بسم الله الرحمن الرحيم

إِنَّ الْحَمْدَ للهِ نَحْمَدُهُ وَنَسْتَعِينُهُ وَنَسْتَغْفِرُهُ وَنَعُوذُ بِاللهِ مِنْ شُرُوْرِ أَنْفُسِنَا وَمِنْ سَيِّئَاتِ أَعْمَالِنَا. مَنْ يَهْدِهِ اللهُ فَلاَ مُضِلَّ لَهُ. وَمَنْ يُضْلِلْ فَلاَ هَادِيَ لَهُ. وَ أَشْهَدُ أَن لاَّ إِلهَ إِلاَّ اللهُ وَحْدَهُ لاَ شَرِيْكَ لَهُ. وَأَشْهَدُ أَن  مُحَمدًا عَبْدُهُ وَرَسُوْلُهُ. أَمَّا بَعْد:

އަޅުގަނޑުމެންގެ މައިގަނޑު މަޤްޞަދަކީ ﷲ ތަޢާލާ އަޅުގަނޑުމެންނަށް ޝަރުޢު ކުރެއްވެވި ފުރިހަމަ އިސްލާމްދީނުގެ ދަޢްވަތު އެދީނުގެ ފުރިހަމަކަމަށް އެއްވެސް އުނި ކަމެއް ނުގެނަސް މީސްތަކުންނަށް ހުށަހަޅައިދޭން މަސައްކަތް ކުރުމެވެ. މިދީނުގެ ދަޢްވަތުގައި ﷲ އާއި ރަސޫލާ صلّى الله عليه وسلّم ގެނެސްދެއްވި އެންމެހާ ކަންތައްތައް ހިމެނެންޖެހޭނެ ކަމަށް އަޅުގަނޑުމެން ޤަބޫލުކުރަމެވެ. މިގޮތުން އަޅުގަނޑުމެން މަސައްކަތް ކުރަނީ އަޅުގަނޑުމެންނަށް ވީވަރަކުން އިސްލާމް ދީނުގެ މާއްދާތައް އެކީއެކަށް إنشاء الله ހުށައަޅާދެވޭތޯއެވެ. އެގޮތުން އިސްލާމްދީނުގެ ބިންގާ ކަމުގައިވާ ﷲ ފިޔަވާ ޙައްޤުގޮތުގައި އަޅުކަންވެވޭ އެހެން އެއްވެސް ފަރާތެއް އަދި ބައިވެރިއެއް ނުވާކަމަށް ހެކިވުމާއި ހިސާބުން ފެށިގެން، އެންމެ ކުޑަ މިނުން މަގުމަތީގައި މީހުންނަށް އުނދަގޫވާ ގޮތަށް އޮންނަ އެއްޗެއް އެއްފަރާތް ކޮށްލުމުގެ މިންވަރާ ހިސާބަށެވެ. އަދި އެވަގުތަކަށް އިސްލާމީ އުންމަތަށް އެންމެ ބޭނުން ޖެހިފައިވާ މައުޟޫޢުތައް ހުށައަޅައި ނުދިނުމަކީ އެންމެ ރަނގަޅު ގޮތުގައި ދެވޭ ދަޢްވަތެއް ކަމުގައި އަޅުގަނޑުމެން ޤަބޫލެއް ނުކުރަމެވެ. އެހެންކަމުން މިދަޢްވަތަށްޓަކައި މަންފާކުރަނިވި އެންމެހާ މާއްދާތައް އަޅުގަނޑުމެން އެކިއެކި އަޞްލުތައް މެދުވެރިކޮށް ހުށައަޅައިދޭން إنشاء الله މަސައްކަތްކުރާނަމެވެ. އަދި މިބުނެވުނު އަޞްލުތަކަކީ އަޅުގަނޑުމެން އެއަޞްލުތުގެ ހުރިހާކަމެއް ޤަބޫލުކުރާ ފަރާތަކަށް ނުވެދާނެއެވެ. އަދި ހަމައެފަދައިން އެފަރާތަކީވެސް އަޅުގަނޑުމެންގެ ހުރިހާ ކަމަކަށް އެއްބަސް ނުވެދާނެ ފަރާތަކަށް ވެދާނެއެވެ. ނަމަވެސް އަޅުގަނޑުމެންގެ މަޤްޞަދަކީ ﷲ ތަޢާލާގެ ވާގިފުޅާއިއެކު އަޅުގަނޑުމެންނަށް ވީވަރަކުން އިސްލާމް ދީނުގެ ފުރިހަމަ ތަޞައްވުރެއް ތިޔަ ލޮބުވެތި އަޚުންނާއި އުޚްތުންނަށް ހުށައަޅައިދިނުމެވެ.

 

 

އަޅުގަނޑުމެންގެ މެއިލް އެޑްރެސް: click4islam@gmail.com