޮޅަށް ކާފަރުންނާއި މުޝްރިކުންނަށް އެހީވާ މީސްމީހުންފަދަ މީހުންނަށެވެ.
އަދި ކުއްފާރުންނާއި އެއްކޮށް މަސައްކަތް ކުރުުމާއި ބެހޭގޮތުން އަހަރެމެން ބަޔާންކޮށްދެމެވެ. އޭގައި ހިމެނޭ ހުރިހާ ކަމަކީ އެއީ ޙަރާމް އަދި ކުފުރު ކަމުގައި އަހަރެމެން ނުބުނަމެވެ. ނަމަވެސް އޭގެތެރޭގައި ޙަރާމް ކަންތައްތައްވެސް ހިމެނެއެވެ. އަދި އޭގެތެރެގައި ކުފުރު ކަންތައްތައްވެސް ހިމެނެއެވެ. އަދި ހަމައެހެންމެ އެއަށްވުރެ ދަށް ކަންތައްވެސް އޭގެތެރޭގައި ހިމެނެއެވެ. ކޮންމެ ވަޒީފާއެއް ވެސް ވަނީ މިފަދައިންނެވެ.
ރަނގަޅަށް ބެލުމާއި ޔަޤީން ކުރުމާއި ސާފްކުރުމެއްނެތި، ތަކްފީރު ކުރުމުގައި އަވަސްވެގަތުމާއި އޭގެސަބަބުން ނިކުންނަ ނަތީޖާތައް ތަންފީޒު ކުރުމަށް އަވަސްވެގަތުމަކީ އަހަރެމެންގެ މަންހަޖެއް ނޫނެވެ. އެހެނީ [ތަޥްހީދުގެ މަތީގައިވާ ނަމާދު ކުރާމީހުންގެ ލޭ ހުއްދަކަމަށް ނިންމުމަކީ ވަރަށްވެސް ނުރައްކައުތެރި ކަމެކެވެ. އެންމެ މުސްލިމެއްގެ ލޭ އޮހޮރާލުމުގެ ކުށައްވުރެ، އެއްހާސް ކާފަރުން ދޫކޮށްލުމުގެ ކުށް މާ ފަސޭހައެވެ.]
އަދި އަހަރެމެން ތަކްފީރު ކުރުމުގައި، ކުފުރުގެ ވައްތަރު ނުވަތަ ޢަމަލުގެ ކުފުރާއި، ވަކި ކުފުރާއި ތަފާތު ކުރަމެވެ. އަހަރެމެން ޤަބޫލުކުރަނީ ކުފުރު ފާޅުވި ފަރުދެއްގެ މައްޗަށް އެފަރުދަށް އެނަން (ކާފަރެއްގެ) ދިނުމުގައި އޭނަގެ ކިބައިގައި އޭގެ ޝަރުތެއް ނެތުން ނުވަތަ އެކަމަށް ހުރަސް އަޅާކަމެއް ހުރެއްޖެނަމަ، އޭނަގެމަޢްޗަށް އެޙުކުމެއް ނުޖެހޭނެއެވެ. އަހަރެމެން ޤަބޫލުކުރަނީ އިސްލާމްދީނަށް ޔަޤީންކަމާއިއެކު ވަންނަ މީހާ ޝައްކުގެ ސަބަބުން ނުވަތަ ތުޙުމަތެއްގެ ސަބަބުން އެދީނުން ބޭރުކުރުމަކީ ހުއްދަވެގެންވާ ކަމެއްނޫނެވެ. އެހެނީ ޔަޤީން ކަމާއިއެކު ޤާއިމްކުރި ކަމެއް ޝައްކުންނެއް ފިލުވައެއް ނުލެވޭނެއެވެ.
މިއީ ތަރުޖަމާކޮށް އެކުލަވާލައިފައިވާ ލިޔުންކޮޅެކެވެ. جزاهم الله خيرا