Share

”އަހަރެން ގުޅޭނީ ކޮން ބައިގަނޑަކާ ހެއްޔެވެ؟“

އަބޫ މުޙައްމަދު އަލްމަޤްދިސީ (حفظه الله)

ތަރުޖަމާ: އުޚްތު ޢަމާރާ (جزاها الله خير)

04 ފެބްރުއަރީ 2010 - ”ތިބާ ގުޅޭނީ ކޮން ޖަމާޢަތަކާތޯ ސުވާލުކުރާށެވެ.“ ޙައްޤާއި ތަވްޙީދު އަދި އޭގެ އަހުލުވެރިންނަށް އެހީތެރިވުމަށް އަހަރެން އެންމެނަށް ނަޞޭޙަތްތެރިވަމެވެ. އަދި މިގޮތަށް އެންމެ ފުރިހަމައަށް ޢަމަލު ކުރާ ބައިގަނޑު ހޯދާ އެމީހުންނާއިއެކުގައި ކެތްތެރިކަމާއި އެކުގައި ވުމަށެވެ. ﷲ ތަޢާލާ، އެކަލާނގެ ރަސޫލާ (صلى الله عليه وسلم) އަށް އެންގެވި ފަދައިންނެވެ.

”وَاصْبِرْ نَفْسَكَ مَعَ الَّذِينَ يَدْعُونَ رَبَّهُمْ بِالْغَدَاةِ وَالْعَشِيِّ يُرِيدُونَ وَجْهَهُ“ ”އަދި އެބައިމީހުންގެ ވެރިރަސްކަލާނގެ ވަޖުހުފުޅު އެދިގެން، އެކަލާނގެއަށް ހެނދުނާއި، ހަވީރު ދުޢާކޮށް އަޅުކަންކޮށްއުޅޭ މީހުންނާއިއެކު، ކަލޭގެފާނުގެ ނަފްސު ހިފަހައްޓަވައި، ކެތްކުރައްވާށެވެ!“ (ސޫރަތުލް ކަހުފް: 28)

ތަވްޙީދުގެ އަހުލުވެރިން ދަނެގަތުމަށްޓަކައި، ފުރަތަމަ ތަވްޙީދު އުގެނި ދަސްކުރަންޖެހޭނެއެވެ. އެހެނީ މީސްތަކުން ދެނެގަންނާނީ ޙައްޤުގެ މައްޗަށް ބިނާކޮށެވެ. އެހެންކަމުން، ތަވްޙީދަށް ގޮވާލާ މީހުންނާއި އެންމެ ކައިރިކުރާ މީހުން އެނގިއްޖެނަމަ، ރަޙްމަތްތެރިކަމުގެ ގޮތުން ވަރުގަދައަށް އެމީހުންނާއި ގުޅުން ބަދަހިކުރާށެވެ. އަދި ކުރެވޭ މިންވަރަކުން އެމީހުންނަށް އެހީވާށެވެ.

ކަނުކޮށް މީސްމީހުންނަށް ތަބަޢުވުމާއި މެދު ފަރުވާތެރިވާށެވެ. އެހެނީ، އޭގެ ސަބަބުން، ތިބާ އިތުރަށް ހެޔޮކަންތައް ކުރުމުން ދުރުކޮށްދެއެވެ.

ޙައްޤުގެ އަހުލުވެރި ބަޔަކާ ތިބާ ގުޅުން ބަދަހި ކުރުމަށް، އަހަރެން ގޮވާލާ ބައެއްގެ ކިބައިގައި އަންނަނިވި މުހިންމު ސިފަތައް ހުންނަންވާނެއެވެ.

• އަހުލު ސުންނަތު ވަލް ޖަމާޢަތުގެ ޢަޤީދާއަށް ތަބަޢަވުން.

• ތަވްޙީދަށް ގޮވާލުމުގައިއާއި ޝިރުކުން ބަރީއަވުމުގައި، ރަސޫލާ (صلى الله عليه وسلم) ގެންގުޅުއްވި އުޞޫލުތަކަށް ތަބާވުން.

• މިކަންތައްތައް ކުރުމުގައި، އިބްރާހިމް (عليه السلام) ޢަމަލު ކުރެއްވި ފަދައިން ފާޅުގައި ޢަމަލުކުރުން.

• ހަމައެކަނި ނައްޞުތަކުގެ ދަލީލްތަކަށް ތަބަޢުވުމާއި، މީސްތަކުންނަށް ކަނުކޮށް ތަބަޢުނުވުން.

• ދީނަށް ނަޞްރު ދިނުމާއި އެހީތެރިވުމުގައި އެބައިމީހުންގެ ޒިންމާ އަދާކުރުން.

ޠާއިފަތުލް މަންޞޫރާ (ނަޞްރު ލިބެނިވި ބައިގަނޑު -- ﷲ ތަޢާލާ އަހަރެމެންގެ އެމީހުންގެ ތެރެއިން ލައްވާނދޭވެ!) ގެ ސިފައެއް ކަމުގައި، އެބައިމީހުންނަށް ދެކޮޅުވެރިވާ އަދި ޚިޔާނާތްތެރިވާ މީހުންގެ ދެކޮޅުވެރިކަމާއި ޚިޔާނާތްތެރިކަމުގެ ސަބަބުން އެބައިމީހުންނަށް އެއްވެސްފަދަ ގެއްލުމެއް ނުލިބޭނެއެވެ.


އަޞްލު: ލިޔުންތެރިޔާ